ބަންޑާރަ ކޮށީގައި ހެދި 9 ބުރީގެ އިމާރާތް ހުޅުވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި އިމާރާތް ކުރި ނުވަ ބުރީގެ އިމާރާތް މިއަދު ހުޅުވައިފި އެވެ.


ސިފައިންގެ އެކޮމޮޑޭޝަން ބްލޮކަކާއި އޮފީސް ބަޔަކާއި ނަމާދުކުރާ ތަނަކާއި ޕާކިން ޒޯނެއް ހިމެނޭ އެ އިމާރާތް ހުޅުއްވައިދެއްވީ އެކަަމަށްޓަކައި ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ ބައެއް އޮފިސަރުންނާއި އެކި ރޭންކްތަކުގެ ސިފައިން ވެސް ބައިވެރިވި އެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން އެޅި އެ އިމާރާތުގެ މަސައްކަތް ކުރީ އެލިއާ ކޮންސްޓްރަކްޝަން ކުންފުނިންނެވެ. އެ އިމާރާތުގެ މަަސައްކަތް އެލިއާއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.