ޚާޝުގްޖީ މަރާލިކަމަށް ތުހުމަތު ކުރާ މީހުން-- ފޮޓޯ: ނިއު ޔޯކް ޓައިމްސް
14 ނޮވެމްބަރ 2018 - 11:10
ތުރުކީ ވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި، ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުން ދެނެގަތުމަށް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ނޫސްކަމުގައިވާ ނިއު ޔޯކް ޓައިމްސް އިން ކުރި މަސައްކަތުގައި ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލްގެ އެހީތެރިކަން ހޯދައިފި އެވެ.
އެމެރިކާގައި ހިންގާ، 167 އަހަރަށް ވުރެ ގިނަ ދުވަސްވީ އެ ނޫހުން އުގެއިލްގެ އެހީ ހޯދީ މިދިޔަ މަހު ސައޫދީ އެމްބަސީގައި މަރާލައި، ހަށިގަނޑު ގެއްލުވާލާފައިވާ ޚާޝުގްޖީގެ ގާތިލުން ކަމަށް އެ ނޫހުން ތުހުމަތު ކުރާ ތިން މީހަކު ދެނެގަތުމަށެވެ.
މިދިޔަ މަހު ކޮށްފައިވާ އެ މަސައްކަތާ ގުޅޭ ގޮތުން އުގެއިލް ވިދާޅުވީ އޭނާ އީޖާދުކޮށްފައިވާ "ފޭސް ރިކޮގްނިޝަން ސިސްޓަމް" މެދުވެރިކޮށް، ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިން ދެނެގަންނަން ބޭނުންވި ތިން މީހުންގެ އައިޑެންޓިޓީ ހޯދާފައިވާ ކަމަށެވެ.
ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ
އެކި ސަރަހައްދުތަކުން އެ މީހުން ނަގާފައިވާ ފޮޓޯތައް އެލަނައިޒް ކޮށް އެއީ ކޮން ބައެއްކަން އުގެއިލް ވަނީ ދެނެގަނެފަ އެވެ. އޭގެ ތެރެއިން އެކަކު ސިފަ ބަދަލުކުރަން ތުނބުޅިއެއް ޖެހުން ފަދަ ބަދަލުތައް ވެސް ގެނެސްފައި ހުއްޓެވެ.
"އެއާޕޯޓް ސީސީޓީވީން ލިބުނު ފޮޓޯތަކާއި ސޯޝަލް މީޑިއާގައި ހުރި ފޮޓޯތަކުން އެއީ ކޮން ބައެއްކަން ދެނެގަތީ. އޭގެ ތެރޭގައި ސިފަ ބަދަލުކޮށްގެން އުޅުނު މީހުންގެ ފޮޓޯ އާއީ ސީސީޓީވީން ފެނުނު ފޮޓޯތަކަށް ބަލައި ކާކުކަން ދެނެގަނެވުނު،" އުގެއިލް ވިދާޅުވި އެވެ.
"އެއްވެސް ގޮތަކަށް އަޅުގަނޑު މި ދަންނަވަނީ އެއީ އެކަން ކުރި ތިން މީހުންނެކޭ ނޫން. އަޅުގަނޑު އައިޑެންޓިޓީ ހޯދައިދިނީ ނޫސްވެރިން އެދުނު މީހުންގެ."
ޚާޝުގްޖީ މަރައިލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން-- ފޮޓޯ: ނިއު ޔޯކް ޓައިމްސް
ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާޝުގްޖީ މަރައިލީ ސައޫދީން ތުރުކީ ވިލާތަށް ދިޔަ 15 މީހުންގެ ޓީމަކުންނެވެ. ސައޫދީ ސަރުކާރުގެ ސީނިއާ އޮފިޝަލުންތަކެއް ކަމަށް ބުނާ ބަޔަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފައިވަނީ އެ ޓީމުގައި ފޮރެންސިކް ތަހުލީލުތަކުގެ ތަޖުރިބާކާރެއް ވެސް ހިމެނޭ ކަމަށާއި ޚާޝުގްޖީގެ ހަށިގަނޑު ކުދިކުދިކޮށްލީ އޭނާ ގެންދިޔަ ކީހަކުން ކަމަށެވެ.
އިނގިރޭސި ވިލާތުގައި މަސައްކަތްކުރާ ރަޝިޔާގެ ޖާސޫސަކަށް، ޒަހަރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު ދެނެގަތުމުގައި ވެސް އުގައިލްގެ އެހީތެރިކަން ހޯދާފައިވެ އެވެ.
އުގައިލް ވިދާޅުވީ އެކި ގައުމުތަކުގެ ފުލުހުންނާއި ޕްރައިވެޓް ކުންފުނިތަކުން، މި ފަދަ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި އޭނާ ކައިރި އަށް އަންނަ ކަމަށވެ. އަދި އޭނާގެ "ފޭސް ރިކޮގްނިޝަން ސިސްޓަމް" ވަރަށް ކާމިޔާބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރާޖާ
15 November 2018
މީހަކު މަޝްހޫރު ކުރަން ބޭނުމިއްޔާ ކޮށްފާނެ. އަގުވައްޓާލަން ބޭނުމިއްޔާ އެކަން ވެސް ކޮށްފާނެ. ތީކީ އުގައިލުގެ މަސައްކަތެއްނޫން. އޮޅުވާނުލާ
މުހައްމާދު
15 November 2018
އަލީރާޖާ އަށް އުގައިލު ނޭގުނީ ހަސަދަވެރިކަން ބޮޑުކަމުން. ކަލޯ ބްރެޑްފޮޑް ޔުނިވަރސިޓީ މީހުން ނޫޅޭ އޮޅިގެން. ސޮފްޓްވެއަރ އެއް ނުވަތަ ޓޫލެއް ތައްޔާރު ކުރުމުގަ އޭގެ އިންވެންޓަރު ނުވަތަ އޭގެ މައިގަނޑު ހޯދުން ހޯދާމީހާ އެކަންޏެއްނޫން މަސައްކަތް ނިންމާނީ. ޓީމެއް އޮތުމަކީ ގިނަފަހަރު އޮންނަގޮތް. އެހެން ނަމަވެސް އެ އުފެއްދުން ނިސްބަތްވާނީ އެކަން ދަނެގަތްމީހާއަށް. ޒާތީ ވިޔަސް ބޮޑުވަރު. ކަލޭ ގޮސް ކިޔަވަބަލަ.
فاطمة حنيفا
15 November 2018
ރާއްޖޭގެ ތަހުޤީގު ތަކުގައި އުގައިލްގެ އެހީ ހޯދާނެ ނަމަ ކިހާ މައްސަލައެއް ހައްލުވީސް
Dhaandhoo
15 November 2018
ހައްލުވާނެތީވެ ނުހޯދާނެއެއްނުދޯ؟
ދޮށިކޮއި ޢަލީގެ މުޙައްމަދު
15 November 2018
ހަސަން ފަރީދަށް ހެދިގޮތެއްވެސް ބަލާލަ ދޭތި އެއީ މަގޭ ތިންވަނަ ކާފަ
ޙަހަހަހަ
14 November 2018
މުޅިއެތި މިއޮތީ އޮޅުވާލާފަ، މި ފީޗާއަކީ ހަމައެކަނި އޭނަޑިވެލޮޕް ކުރިއެއްޗެއްނޫން
މުހައްމާ
15 November 2018
ކަލޭމެން ހާދަ ހަސަދަވެރިއޭ ދޯ؟ ފީޗާ ކޮންމެ މީހަކު ޑިވެލޮޕް ކުރިޔަސް އޭނަގެ ވާހަކަ ދޯ އެތާ އެދައްކަނީ. ނުކިޔަވާ ތިބި ރޮނޑުންނަށް ފެންނާނީ ޒާތީވުން އެކަނި.
އައިމިނާ
14 November 2018
ޕފ ޢުޤައިލު ރާއްޖޭގަ ދެއްވާފަހުރި ލެކްޗަރ ތައް (މައުލޫމާތުގެ ސެޝަންތައް) ރައްޖެ ޓީވީ ކަހަލަ ޗެނަލަކުން ފެންނާނެގޮތް ވެއްޖެނަމަ ހާދަރަނގަޅޭ ހިތައްއަރާ. އޭރަށް ގިނަބަޔަކަށް އެމައުލޫމާތު ލިބި އެދެވޭ ބަދަލުތަކެއް މުޖުތަމައުން ފެންނާނެކަމަށް ވަރަށްބޮޑަށް ބެލެވޭ.
ޢަބްދުﷲނާފިޒް
14 November 2018
އަފްރާޝިމްއާ ރިލްވާން އަދި ޔާމިންގެ މަރުގެ ތަހުޤީޤު އަލުން ހިންގާއިރު އުގެއިލްގެ އެހީތެރިކަން ހޯދާނެ ކަމަށް އުއްމީދު ކުރަން، އަދި ޤާތިލުން ހޯދާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ޙައްޤު އަދަބުވެސް ދޭނެކަމަށް އުއްމީދުކުރަން.
ދޯދޯ
14 November 2018
އުގެއިލް މެޑިކަލް ފީލްޑަށްވަދެ ރެޓިނާ ބަދަލު ކުރެވޭވަރުގެ ކުރިއެރުންތަކެއް އެދާއިރާއަށްހޯދަދީބަލަ.
ވާލުސޮރު
14 November 2018
ދިވެހިން ފަޚުރުވެރިވާންވީ މިކަހަލަ ދަރިންދެކެ. ދެރަކަމަކީ ރާއްޖޭގެ ފަރުތަކުގެ ދިރުންތައް ދިރާސާ ކުރަން އުގައިލް ލެބް ހެއްދެވި ރަށްވެސް މި ސަރުކާރުން އަތުލީތީ.
ޔައްލެ
14 November 2018
ތީ ދިވެހިން ފަހުރުވެރިވާ ދިވެހި ދަރިއެއް!
އަލީބަލީ
14 November 2018
އުގެއިލް އެކަނި އަމިއްލައަށް ކުރެވި ކަމަކަށް ނުހައްދަވާ ތިޔަ ކަމުގައި ބައިވެރިވާ އެންމެން ހިމެނޭ ގޮތަކަށް ވާހަކަފުޅު ދައްކަވާ ނަމަ ވަރަށް ރަގަޅު. އަހަރެންގެ ބަދަލުގައި އަހަރުމެން ކިހިނެއްތޯ؟