12 އޮކްޓޯބަރ 2018 - 18:01
އިންޑިއާގެ އެއާޕޯޓަކުން ޝައިހް އާދަމް ޝަމީމް މިއަދު ހިފަހައްޓައި، އެ ގައުމަށް އެތެރެވިޔަނުދީ، އަނބުރާ ރާއްޖެ ފޮނުވާލަން ނިންމައިފި އެވެ.
އިންޑިއާގައި ހުންނަ ދިވެހި ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު(އަންޑޭ) ވިދާޅުވީ ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ ޝަމީމް ޓްރިވެންޑްރަމްގެ އެއާޕޯޓުން މިއަދު ހެނދުނު ހިފެހެއްޓުމަށް ފަހު މިވަގުތު ހުރީ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ޝަމީމްއާ، ޓްރެވަންޑްރަމްގައި ތިބޭ ފޮރިން މިނިސްޓްރީގެ ދިވެހި މުވައްޒަފުންނާ ބައްދަލުވުމުގެ ފުރުސަތު ވެސް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރިވެންޑްރަމްގެ އެއާޕޯޓުން އެންމެ އަވަހަށް ރާއްޖެ ފުރާ ފްލައިޓަކުން ޝަމީމް ފޮނުވާލަން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއީ، ޑީޕޯޓްކުރުން ނޫން ކަމަށް ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަމީމް އިންޑިއާ އަށް އެތެރެވުމުގެ ހުއްދަ ނުދިން ސަބަބެއް އިންޑިއާ އިން އޮޅުންފިލުވައެއް ނުދިނެވެ. ހަމައެކަނި ދިން ޖަވާބަކީ އެއީ، އިންޑިއާގެ ގައުމީ ސަލާމަތަށް ޓަކައި އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންދަލުސް" ދަރުސް އިން 2013 ގައި މަޝްހޫރުވި ޝަމީމު މިއަދު ހެނދުނު ފްލައިޓުން އިންޑިއާ އަށް ދިޔައީ އޭނާގެ ބޭބެއާއެކު ބައްޕަ ޑޮކްޓަރަށް ދެއްކުމަށެވެ. ޝަމީމަށް ހުއްދަ ނުދިނަސް އަނެއް ދެ މީހުން އިންޑިއާއަށް އެތެރެވުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން ވެސް މިއަހަރު ބޭސްފަރުވާއަށް އިންޑިއާ އަށް ވަޑަިއގަތުމުން އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލި އެވެ. ވަކި ސަބަބެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންއަލީ
14 October 2018
އިންޑިޔާއަކީ ދިވެހިންނަށް ހުރި ނުރައްކަލެއް !
އަލީޒީ
13 October 2018
އިންޑިއާ އޮޅިގެން ނޫޅޭތި. ޔާމީނުގެ ވެރިކަމާ ނުރުހުނަސް އަދި އިބޫއަށް ވޯޓުދިނަސް، އިންޑިއާ މިޤައުމުގެ ކަންކަމާބެހި ބާރުފޯރުވާކަށް ގިނަދިވެހިން ނުރުހެ. އަދި ނުވެސް ރުހޭނެ.
ބުޅިކެނޑި
14 October 2018
ސައިޒުވެގެން ހުރެލާ.
ބިން ކަދުރު
13 October 2018
ޝޭޚުން މިނަށްވުރެ ސިޔާސީވީމައި ދިވެހިންވެސް ނަފުރަތުކުރާކަން ކޮމެންޓް ތަކުން ފާހަގަވޭ!
ހަސަންއަލީ
14 October 2018
އަލުން ކޮމެއްޓުތައް ބަލާބަލަ .. ނޫނީ އައިނު އަޅާ
ދީދީ
13 October 2018
ތީނަ ޕާސްޕޯޓު އަވަހައް ކެންސަލް ކުރޭ އަދި އެމެރިކާ ސީއައިއޭ އާ ހަވާލުކުރޭ
ގުއިރޯނު
13 October 2018
ކަލޯ ޕާކިސްތާނަށް ދިޔަނަމަ ތިހެން ނުވީސް.
ހަސަންއަލީ
14 October 2018
ޕާކިސްތަނަކީ ވަރަށް ގިނަ ދިވެހިން ޑޮކްޓަރުކަން ކިޔަވަންދާ ގައުމެއް ! ދެން ކޮބާ މައްސަލައަކީ އިންޑިޔާއަށްވުރެ ބޭސްވެރިކަމަށް ވެސް ރަނގަޅުވެދާނެ.
ބިން ޢަލީ
13 October 2018
ﷲ ތަޢާލާ ޝައިޚު ރައްކާތެރިކުރައްވާ އަދި ތަޤުވާއާއި ޢިލްމުވެރިކަން އިތުރުކޮށްދެއްވާ ކެތްތެރިކަން ދެއްވާށި. ﷲއަށްޓަކައި އަހަރުމެން ޝައިޚަށް ލޯބިވަން. މުޝްރިކުންނާއި ކާފިރުންނާއި މުނާފިޤުން، ކިތަންމެ ރޭވުމެއް ރޭވިޔަސް، ﷲ އެ ރޭވުންތައް ނިކަމެތިކުރައްވާނެ. މި ދީނަށް ނަޞުރު ދެއްވާންދޭވެ އަދި އަޅަމެންގެ ދަރިފަސްކޮޅުގެ ތެރެއިން އިބަރަސްކަލާނގެއަށް އީމާންވެ އިސްލާމް ދީން ޢިއްޒަތްތެރި ކުރާނެ ބަޔަކު ލައްވާންދޭވެ. އިބަރަސްކަލާނގެއަށް އަޅަމެން ވަކީލުކުރަން.
ކަނބިލި
13 October 2018
އިންޑިއާއިން މިހާރު މަސައްކަތް ކުރަމުން އެދަނީ ރާއްޖޭގައި ހަމަނުޖެހުމާ ފިތުނަ އުފައްދަން
ހަމްދީ
13 October 2018
އިންތިޚާބު ބާތިލުކޮށްފިނަމަ ދަތިކުރުމުގެ ފިޔަވަޅުއަޅާ މީހުންގެ ލިސްޓުގައިވެސް ހިމެނޭނެ ކަމަށް އުއްމީދު ކުރަން. މިއީ ސިޔާސީ ބޭފުޅެއް. ދީނީ ތޮފިއަޅައިގެން ހުންނަވާނީ. ވަކި ބަޔަކު ކޮށްފިއްޔާ ދިނުގައި އޮތަސް ނެތަސް ރަގަޅުވާނެ.
ލުގުމާން
13 October 2018
ވާގޮތަކީ އެެއްވެސް ޕްރޮފެޝަނަލިޒްމް އެއް ދައްނަ ބައެއް ނޫން ޑިޕްލޮމެސީ އަކީ ކޮބައިކަން ދެގައުމެއް ދޭތެރޭ އޮންނަން ވާ އިހްތިރާމާއި ގަދަރު ދަންނަވައެއް ނޫން. މިހާރުވެސް ގައުމުގަ ގިނަވާނީ މަގުމައްޗަ ކުޑަކަމުދާމީހުން. ނަސްލީ ތަފާތުކުރުމާއި ދީނީ ތަފާތުކުރުން ތަށް އިންތިހާއަށް ގެންގުލޭ އަމިއްލަ އެދުމުން ފޯވެފައި ތިބި ދަހި ބައެއް. ސާފުތާހިރުވާންވެސް ނުދައްނަ ބައެއް. މިހުނާއި މުއާމަލާތް ކުރުމުގައި ހަރުކަށިކަމާއި އަޅުވެތިކަން އިންތިހާއްށް ގެންގުޅޭ ބައެއް
ސޭކު ސަމީމު ބިއްލާދީނީ
13 October 2018
ހަހަހަހަހަހަހަހަހާ