ހުޅުމާލޭގައި ހިޔާ މަޝްރޫ ރައީސް އަބްދުﷲ ޔާމީން ފައްޓަވައިދެއްވަނީ--
15 ނޮވެމްބަރ 2018 - 20:35
މި ސަރުކާރުގެ ނުފޫޒުގެ ސަބަބުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަރަށް ބޮޑަށް ދަރަނިވެފައިވާތީ، އެ ދަރަނި ދައްކަން ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭ ކަމަށް ސަރުކާރު ކުންފުނިތަކުގެ ހާލަތު ބެލި ޓްރާންސިޝަނަލް ކޮމެޓީން މިއަދު ބުނެފި އެވެ.
ސަރުކާރު ހިއްސާވާ 29 ކުންފުނީގެ ހާލަތު ބަލަން ހެދި އެކި ކޮމެޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުސައިން ޝަހީމް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް، 12 އަހަރުގެ ތެރޭގައި، ހުޅުމާލޭގެ ތަރައްގީއަށް ދައުލަތުން ނަގާފައިވާ ފައިސާގެ މިންވަރު 6.6 ބިލިއަން ރުފިޔާގައި އުޅޭ އިރު މިދިޔަ ޑިސެމްބަރު މަހުން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެކަނި 7.5 ބިލިއަން ރުފިޔާގެ ލޯނު އެޗުޑީސީއަށް ނަގާފައިވާ ކަމަށެވެ.
އެއީ ހެޔޮ ނިޔަތުގައި ކުރި ކަމެއްތޯ ހުސައިން ސުވާލު އުފެއްދެވި އެވެ.
ހުސެން އެގޮތަށް ވިދާޅުވި އިރު، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިހާރު ފަށާފައި ހުރީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު އެވެ. އެހެންކަމުން އެ މަޝްރޫއުއަށް ހިނގާ ހޭދަ ވެސް، އެހެން ހުރިހާ އަހަރުތަކަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
އެކަމަކު ހުސެން ސުވާލު އުފެއްދެވީ، "ފަސް އަހަރު ތެރޭގައި ނުނެންގެވި އެއްޗެއް ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ނަންގަވައި ކެމްޕެއިންގެ ތެރޭގައި 7.5 ބިލިއަން ރުފިޔާއިން ކުރެއްވީ ކޮން ކަމެއްތޯ؟" އެވެ.
ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ 7،000 ފްލެޓްގެ މަޝްރޫއަށް ލޯނު ހަމަޖެހި، މަސައްކަތް ފެށީ މި އަހަރު އެވެ. އެ 7،000 ފްލެޓް ހިމެނޭ 25 ބުރީގެ 14 ޓަވަރުގެ މަސައްކަތަށް ސަރުކާރުން ގެރެންޓީ ދީގެން އެޗްޑީސީން 8 ބިލިއަން ރުފިޔާގެ ލޯން ނަގާފައިވާ ކަމަށް ހުސައިން ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެ ބޮޑު ލޯނުން އެ އިމާރާތްތައް އެއްކޮށް ނިންމާނުލެވޭނެ ކަމަށެވެ.
ހުސެން ވިދާޅުވި ގޮތުގައި އެޗްޑީސީން ލޯނު ދައްކަން ސަރުކާރުގެ ބަޖެޓުން އަންނަ މަހު 105 މިލިއަން ރުފިޔާ ދޭން ޖެހޭއިރު އެޕްރީލް މަހު 131 މިލިއަން ރުފިޔާ ދޭން ޖެހެ އެވެ. އެ ހާލަތަށް ދިޔައީ ރަނގަޅަށް ހިނގަމުން ދިޔަ ކުންފުންޏެއް އަމިއްލަ ބޭނުމަށް ބޭނުންކުރުމުން ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.
އެޗުޑީސީގެ މާލީ ހާލަތު އެހާ ދަށަށް ދިޔައިރު އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް މި ފަހުން ސަރުކާރުން ކުރަން އުޅުނު ބައެއް ކަންކަމަށް އޭނާ ވަނީ ފާޑުވެސް ކިއުއްވާފަ އެވެ. އެގޮތުން ނުއަގުގައި ވިއްކަން އުޅުނު 400 ގޯތި އެގޮތަށް ވިއްކި ނަމަ އެޗްޑީސީއަށް ދެ ބިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުން އަންގައިގެން ހައުސިން މިނިސްޓްރީން ވިއްކަން އުޅުނު އެ ބިންތައް ވިއްކުން ހުއްޓާލީ އޭސީސީން އެންގުމުންނެވެ.
ހުސެން ވިދާޅުވީ އެޗްޑީސީއަށް އިތުރަށް 640 މިލިއަން ރުފިޔާ ނަގަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ލޯނުގެ މިންވަރު 8.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާނޫނަށް އިސްލާހު ގެނައުން
16 November 2018
ކުންފުންޏާ ބެހޭ ޤާނޫނަށް ގެނެވޭ އިސްލާހެއްގެ ދަށުން، ސިޔާސީ މީހުނަށް ކުންފުނިތަކުގެ ބޯޑަށް އަދި މެނޭޖްމަންޓަށް އައްޔަނު ނުކުރެވޭ ގޮތް ހަދަންވީ. ނުވަތަ ޤާނޫނުއަސާސީ އަށް އިސްލާހު ގެނެސް މިކަން ނުކުރެވޭ ގޮތް ހަދަންވީ.
ހުސެއިން
16 November 2018
އެޗުޑީސީއަށް ސަރުކާރުން ފައިސާ ދިނުމެކޭ ކަނާތުން ވާތަށް ފައިސާ ދިނުމެކޭ ހުރި ތަފާތަކީ ކޮބާ؟ އެޗުޑީސީއަކީ ޕަބްލިކް ކުންފުންޏެއް. އެސްޓީއޯ ފަދަ އެއާރޕޯޓްސް ކޮމްޕެނީ ފަދަ އަމިއްލަ ފައިމަތީގަ ހިންގަމުން އަންނަ ކުންފުނިތައް ފަދައިން ހިނގަން ދަސްކޮށް ނުދީ އޮތީމަ އެޗުޑީސީއަށް ތިހެން ތި ދިމާވީ.
ކަކުނިބޯ
16 November 2018
ތިޔަތަން އުވާލުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް އެއްއުރައެއްގައި 2 ކަނޑިޔަކަށް ނޯވެވޭނެ ތިޔައީ ދިވެހިރައްޔިތުން އަޅުވެތިކުރާ ދިވެހިދައިލަތުގެ ބާރުނުފޯރާތަނެއްފަދަތަނެއް ތިތަނަށް އައްޔަނުކުރާވެރިން ތިބެނީ މާމަތީގަ ސިޓީކައުންސިލް ދަށަށް ގެންނަންޖެހެ
ދުމައިން
16 November 2018
ތިޔަކޮމިޓީގެ ފެންވަރާމެދު ސުވާލުއުފެދޭ، ތަނެއް ދޮރެއް އުޑެއްބުޑެއްނޭގޭ ބަޔަކު ތަންތަނަށްވަދެ ކުކުޅޭ ކިޔަކަސް ހައިރާނެއްނުވޭ. އެޗްޑީސީއަކީ 15 ބިލިއަން ޑޮލަރުގެ ކުންފުންޏެއް. ލޯނުނަގާގޮތާ، ލޯނާ، ގެރެންތީއާ ، ކޯސްޓް އޮފް ފައިނޭންސާ، ލޯނު ޓާމާ، ޕޭބެކް ޕީރިއަޑާ، ގްރޭސް ޕީރިއަޑާ، އިންވެސްޓްމެންތަކީ ކޮބާކާން ނޭގޭ ބަޔަކު ކޮމިޓީއެކޭކިޔާފަތަންތަނަށްގޮސް ކޮސް ގޮވަނީ. ފިތުނަ އުފައްދަނީ. ތިމަންމެންނަށް ނުހިންގިދާނެތީ ކުރީބައިގަ މަތިޖެހޭނެ މޮޅު ގޮތެއްހޯދަނީ.
ސާދާސީދާ
16 November 2018
ބިތުފަންގި ނެގޭއިރު ތިޖޫރި ހުންނަތާނގައި ހުންނާނީ ވަޅުގަނޑެއް!
ނަގޫޖެހިތާބޯޖަހާ
15 November 2018
ތިޔައީ އަދި މާ ރަނގަޅު ގޮތެއް ކާމީހުން ކޭމަ އެމީހުންނަށް ކޭކަން ދެން އެކަން ފޫ ބައްދަން އަނެއްކާ ދައުލަތުގަ ހުރި ފައިސާ ދިނުން ހަމައެއް ނުޖެހޭ
ހުއްބުލް ގަލަން
15 November 2018
ކުންފުންޏެއް އޮތިއްޔާ ބަނގުރޫޓް ކޮށްފައި ޔާމީނު ފައިބައިގެން އެދަނީ. ކޮރަޕްޝަނާއި ފަސާދަ ބެލުމަށް ހާއްސަ ކޮމިޝަނެއްހަދައި ދައުލަތުން ގެއްލުނު ފައިސާ ހޯދަންޖެހޭ.
ސީޑީ
15 November 2018
ޢެޗްޑީސީ އަކީ އުވާލަން ޖެހޭ ކުންފުންޏަކެވެ. ހުޅުމާލެ އަކީ މާލޭގެ އަވަށެއް ކަމުގައިވާއިރު، ދިވެހި ރައްޔިތުން ދިރިއުޅޭ ރަށެއް ކަމުގައި ވާއިރު ހަރަދު ކުރަނީ ދައުލަތުގެ ފައިސާ، ރައްޔިތުންގެ ފައިސާ ކަމުގައިވާއިރު ވަކި ކުންފުންޏެއްގެ ނަމުގައި ޕުރެޖެކްޓް ހިންގުމަކީ ކޮރޮޕްޝަނަށް މަގުފަހިވެ ވަކިބަޔަކުގެ ޖީބު ބޮޑު ކުރަން ވާނުވާ ނޭގޭ ގޮތަށް ކަންކަން ކުރެވޭ ގޮތަށް ފުރުސަތު އޮވެގެން ނުވާނެއެވެ. ދިރިއުޅޭ ހުރިހާ ރަށެއްވެސް ހިންގަން ޖެހޭނީ އެއްއުސޫލުންނެވެ.
ވިސްނާށ
16 November 2018
ބަލަގަ ރާއްޖޭގަ ނެތް ފެންވަރުގެ ސިޓީ އަކަށް ހުޅުމާލެ ވެފަ އެއޮތީ ވަކި ކުންފުންޔެއް ހަދާ އެހެން ހިންގީމަ. އެތައް އަހަރެއް ރަނގަޅައް ހުންގި، އެތަކެއް ފައިދާ އެ ކުރުވި ކުންފުނި ވަކި ބަޔަކާ ހެދި އުވާލަން ތިކިޔަނީ. މޮޔަނުވެ މައްސަލަ އުޅެންޔާ އެމައްސަލަ ހައްލު ކުރަންވީ. ބޯބުރާންތި
ސަރުދާރު
15 November 2018
މިވަރުވީމަ ދެން ހޭބައްޔަށް ގޮވޭނެ. ބަލަ ޓްރޭންސިޝަން ކޮމިޓީ އަކީ ސަރުކާރާ ހަވާލުވުމަށްޓަކައި ކަންކަން ދެނެގަތުން. އެއީ އޮޑިޓް ކޮމިޓީއެއް ނޫން. ދަރަނި އޮތް މިންވަރާ ކޮރަޕްޝަން އޮތް ވަރު ހޯދާކަށް ނޫން. އެ ކޮމިޓީގެ މެންޑޭޓެއް ނޫން އެއީ. ހަވާލުވެފަ އޮޑިޓް ޓީމާ އޭސީސީ ވައްދާ. އެ ނުންތޯ ގޮތަކީ. ކުރީގެ ޓީވީއެމްފެ ތައްޔިބު އަރާ ކުންފުނުިތަކުގެ ހާލަތު ކީމަ ކާކުތޯ ގަބޫލުކުރަނީ؟ އޭނައަށް ކުންފުނި ކިޔަން އެގޭބާ؟
ގަރުދިތަ
16 November 2018
ބަލަ ދަރަނިވެރިވެފައި އޮތްކަން ބެލުމަކީ ދެނެގަތުމެއް ނޫންތަ؟ ދެލޯމަރައިގެން ތިބެތަ ހަވަލުވާންވީ؟ ހޭބައްޔަށްގޮވާކަށް ނުޖެހޭ. އަދިކިރިޔާނު ވާނުވާ މިއެގެނީ. 5 އަހަރު ނިމުނީ
ތުނިޔަ
15 November 2018
ފަންޑުފޮށި ބަހައްޓަންވީނު! އޭރުން ޢާއްމު ރައްޔިތުން އެހީވާނެ!
ވެމްކޯ
15 November 2018
ނުދެވޭނެ އެންމެ ލާރިއެއްވެސް. ވައްކަންކުރި މީހުން އަތުން އެ ހޯދާ.
ތުނިޔަ
15 November 2018
ވައްކަން ކުރި މީހުން އަތުން އެއްމެ ރުފިޔާއެއްވެސް ނުހޯދާނެ! ޝަރީއަތެއް ފަށާފާނެ ރައްޔިތު ލޮލުގަ އަނދުން އަޅުވަން...ފަސް އަހަރުގެ ދައުރު ނިމޭއިރު އެއްމެ އަޑުއެހުމެއްވެސް ނުބޭއްވިފަ އޮންނާނީ! ބަލަންތިބޭތި، އެވެރިން ކޮޅު ބަދަލުކޮށްލީމަ ސާފުވީ! ހުރިހާ ލާރިއެއްވެސް ހޯދާނީ ކޮންމެވެސް ނަމެއްގަ ޓެކުހެއް ހަދައިގެން ރައްޔިތުން އަތުން!