ކުޑަކުދިންގެ ހިޔާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: ކުޑަ ކުއްޖާއަށް އަނިޔާ ކުރި މައްސަލަ ޖެންޑާ މިނިސްޓްރީ އިން ވެސް އަންނަނީ ބަލަމުން -- ފޮޓޯ / ކުޑަކުދިންގެ ހިޔާ
21 އޮކްޓޯބަރ 2018 - 12:33
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ވެރިޔަކާއި މުވައްޒަފުން އެތަނުގެ ދިރިއުޅޭ އުމުރުން 11 އަހަރުގެ ކުއްޖަކަށް އެކި ފަހަރު މަތިން އަނިޔާކޮށް އާންމުން ކުރިމަތީ ލަދުގެންނެވި މައްސަލައެއް ތިން އިދާރާއަކުން ބަލަން ފަށައިފި އެވެ.
"މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ކުޑަ ފިރިހެން ކުއްޖާ އަށް އަނިޔާކޮށްފައި ވަނީ ހިޔާގައި މަސައްކަތް ކުރާ ފަސް ފިރިހެން މުވައްޒަފުންނެވެ.
ހިޔާގެ މުވައްޒަފުން ކުޑަކުއްޖާ އަށް އަނިޔާކޮށްފައި ވަނީ އެ ތަނުގެ ވެރިޔާގެ ރުހުން ލިބިގެން އޭނާއަށް ވެސް އެނގިގެން ކަމަށް ވެ އެވެ.
ކުޑަކުއްޖާ އަށް އަނިޔާ ކުރުމުގެ ގޮތުން އެއް ދުވަހަކު އެ ކުއްޖާގެ މޫދަށް އެރި އޮއްވައި އާންމުންގެ ކުރިމަތީގައި ބަރަހަނާކޮށްފައިވެ އެވެ. މީގެ އިތުރުން އެ ކުއްޖާ ނަފްސާނީ ގޮތުން ބަލި ކޮށްލުމުގެ ބޭނުމުގައި އެކި ފަހަރުމަތިން ތަފާތު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް އެނގިފައިވެ އެވެ.
ފުލުހުންނާއި ޖެންޑާ އާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ ބަލަމުން އަންނައިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދިޔައީ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރަމުންނެވެ.
އެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީން ވެސް ބަލަމުން އަންނަ ކަމަށެވެ.
"މި ބާވަތުގެ އެއްވެސް އަމަލަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ފަދަ އަމަލުތަކެއް ނޫން. މީގެ ކުރިން ވެސް ކުދިންނާ މެދު އެއްވެސް ބާވަތެއްގެ އިހުމާލެއް ނުވަތަ އަނިޔާއެއް ކޮށްފި ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެ ފަދަ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކުރަން ޖެހޭ ހާލަތްތަކުގައި ވަޒީފާއިން ވަކިކުރެވިފައިވާ ކަން މި ފުރުސަތުގައި ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަވެއްޖެ!!!
20 September 2019
އަދިވެސް އިބްތިހާލުގެ ހަނދާންތައް މަގޭ ހިތުން ފިލައިގެންނުދޭ. މިހާރު އެމައުސޫމު ކުއްޖާގެ މަތިން ހަނދާންހުރިމީހަކު އުޅެއެކޭ ހިޔެއްނުވޭ.
ޒިޔާދާ
23 October 2018
ރިހެބުން ފަރުވާ ނަގާފައި ތިބޭމީހުން ވެރިންނަށް ލުމުގެ ނަތީޖާ ތިއީ...ޒެނީޝާ ބެލީ ގެންގު ކުދިން ލައްވާ ބިރު ދައްކައިގެން ކުދިން ކޮންޓްރޯލްކުރަން. މިކަމާ ގުޅިގެން އާކުން ނޫސް ބަޔާނެއް ނެރެން ނުކެރެނީ ކީއްވެތޯ. މިނުސްޓަރ ކަން ގެއްލިދާނެތީތޯ
ރިޝްމީ
22 October 2018
ކުޑަކުދިންގެ ހައްގުގައި މަސްކަތް ކުރާނެ އެންޖީއޯ އެއް ހަދާނެ ބަޔަކު ބެއްތަ އޭރުން އާކު ސައިޒު ކުރެވޭނީ. ޒެނީ އިސްތިއުފާ
އަސސަރު
22 October 2018
ދެރަ މައްސަލައެއް. މިފަދަ ތަންތަނަށް ކުދިން މި ގެންދަނީ ވެސް އަޅާލާނެ މީހަކު ނެތި ބިކަވެ ނިކަމެތިވެގެން. ކުދިންގެ އަޚްލާގުގަ މައްސަލަ އުޅޭނެކަންދަނެ ކުދިން ބެލެހެއްޓުމުގައި ހަރުދަނާ ސިޔާސަތު ތަކެއް ގެންގުޅެން އެބަޖެހޭ. މުވައްޒަފުންގެ ފަރާތުން ހިމާޔަތް ނުލިބި އަނިޔާއާ ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް. މިފަދަ ކަންކަމުގައި ބޮޑެތި އަދަބު ދެވެންޖެހޭނެ. ބަޔާނެއް ނަގާފަ ވަޒީފާއިން ވަކި ކުރިޔަސް ނުވާނެ
ރެއިންބޯ
21 October 2018
ވަރަށް ސިކު ބައެއް މިކަހަލަ ކަމެއް ކުރާނީ. އެމީހުން ތައް ހައްޔަރު ކުރޭ
ޖެކް
21 October 2018
ބަލަ! އާރކުގެ މީހުންގެނެސް ގެންނޭ ޒެނީޝާ މިނިސްޓްރީ އާއި ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި ހިންގަނީ! އާރކުގެ މީހުން ބުނާއެއްޗެއްނޫނީ ޒެނީޝާގެ ކަންފަތްޕުޅަކަށް ނީވެޔޭ!
ސިއްޕެ
21 October 2018
ޒެނީޝާ ދެންވެސް ރަނގަޅުވާނީ އާރކް ހިންގަންހުރެ ނޫސް ބަޔާން ނެރުނިއްޔާ!!!
ކިއްލިބާޝާ
21 October 2018
އަދިވެސް އިބްތިހާލުގެ ހަނދާންތައް މަގޭ ހިތުން ފިލައިގެންނުދޭ. މިހާރު އެމައުސޫމު ކުއްޖާގެ މަތިން ހަނދާންހުރިމީހަކު އުޅެއެކޭ ހިޔެއްނުވޭ.
ސޮފާ
21 October 2018
އަހަރެން ދުވަހަކުވެސް އެ ކުއްޖާ މަތިން ހަނދާން ނުނެތޭނެ. ހަނދާންވާ ކޮންމެ ފަހަރަކު އެ ކުއްޖާ ވިހެއި މީހާ ދެކެ ނަފުރަތު ކުރެވޭ. އެ ކުއްޖާފުޅަށް އަބަދުވެސް ހެޔޮ ދުޢާ ކުރަން.
އިބްތިޙާލު
21 October 2018
އެ މައުޞޫމް ކުއްޖާ ދުނިޔެެއިން ވަކިކޮށްލި ރަޙުމެއްނެތްގޮތް ހަނދާނުން ނުފިލާނެ. އެފަދަގޮތަކަށް އެއްވެސް ކުއްޖަކަށް ވިޔަނުދިނުމަށް އެންމެން ސަމާލުވޭ
ސުރައްޔާ
22 October 2018
އަހަރެން ހަނދާން އެބަހުރި.އަހަރެން ގެ ދަރިޔާ އެއް އަހަރެށް.ވަރަށް ދެރަވޭ އެ ވާހަކަ މިހާރުވެސް ދައްކަން
ބަޓާ
21 October 2018
މިތަނުގަ ކުލަ ލީ ޔާމީނުތަ.
ޗާބޫކް
21 October 2018
ވާނުވާއެއް ނޭނގި ނަމަވެސް ތިކަހަލަ ވާހަކަ ފެތުރުމުގެ ކުރިން ޒިންމާދާރު ގޮތެއްގައި ކަމުގެ ތެދު ދޮގު މައުލޫމާތު އޮޅުންފިލުވަން ބުއްދިވެރި. ހިޔާ ގެ ވަކި ބަޔެއްގެ ނުފޫޒުން ބަޔެއްގެ އަބުރު ކަތިލާ ވަޒީފާ އިން ވަކިކުރަން ހިންގި ޖަރީމާއެއް. ކޯޓަކައް ވަދެއްޖެނަމަ ބޭޒާރު ވާނެ. އަސްލު ކަތުރު ފަނިތައް ތިބީ ހިޔާގަ އަދިވެސް. ވިލިމާލެ ރައްޔިތުން ހެކިވާނެ ހިޔާ ގެ ކުދިން މަގުމަތިވެ ނޫޅޭކަން ފާއިތުވެ ދިޔަ ދުވަސްތަކުގައި. ފޭކު ހަބަރު.