19 ނޮވެމްބަރ 2018 - 10:49
މީގެ ނުވަ ދުވަސް ކުރިން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ކުރާ އޮޕަރޭޝަން މިއަދު ހެނދުނު ފަށައިފި އެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް ބޭސް ދީގެން ވެސް ނައްތާނުލެވުމުން ކިޑްނީ ދުޅަވެފައިވާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. އެހެންވެ މިއަދު 8:45 ހާއިރު ލޭޒާ ޓްރީޓްމަންޓެއް ދިނުމަށް ތިއޭޓަރަށް ވައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ތަނުގައި [އައިޖީއެމްއެޗް] އެޑްމިޓް ކުރި ފަހުން ތިން އެކްސްރޭ ނެގިއްޖެ. ކިޑްނީ އާއި ބްލެޑާއާ ދޭތެރޭ އިން ހިލަކޮޅު ހަރަކާތް ވެސް ނުކުރޭ. އެހެންވެ އޮޕަރޭޝަނަށް ވައްދާފައިވީ،" އަދީބުގެ ހައްގުގައި މަސައްކަތް ކުރައްވާ އޭނާގެ އަނބިކަނބަލުން ވިދާޅުވި އެވެ.
އަދީބުގެ އެ އޮޕަރޭޝަން ނިމޭނެ ކަމަށް ޑޮކްޓަރުން ލަފާ ކުރަނީ މިއަދު 11:30 ހާއިރެވެ. މިއަދު އޮޕަރޭޝަންގައި ނައްތާލަނީ އަދީބުގެ ވާތް ފަރާތު ކިޑްނީގައި އިން ހިލަ ކޮޅެކެވެ. އޭގެ އިތުރުން ކަނާތް ފަރާތު ކިޑްނީގައި ވެސް ދެ ހިލަކޮޅު އިންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނަޝްވާ ވިދާޅުވި އެވެ.
"ގަވާއިދުން ބޭސް ނުދީފި ނަމަ ހުން ހުރޭ. ކިޑްނީގައި ހިލަ ހުންނާތީ ބަނޑަށް ތަދުވާވަރު އަދި އެ އުޅޭ ހާލު ދެން ނޭނގެ އަޅުގަނޑަށް ބުނެދޭކަށް،" ނަޝްވާ ވިދާޅުވި އެވެ.
ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ސީސްޓުތަކެއް ވަނީ އުފެދިފަ އެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލޫކޯމާ އަށް ވެސް އަދީބު ބޭސް ކުރެ އެވެ. ނަޝްވާ ވިދާޅުވީ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުން ފިޔަވާ އިތުރު ފަރުވާތައް ހުއްޓިފައިވާ ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަދީބު ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަތާ ތިން އަހަރު ވެފައިވާއިރު އޭނާ އަށް އެކަށީގެންވާ ބޭސްފަރުވާ ދިނުމަށް ނިމިދިޔަ ސަރުކާރުން ދެކޮޅު ހެދި ކަމަށް އާއިލާ އިން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް އަދީބު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމަށް އުޅުނު މައްސަލަ އާއި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީމް
19 November 2018
އަނެއްކާ ނުއަތު ބުރެއް ނާޅައްޗޭ، ލާރިގަނޑު ވީތަން ނުބުނެ!!
ހަކީމް
19 November 2018
އަދީބު ބޭރަށް ފޮނުވާނުލާ މިކަން ވީތީ ވަރަށް އުފާ ވެއްޖެ .. މިރާއްޖޭގަ ބޭހަށޭ ކިޔާފަ ފިލާ މީހުން ވަރަށް ގިނަވެއްޖެ.
1234
19 November 2018
އަދީބު މިއަދު ތި ތަހަައްމަލް ކިރާ ވޭނުގެ ސަބަބުން އަދީބަށް ކުރެވިފަ ހުރި ގޯސްކަންތައްތައް އަިސްލާހްކުރުމަށް މިފުރުސަތުގެ ބޭނުން ހިފާނެކަމަށް އުންމީދުކުރަން. އަދީބާ ރައިސް ޔާމީން ވެގެން މިގައުމަށް ދިން ބިލިއަން ރުފިޔާގެ ގެއްލުން ބަލާ އަިންސާފުގެ ކުރިމަށްޗަށް ގެންނާނެކަމްށް އުންމީދުކުރަން
ބައިރޯ
19 November 2018
އިހަށް ނުވި ރައްކަލެއް ފަހަކުން ނުވާނެ
ދުޢާ
19 November 2018
ޔާﷲ! އިބަ އިލާހީ ކޮންމެކަމަކަށް ކުޅަދުންވަންތަ އިލާހެވެ. ޢަދީބުގެ ހަށިގަނޑުތެރޭ އުފެދިފައިވާ ހިލަކޮޅުތައް ނައްތާލެއްވުމަށް ޑޮކްޓަރުންނަށް ތަވްފީޤް ދެއްވާނދޭވެ، އަދި ޢަދީބަށް ޝިފާ މިންވަރު ކުރައްވައި، އިބަ އިލާހުގެ އަޅާއާއި މެދު އިންސާނިއްޔަތުކަމާ، އިންސާފުގެ މަގުން ކަން ހިންގަވާ ދެއްވާނދޭވެ! އާމީން
ހެލްމެޓް ރައީސް
19 November 2018
އަދީބަށް އަވަސް ޝިފާއަކަށް އެދެން. ކިޑްނީގައި ހިލަ އުފެދުމަކީ ޢާއްމުކަމެއް އަދި ހަށިގަނޑުގައި އުފެދޭ ކޮންމެ ސިސްޓަކީ އެއްވެސް ނުރައްކަލެއް އެކުލެވިގެންވާ ކަމެއް ނޫން. ރާއްޖޭގައި ސިޔާސީ މީހަކު ހައްޔަރުކޮށްފިނަމަ އެމީހަކީ އައިސީޔޫ ޕޭޝަންޓަކަށް ބަދަލުވޭ. ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން މުޅިންވެސް ދޫކުރަނީ ސިޔާސީ ކުލަ ޖެހިފައި ހުންނަ އެޑްވައިސް. އާދައިގެ މީހަކު ރަޢްޖެއިން ލިބެން ނެތް ފަރުވާއެއް ހޯދަން ބޭރަށްދާން އުޅެފިނަމަ ހީވާނީ އެހެންފަދަ ކަމެއްހެން.
އަޖީތު
19 November 2018
ކޮންމެ އިންސާނަކަށް ވެސް ބޭސް ފަރުވާގު ހައްގު އޮންނާނެ. ކިތަންމެ ބޮޑު ކުށްވެރިއަކަސް،
މުހަންމާދި
19 November 2018
ކަރެކްޝަންގެ މުވައްޒަފުންގެ އިހުމާލުން އަދީބުގެ ސިއްހީ ހާލަތު މިހިސާބަށް އަންނަން ޖެހުނީ. މިކަން ތަހުގީގު ކުރެވެން ޖެހޭނެ.
ސޫޖީ
19 November 2018
އެކަން ތަހުގީގު ކުރެވޭނީ އަދީބު ހިންގާފަ ހުރި ހުރިހާ ޖަރީމާތައް ތަހުގީގު ކޮށް ނިންމާފަ.
އަލިހަންޖާ
19 November 2018
ތީ ތިވަރު ކަމެކޭ.... ސިންގަޕޫރަށް ނުދެވިގެން އުޅެން. ރާއްޖެއިން ފަރުވާ ކުރެވެން ހުރި އިރު މިހުރިހާ ދުވަހު ނުކޮށް ހަމަ ބޭރަށް ދާން ފައިވިއްދާފަ ތިބުމުން ލިބުނު ގެއްލުމެއް ތި ލިބެނީ... އެހެރީ ޓްރީ ޓޮޕްވެސް...
ތުނިޔަ
19 November 2018
އަދީބަށް އަވަސް ޝިފާޔަކަށް އެދެން! ޢެއެކަމަކު އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމާއި އަޅުގަނޑުވެސް ދެކޮޅު!
ހިޝާ
19 November 2018
ތިއަށްވުރެ މާ ބަލި ޙާލުގައި ކުށެއް ނުކޮށް އުޅޭ ދިވެހި ރައްޔިތުން އެބައުޅޭ