04 ނޮވެމްބަރ 2018 - 15:02
އެސްޓާސްގެ ފިހާރައިން ލެޕްޓޮޕްތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހޯދަމުން އައި މީހަކު އެ ފިހާރައިގެ ތެރޭގައި ހުއްޓާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން 39 އަހަރުގެ ފިރިހެނަކު މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
އެ މީހުން ލެޕްޓޮޕްތައް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑީއާގައި ދައުރުވެފަ އެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހާއި 27 ވަނަ ދުވަހާ ދެމެދު އެސްޓާސްއިން ހަތް ލެޕްޓޮޕް ވަގަށް ނަގާފައި ވެ އެވެ. އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ވަގަށް ނެގި ލެޕްޓޮޕްތަކުގެ އަގު 77،000ރ. އަށް އަރާ ކަމަށެވެ.
އެސްޓާސް އިން ހަތް ލެޕްޓޮޕް ވަގަށް ނެގީ ދެ މީހަކު އެކި ރޭ މަތިންނެވެ. އެ ދެ މީހުން ވައްކަންކުރަން ވަދެ އުޅެނީ އެކުގަ އެވެ. ޑިސްޕްލޭގައި ލޮކް ނާޅުވައި ހުންނަ ލެޕްޓޮޕްތައް ނަގަނީ، ފިހާރައިގެ މުވައްޒަފުން ދުރަށް ޖެހިލާ ވަގުތު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖި
04 November 2018
ވަގުންނަށް ހާސްދުވަސް. ވެރިއަކަށް އެއްދުވަސް.