25 އޮކްޓޯބަރ 2018 - 13:38
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ މަހު 11 ގައި ބާއްވަން ނިންމައި، ބޭރުގެ މެހެމާނުންނަށް ފޮރިން މިނިސްޓްރީން ދައުވަތު ފޮނުވަން ފަށާފައިވާ ކަމަށް ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ރައީސްކަމުގެ ހުވާކުރައްވާނީ ރައްޔިތުންގެ މަޖިލިހުގެ ހާއްސަ ޖަލްސާއެއްގައި ކަމުން އެކަން އިންތިޒާމް ކުރަމުން އަންނަނީ ރައްޔިރތުންގެ މަޖިލީހުން އަންގާފައިވާ ގޮތުގެ މަތިން ކަމަށެވެ.
އެގޮތުގެ އެ ރަސްމިއްޔާތު ނޮވެމްބަރު 11 ގައި އޮންނާނެ ކަމަށް ބުނެ، ފޮރިން މިނިސްޓްރީން ބޭރުގެ މެހެމާނުންނަށް ދައުވަތު ފޮނުވަން ފެށީ މި ހަފްތާގެ ކުރީކޮޅު ކަމަށް ލަތީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވަނީ ހުވާކުރައްވާނީ 11 ގައި ކަމަށް. އަވައްޓެރި ގައުމުތަކާއި އެކުވެރި ގައުމުތަކަށް ފޮރިން މިނިސްޓްރީން އަންނަނީ އެދުވަހަށް ދައުވަތު އަރުވަމުން،" ލަތީފް ވިދާޅުވި އެވެ.
އެކަމަކު އޭނާގެ އެ ވާހަކައާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ސީދާ ބަހެއް ނުލިބުނެވެ.
އާ ރައީސް ހުވާކުރައްވާނީ ނޮވެމްބަރު 11 ގައިތޯ ނުވަތަ 17 ގައިތޯ ސުވާލު އުފެދުނީ، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ރައީސްކަމާ ހަވާލުވެވަޑައިގަތީ، ނޮވެމްބަރު 17، 2013 ގައި ކަމަށް ވާތީ އެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ މުއްދަތު ހަމަވާނީ ނޮވެމްބަރު 17 އަށެވެ.
އެކަމަކު ނޮވެމްބަރު، 11ގައި އިބޫ ހުވާކުރައްވަން ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އަނެއްކޮޅުން އެ ތާރީހުގައި އެމަނިކުފާނު ހުވާކުރައްވަން ގާނޫނު އަސާސީން ޖާގަ ނުލިބޭ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ގަބޫލުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީލް
27 October 2018
ހުވާ ކުރާނީ ރައީސް ޔާމީން
ދުރުމި
27 October 2018
ކޮންމެ ގޮތެއް ހަދާފަވެސް ގާނުއަސާސީއާ ދެކޮޅަށް ކަމެއް ކުރެވޭތޯ ބަލާތި!
Abdul Latheef
27 October 2018
މީ އެހެންމީހުންގެ ވިސްނުމާ ފިކުރަށް އެއްވެސް އިޙުތިރާމެއް ކުރާ ބައެއްނޫން. މަށަކީ ރައީސް ޔާމީން ނަމަ ފިސާރި ރީތި އެއްޗެއް ހަދާލީމުސް. ހުރި ލަދު ކުޑަކަން ނިކަނދެކިބަލަ. އިންވިޓޭޝަން ފޮނުވަން ފެށީއޭ. އެންމެފަހަރަކުވެސް ރައީސަކާ މަޝްވަރާ ކުރުމެއްނުތޭ. ބުނާކަހަލަ ކަލޭތީ މިހާރު ކެޔޮގަނޑު ކަނޑާލި ގަހޭ. ދައުރު ފުރިހަމަ ވިޔަސް ނުވިޔަސް ޖެހޭނީ އޮފީސް ޙަވާލުކުރާށޭ. ދޮޅުއަހަރުގެ ވެރިކަން ވަރަށްސަޅިކޮށްނިމިގެންދާތަން ބަލަން މިތިބީ. ދިވެހިންގަނޑު އަދި ރޯނެ.
ދަރީ
26 October 2018
17 ގަ ހުވާކުރީ ކޯޓުން ވެރިކަން ހޯދި ރައީސް އެކަނި. ޒަމާނުއްސުރެ ސައްހަ ރައީސުން ހުވާ ކުރަނީ ނޮވެމްބަރ 11 ގައި
އެޔާމީނު
27 October 2018
އަނގޮޓިން ފާހަގަ ޖަހައިގެން ވޯޓު އޮޅުވާލައިގެން ވެރިކަމަށް އައިމަ އެވާނީ ވަރަށް ސައްހަ ރައީސަކަށް. ބަލަގަ މިރާއްޖޭގެ މީހުން ވޯޓުލީ ރައީސަކު ހޮވާކަށްނޫނޭ. ޖަލުގައި ތިބި ޚާއިނުން ތަކެއް މިނިވަން ކުރަންށޭ
ސަޕޯޓް
26 October 2018
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޓްރާންސިޝަނާ ގުޅޭ ކަންކަމުގައި އެންމެ ފުރިހަމަ އެއްބާރުލުމެއް ދެމުންދަނީ ފޮރިން މިނިސްޓްރީ އިން.
ކެވެލި
26 October 2018
ނޫނޭ! ހައުސިންގ މިނިސްޓްރީއިން! ލޮލް!!
ފަޜާ
25 October 2018
ރައީސް ނަޝީދު އެ އުޅެނީ މޯދީ އާއެކު ރާއްޖެ އަންނަން. އޭރުން ހައްޔަރު ކުރަން ނުކެރޭނެ ކަމައް އުންމީދު ކޮއްގެން.
އެޔާމީނު
27 October 2018
އެއިރުން ދެމީހުން އެކީ ހައްޔަރު ކުރާނީ، މޯދީއަކީ ކަޝްމީރުގެ އެތައް ބަޔައެއްގެ ޤާތިލު
ޢުސްތާޛާ ރީސާ ޚަލީމް
25 October 2018
ޤާނޫނު ބުނާ ގޮތުން އާ ރައީސަށް ހުވާ ކުރުމަށް ހުރަހެއް ނެތް. 2013 ވަނަ އަހަރު ނޮވެމްބަރު 17 އަށް ހުވާ ކުރުން ދެމިގެން ދިޔައީ ހާއްސަ ހާލަތެއް މެދުވެރި ވެގެން. ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ކަނޑަ އަޅާފައި ވަނީ ޖުމުހޫރީ ދުވަހުގެ ގޮތުގައި. ޢެހެން ވީމާ 2013 ވަނަ އަހަރު އިންތިހާބުގައި ދިމާވި ހާލަތު އޮތީ ނިމި ގޮސްފައި. މީ 2018. އަދި 2013 ވަނަ އަހަރުގެ ހުކުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އާ ދައުރު ނޮވެމްބަރު 11 ގައު ނުފެށޭނެ އުޛުރެއް ނޫން.
ނޮވެމްބަރ
25 October 2018
ޤާނޫން އަސާސީ ގެ 107 ވަނަ މާއްދާ ބަދަލުނުކޮށް ނޮވެމްބަރ 11 ގައި އަލަށް އިންތިޚާބްވި ރައީސް ހުވާކުރުމީ ޤާނޫން އަސާސީ އޮތް ގޮތުން ފުރަތަމަވެސް ޤާނޫން އަސާސީ ބޮލާލައި ޖެހުން މުޅި އުމުރަށް ބަހުސްކުރެވޭ ނުވަތަ ޝައްކު އުފެދޭ ގޮތަކަށް ރައީސް ކަމުގެ ހުވާ ކުރުމީ ގޯހެއް ޤާނޫނީ ފަރުވާއެއް މިކަމުގައި ނުހޯދޭ ނަމަ އެންމެ ރަނގަޅީ ނޮވެމްބަރ 17 ނޫނީ ޤާނޫން އަސާސީ އާއި ޚިލާފް ވެ ހުވާކުރާ ފުރަތަ ރައީސްގެ ލަގަބު ބަޔަކު ދޭނެ
މަހޭ
25 October 2018
ދީފަ ބަހައްޓާ. ގާނޫނު އަސާސީގަ އެބައޮތް ދެގޮތަށްވެސް.
ެއެފް އެމް
25 October 2018
ޝައްކެއްވެސް ނެތް ނޮވެމްބަރ 11 އަކީ ރާޢްޖޭގެ ޖުމްހޫރީ ދުވަސް އުސޫލީ ގޮތުން އަލަށް އިންތިޚާބްވާ ރައީސް ހުވާކުރަންވާނީ ނޮވެމްބަރ 11 ގައި ދެން އޮތީ ޤަނޫން އަސީސީގައި ލިޔެފައި އޮތް ގޮތް ޤާނޫން އަސާސީގައި އޮތް ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ދައުރު 5 އަހަރަށް ދެމިގެންދޭ އެހެންކަމުން ޤާނޫން އަސާސީ ދަންނަ ޤާނޫނީ ހަމަ އަކީ ނޮވެމްބަރ 17 މަޖްލީހުގެ ގަރާރަކުން މިކަން ހައްލެއް ނުވާނެ އެޤާނޫން އަސާސީގެ އެ މާއްދާ މަޖްލީހުން ބަދަލުކޮލީމަ ބަހުސް ނިމުނީ
ޢަލިދީދީއައްޑޫސިޓީ
25 October 2018
ދިވެހިރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީ 11 ނޮވެމްބަރ 1968 ގައި. އެދުވަހުން ފެށިގެން 5 އަހަރުން ބައި އަޅާބަލަ. ރިޔާސީ ދައުރެއްގައި އޮންނަނީ 5 އަހަރު. އެއީ ހުކުރަކަސް އީދަކަސް ހިމަނައިގެން.