ޚަބަރު / މަޖިލީހުގެ މެމްބަރުން

12 މެމްބަރުންނަށް އުފުލި ދައުވާ އަނބުރާ ގެންނަނީ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް އިންތިޚާބީ ރައީސް އިބޫއާ އެކު: ދަކަމުން މަޖިލީހަށް ވެންނެވި މައްސަލާގައި އުފުލި ދައުވާ އަނބުރާ ގެންނަން ވަނީ ނިންމާފައި. --ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން މައްސަލާގައި މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި 24 ގައި މެމްބަރުން ގަދަކަމުން މަޖިލީހަށް ވެންނެވި މައްސަލާގައި އިދިކޮޅު ކޯލިޝަންގެ 12 މެމްބަރެއްގެ މައްޗަށް، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. މިއީ މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްްޗަށް އެއްފަހަރާ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް "މިހާރު" އަށް ވިދާޅުވީ 12 މެމްބަރުންގެ ދައުވާ ގެންނަން ނިންމީ، އަލުން ދިރާސާކުރަން ކަމަށެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސުން ކަނޑައެޅި މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުން އައީ އެ މެމްބަރުންނާ އެއްކޮޅަށް ކަމަށް ވެފައި، އެއީ އަދިވެސް މެމްބަރުން ކަމަށް ވާތީ ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ.

ދައުވާކުރާ 12 މެމްބަރުންގެ މައްޗަށް ވެސް ދައުވާ އުފުލާފައި އޮތީ އެއް މައްސަލައެއްގެ ގޮތުގަ އެވެ.

"ހުރިހާ ބޭފުޅެއްގެ ދައުވާ އޮތީ އެއް ފޯމެއްގައި، އެހެންވެ ރިވިއުކުރަން އަލުން ގެންނަން ނިންމީ،" ބިޝާމް ވިދާޅުވި އެވެ.

އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މިހާރު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ މައްޗަށް ވެސް ދައުވާ އުފުލި އެވެ. އެކަމަކު އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާ މާ ކުރިން އޮތީ އަނބުރާ ގެންގޮސްފަ އެވެ.

އިބޫގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)ގެ މައްޗަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އަންނާނެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

10 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 7%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެޓަގުލް

16 October 2018

ތިކަންކޮށްފާ މާދަމާވެސް އޮފީހަށް ވަޑައިގަންނަވަން ކެރޭނެ ދެއްތޯ؟

The name is already taken The name is available. Register?

އަލިފް

15 October 2018

ދެން އިސްތިއުފާ ދޭން ވީ ނޫންތޯއެވެ.

The name is already taken The name is available. Register?

ހަބީބު

15 October 2018

އަދިވެސް ގަދަބާރުން ކަންކުރާތި މިހާރު ފެނިއްޖެދޯ އަސްލު ސައިޒު

The name is already taken The name is available. Register?

ނަޞްރު

15 October 2018

ބިޝާމްގެ އަގު ވެއްޓި ނިމިއްޖެ

The name is already taken The name is available. Register?

ރުޅި

15 October 2018

މީގެބޭނުމަކީ މި 12 މެމްބަރުންނަށް ޓެރަރިޒަމްގެ ދައުވާކުރަން. އަދި އޭގދަޑުށުން އިބޫވެސް ބަންދުކުރުން.

The name is already taken The name is available. Register?

ޒުންނޫރާން

15 October 2018

މިދެން ކުޅޭކުޅިވަރެއްހެން މި ބިޝާމް މެނަށް ހީފުޅުވަނީ އެހެން ނޯންތޯ؟

The name is already taken The name is available. Register?

އާރު.ޓީ ޖުނައިދު

15 October 2018

12 މެމްބަރުންނަށް ބޭނުންވަނީ 12 ރަތް ކޮތަޅު . . އެއީ އެއްޗެހިތަށް އަޅައިގެން ރަށަށްދާން

The name is already taken The name is available. Register?

އާދޭސް

15 October 2018

ދެފަހު އެކައްޗެއް ނުކިޔާން މަސައްކަތް ކުރަނީ ކީއްވެ ކިތައްމެ ފަހަރަކު ކިޔަން ޖެހުނަސް އެކައްޗެއް ކިޔަން އާދަކޮށްބަލަ

The name is already taken The name is available. Register?

ފުންއަސަރު

15 October 2018

ކީތްވެ؟ ކަންކަން ބަލަންވާ ވަރަށް ނުބަލާތަ ދައުވާކުރަން ފޮނުވަނީ. ދައުވާއެއް ކުރަން ފޮނުވާއިރު އެކަންތައް ކާމިޔާބުކުރެވޭނޭކަމުގެ ޔަގީންކަން ނެތިއްޔާ އެދެން ވަރަށް ދެރަވަރު. ހަމަ އަންނަ ކޮންމެ މައްސަލައެއް ދައުވާއަށް ފޮނުވާލުމަކީ ރަނގަޅުގޮތެއްނޫން.

The name is already taken The name is available. Register?

ކަނދިކަމަނާ

15 October 2018

12 މެންބަރުންވެސް ވަރަށް ހޭއަރާ ތިބޭތި ނިކަން ރަންބުއްދިވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454