ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫގައި. -- ފޮޓޯ: އެމްޑީޕީ
10 ނޮވެމްބަރ 2018 - 15:51
ފްލެޓް ހައްގުވާ މީހުންނަށް ނުދީ ނާއިންސާފުން ފްލެޓު ދީފައިވީ ނަމަވެސް އެތަންތަނުގައި ދިރިއުޅޭ މީހުން ނެރުމަކީ ބޭނުންފުޅުވާ ގޮތް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު، ހއ. ދިއްދޫގައި، ވިދާޅުވެއްޖެ އެވެ.
ދިއްދޫއަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގެ އެމްޑީޕީ ސަޕޯޓަރުންނާ ކުރެއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް މީހުން ވަނީ މި ރަށުން ދޫކުރި ފްލެޓްތައް ޕީޕީއެމްގެ ސަޕޯޓަރުންނަށް ނާއިންސާފުން ދީފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން މާކްސް ދިނުމުގައި ސިޔާސީ ފިކުރަށް ބަލާފައިވާ ކަމަށް އެމީހުން ތުހުމަތުކުރެ އެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ނުހައްގުން ފްލެޓު ލިބިފައިވާ ބަޔަކު ތިބި ނަމަވެސް އެމީހުން އެތަންތަނުން ނެރެން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި އޮތް ހައްލަކީ އިތުރު ފްލެޓް އެޅުން ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ގޮތެއްވިޔަސް، އިންސާފު ވިޔަސް، ބޭއިންސާފު ވިޔަސް ފްލެޓުގައި އެއުޅެނީ ހަމަ ދިވެހިން. އެމީހުން އެތަނުން ނެރެފައި އެތަން އެހެން މީހަކަށް ދިނުމުގެ ވިސްނުމެއް ހަމަ ގައިމު އަޅުގަނޑުގެ ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އެހެން ވިދާޅުވުމާ އެކު އެންމެން އަތްތިލަބަޑި ޖެހި އެވެ.
ދިއްދޫގައި ގެތައް އަޅާފައިވަނީ ނަޝީދުގެ ސަރުކާރުން ހިއްކި ބޮޑު ސަރަހައްދެއްގަ އެވެ. އެމަނިކުފާނު ވަނީ އެ ސަރަހައްދަށް ވަޑައިގެން އާންމުންގެ ދިރިއުޅުން ބައްލަވާލައްވައިފަ އެވެ.
އާންމުން ހުށައެޅި ކަންކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ހަމައަށް އެކަންކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. ދިވެހިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވަން ކުރިއަށް އޮތް ފަސް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
12 November 2018
ޥެރިކަމުގެ ބޭނުމުގަ ކިޔޭ ނުކިޔޭ ނޭނގޭ ބޭފުޅެއް..ބަލަ އަދުލު ވެރިކަމަކީ، އެމިހެއްގެ ހައްގު އެމީހަކަށް ލިބި ދިނުން..ކީއްވެތޯ ވެރިކަމުން ބޭލީ އޭ..."ގަދަމީހާ ގަދަވާނޭ.. ބަލިމީހާ ބަލިވާނޭ.." މިލަވަ ވިދާޅުވަމުން ދުވެ ވަޑައިގަތީ... މިހެންވީމާ މީހުން އެކިޔަނީ މުޅިން ބޯ ހަމަޖެހޭ ބޭފުޅެއް ނޫނޭ..
ކަތްތިރި
11 November 2018
ދެންއަހަރުމެން ލިބެންޖެހި ނުލިބުނުމީހުން ވަންނާނީ ކޮންވަލަކަށްތޯ
އަލީ ރާޖާ
11 November 2018
ބަޔަކު ދިރިއުޅޭތާކުން އެބަޔަކު ނެރުމަކީ ފަސޭހަ ކަމެއްނޫން.
ތުއްތުނާ
11 November 2018
ރައީސް ނަޝީދުގެ ހިތްތިރި ފޯމިއުލާ ބޭނުން ނުކުރުމަށް ރައީސް އިބޫ އަށް ދަންނަވަން.......... އެއްވެސް މީހަކަށް ނުހައްގުން ދީފައިވާ އެއްޗެއް އަތުލާފައި އޭގެ ހައްގު ވެރިފަރާތަށް ހަވާލު ކުރުމަކީ އެއްގޮތަކަށް ގޯސްކަމެއްނޫން........އެއީ އިންސާފުވެރި ގޮތަކީ.........
ހުއްބުލް ގަލަން
11 November 2018
ބޭއިންސާފާއި ދެކޮޅަށް ރައްޔިތުން ވޯޓްލީ ބޭނުމެއްގައި.
ޝަަަރަފް
11 November 2018
ގެދޮރު ނެތް މީހަކަށް ލިބުނަސް އޯކޭ، ގެދޮރުވެރިއަކަށް ލިބިފައޮތިއްޔާ އަތުލަންވާނެ،
ހިލްމާ
11 November 2018
މިގައުމުގެ ރައީސް އަކީ ކާކުބާ މީނަހިތުން މިވަރުގެ ވެރިއެއް ނެތް
ފިކުރުކުރަމާތޯ
10 November 2018
ނޫން. ހައްގަށް ރުޖޫއު ކުރަންވާނެ
އިންޞާފު އިންޞާފު
10 November 2018
ރައީސް ނަޝީދު އެވެ. މިޤައުމުގެ ޙާލުގެ ދުލުން މިގޮވަނީ އިންޞާފު ޤާއިމުވުމަށް އެދިގެން ނެވެ. ބޭ އިންޞާފުން ކަމެއް ކުރަނީ ކާކުތޯ އަދި އެކަމުން ނާޖާއިޒު މަންފަޢައެއް ލިބުނީ ކާކަށްތޯ ބަލާކަށް އަޅުގަނޑުމެން ބޭނުމެއް ނޫނެވެ. އަޅުގަނޑުމެން ބޭނުމީ ބޭ އިންޞާފުން ހިނގާ ކަންތައްތައް އިންޞާފު ގެ ހަމަ މަގަށް އެޅުމުމަށެވެ. ޤަޢުމުގެ ވެރިކަމުގައި ތިބި ބަޔަކީ މިފަދަ ލިޔާގަތެއް ލިބިފައިވާ ބަޔަކަށް ވާން ޖެހެއެވެ. ޝަރުޢީ ދާއިރާ މިކަމުން ކެރި ކުޅަދާނަ ވާން ޖެހެއެވެ.
ޞިށީ
10 November 2018
ޙިތާމަ ކުރަން މިގޮތައް ކަންތައްވާތީވެ، ވަރަށް އުންމީދު ކުރިން އަންނަ ސަރުކާރުންވެސް ރަގަޅައް ކަންތައް ކުރާނެ ކަމަށް، ހައްގުވެރިންނަކަށް ނެތް ހައްގެއް، ހައްގު ނޫން މީހުންނަށް ލިބެނީ... ޚޮރަފް ޝަނާ އިންސާފެއް ާއިމް ނުކޮށް ދެން ކޮންކަމެއްތޯ ކާމިޔާބު ވާނީ..،