އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް: މާދަމާ މަގާމުން އިސްތިއުފާ ދެއްވާނެ.--މިހާރު ފޮޓޯ
14 ނޮވެމްބަރ 2018 - 10:45
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އާދިލް މޫސާ އިސްތިއުފާ ދެއްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީގެ މަގާމުން މާދަމާއިން ފެށިގެން އިސްތިއުފާ ދެއްވުމަށް އާދިލް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ އިސްތިއުފާ ޕްރައިވެޓައިޒޭޝަން ބޯޑުން ގަބޫލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވިގޮތުގައި، އާދިލް އިސްތިއުފާ ދެއްވުމުން އެތަން ހިންގާނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ އިންތިހާބީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ)ގެ ބޮޑުބޭބޭފުޅެވެ.
PCB has accepted the resignation of Maldives Airport Company Limited's Managing Director Adil Moosa. He will be resigning on 15 November 2018. In his absence the company will be managed by Moosa Solih.
— Mohamed Nizar (@nixaar) November 14, 2018
ނިޒާރު ކުރެއްވި ޓްވީޓް
އެމްއޭސީއެލްގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާތީ އެވެ. އަންނަ ހޮނިހިރު ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރައްވާނެ އެވެ.
އާދިލް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖެނުއަރީ 29، 2015 ގަ އެވެ. އޭނާ އެ ކުންފުނީގައި މަސައްކަތް ކުރައްވަން ފެއްޓެވީ ޖޫން 4، 1992 ގަ އެވެ.
އާދިލްގެ އެމްޑީ ކަމާ ހަވާލުވެ ވަޑައިގަތީ އެމްއޭސީއެލް ޖީއެމްއާރުގެ އަތުން އަތުލުމަށް ފަހު، އެއާޕޯޓް ކޮޅަށް ޖެހުމުގެ މަސައްކަތްތައް ފެށުނު ދުވަސްވަރު އެވެ. ރައީސް ޔާމީންގެ ސަރުކާރުން އެއާޕޯޓުގައި ހިންގި ބޮޑެތި މަޝްރޫއުތައް ހިންގާފައި ވަނީ ވެސް އާދިލްގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެ ތެރޭގައި އިތުރު ރަންވޭއެއް ހެދުމާއި އާ ޓާމިނަލްގެ މަސައްކަތް ފެށުމުގެ އިތުރުން އެއާޕޯޓްގެ މޫނުމަތި ބަދަލުކޮށްލުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހޫ
14 November 2018
އިސްތިއުފާދިނަސް އެއަރޕޯރޓްގެ ޖަރީމާތައް ބލަންޖެހޭ
ބަޝް
14 November 2018
އާދިލް އަކީ ވަރަށް ހީވާގި މުރާލި ބޭފުޅެއް. މުޅި އެއަރޕޯރޓުގެ ދިގު ތާރީހުގައި އެއަރޕޯރޓަށް އިންގިލާބެއް ގެންނެވި ބޭފުޅެއް. މިއިން ދުވަހަކު އެއަރޕޯރޓުގެ ސްޓާފުންނަށްވެސް ނުލިބޭ އެތައް ޙިދުމަތްތަކެއް ތައާރަފްކޮށް އެކަމުން މުޅި ސްޓާފުންނަށްވެސް މަންފާތަކެއް ކުރަމުންދޭ. ކިޔަވައިގެން މިދާއިރާގައި 26 އަހަރުވަރު އެއްތަނެއްގައި ހޭދަކޮށްލުމަކީ ކޮންމެ ސްޓާފަކަށް ކުރެވޭނެ ކަމެއް ނޫން. އާދިލްއަށް ފާގަތި މުސްތަގުބަލަކަށް އެދެން.
ސިއްދީޤު
14 November 2018
އާދިލަކީވެސް ޔާމީނުގެ ކެމްޕެއިން ޓީމްގެ ފުންނާބު އުސް ކޯޑިނޭޓަރެކެވެ. އަހަރެން ވޯޓްލީ ދާއިރާ ފަތަހަކުރަން ފަތު އަޑުގޮވާފަ މަސައްކަތް ކުރިއެވެ. އެމްޢޭސިއެލް ގެ ފައިސާ އާއި މުދާ ބޭނުން ކުރުމުގެ ތުހުމަތުން ބަރިއްޔަ އެއް ނުލެވޭނެ ކަން އެނގޭތީ އިސްތިޢުފާ ދޭއްވާފައި ފިލާރައްކައުވަނީ ކަމަށް ޝައްކު ކުރެވެއެވެ.
އަމީލް
14 November 2018
ހުރިހާ އެމް.ޑީ އިން އިސްތިއުފާ ދޭންވީ ދޯ؟ ބޯ ހަލާކު.
އަލިފުތާ
14 November 2018
އެބުނާހެން ސަރުކާރު ބަދަލުވުމާއެކު އެމް.ޑީން އިސްތިއުފާދިނުނުން ، ނުވަތަ އާސަރުކާރު އައުމާއެކު މަގާމުން ވަކިކުރުން ފަދަ ކަންކަން ހިގަމުންދާތީ ރާއްޖޭގެ ކުންފުނިތަކަށް ބޮޑެތި އަނިޔާލިބެމުންދޭ. ސިޔާސީ ބޭނުމަކަށް ތަންތަނުގެ ވެރިންނަށް ވެރިން ރުހޭ މީހުން ލާތީ ގެއްލުން ބޮޑުކަމަށްފެނޭ ، އޭގެ ބަދަލުގައި ޕްރޮފެޝަން މިނިވަން ބޯޑަކާއިއެކު ކުންފުނިތަކުގެ ވެރިން އައްޔަންކުރެވޭނަމަ ކުންފުނިތަކުގެ ހިންގުންތެރިން ތިބޭނެ ސަރުކާރުތަ ބަދަލުވެގެން ދިޔަޔަސް..
ދީދީ
14 November 2018
ޢާދިލް ނަސީބުގަދަ، ފެނަކަ އެޗްޑީސީގެ އިސްވެރިން އިތިބީ ކޮރަޕްޝަންދެ ދަލުގަޖެހި ތާށިވެފަ، ކެންޑިގެންވެސް ދާންއޮތީ ޖަލު
ޖަމްބޯ
14 November 2018
އެމްޑީ އާދިލް އަށް މަގޭ ސަޕޯޓް. މިއީ ސަޅި މީހެއް.
މޮޑަފްް
14 November 2018
ދައުލަތުގެ ކުންފުނިތަށް ސިޔާސީކުރުމުގެ ނަތީޖާ މިފެނުނީ. އެހެންނޫންނަމަ ވެރިކަންބަދަލުވާ ކޮންމެ ފަހަރަކު އެމްޑީން އިސްތިއުފާދީ ނޫނީ ވަކިކުރާކަށްނުޖެހޭނެ.
ހުސެއިން
14 November 2018
މޫސާ ސާލިހު؟! ތިދިޔައީ ތިތަނުގެ ޒަމާން.
ބަޓޭ
14 November 2018
އިންޗެއްވެސް ވިއްކަން ނޫޅޭތި މޯދީއަށް. ވައްޓާލާނަން. ވައްޓާލާނަން!!!!!