އައްޑޫ ސިޓީގެ ހިތްގައިމު މަންޒަރެއް. --ފޮޓޯ: ނަޖް
18 ނޮވެމްބަރ 2018 - 16:42
އައްޑޫގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހާދިސާގައި މަރުވީ އުމުރުން 18 އަހަރުގެ އަހުމަދު ޖައިޝަން، ގއ. ދާންދޫ ޖަވާހިރުމާގެ، އެވެ. އޭނާ މޫދުން ނަގައިގެން އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ގައުކެޑެ ކޯޒްވޭ ކައިރިން މޫދަށް އެރި އުޅުނު ތިން ކުދިންގެ ތެރެއިން އުމުރުން 18 އަހަރުގެ އެ ޒުވާނާ ގެއްލުނީ އޮޔާ ދަމައިގަނެގެން ކަމަށެވެ. އަދި ބުނީ ޖައިޝަން ގެއްލިގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކުރި މަސައްކަތުން އޭނާ ފެނިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދު އިބްރާހިމް
19 November 2018
މިއީ ސުވާލު އުފެދޭ މަރެއް.... މިމަރު ފުރިހަމަ އަށް ތަހުގީގުކުރުމަށް ގޮވާލަން
އަދު
19 November 2018
ހުރިހާ އެންމެންވެސް އަބަދުވެސް ސޭފްޓީއަށް ވިސްނާ
ހުސައިން
18 November 2018
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون
ސިގްނަލް
18 November 2018
ޖަޒީރާ ވެރިކަމުގެ ފުރަތަމަ ދުވަހު ހިނގި ކަމެއް.
މެތުސް
18 November 2018
ކަމާގުޅޭ ކޮމެންޓް ކޮށްބަލަ! إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون
ޑްރިންކްވޯޓަރ
18 November 2018
ސިގްނަލް އެއްކަމަކު ތިބުނީ ދޮގެއްވާނޫން. إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون