ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ވަނީ އޭސީސީއާ ހަވާލުކޮށްފައި.
19 ނޮވެމްބަރ 2018 - 15:28
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ރިޔާސީ އިންތިޚާބުގެ ކުރިން އެ މަނިކުފާނު ހަވާލު ކުރެއްވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
މި ފައިސާ އޭސީސީގެ ބެލުމުގެ ދަށަށް ގެންދިޔަކަން، ޔާމީންގެ ފަރާތްޕުޅުން އަދި އޭސީސީއަކުން ވެސް މިހާތަނަށް އާއްމުންނަށް ޔަގީންކޮށްދީފައެއް ނުވެ އެވެ. އެ ފައިސާ އަށް ވީ ގޮތް ހާމަކޮށްދޭން ގޮވާލައި މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް އެ މަނިކުފާނަށް ތުހުމަތުތަކެއް ކުރި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ތުހުމަތުތައް ކުރީގެ ރައީސް ޔާމީނަށް އަމާޒުވެފައި ވަނިކޮށް، އެ މަނިކުފާނުގެ އަމިއްލަފުޅު އެކަންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން އެ މައްސަލަ އޭސީސީން ފައިލްކުރީ އެވެ.
އެކަމަކު، އެ ތަހުގީގު އެހެން ބައިތައް އަދިވެސް ކުރިއަށް އެބަދެ އެވެ.
"މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓުގައި ހުރި އެ ފައިސާ މިހާރު ވަނީ އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެކަމަކު، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގު ނުނިމޭތީ ތަފްސީލެއް ނުދެއްވި އެވެ.
"އެއް މިލިއަން ޑޮލަރު މިހާރު ވީ، އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ވަކި އެކައުންޓެއްގައި،" މުއައްވިޒް ވިދާޅުވި އެވެ.
ޔާމީން މި ފައިސާ ހަވާލު ކުރެއްވުމުގެ ކުރިން، މާޗް، 14، 2018 ގައި ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ނޫސްވެރިންގެ ސުވާލަކާ ގުޅިގެން އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި އެވެ. އެކަމަކު، އޭސީސީން އޭރު ބުނީ އެ ތަނުގެ ބެލުމުގެ ދަށުގައި ފައިސާ ނެތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ފައިސާ ރައީސް ޔާމީން އޭސީސީއާ ހަވާލުކުރެއްވީ އޭގެ ފަހުން، މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކުރި މައްސަލަ ފައިލްކޮށް، އޭސީސީން ނެރުނު ރިޕޯޓުގައި ބުނީ ޔާމީންގެ ޑޮލަރު އެކައުންޓަކަށް ޕްރައިވެޓް ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި އިތުރަށް ކުރިއަށް ގެންދެވެން ނެތިގެން މައްސަލަ ފައިލްކުރީ، ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނީގެ ހިއްސާދާރުން ތަހުގީގަށް ހާޒިރުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. އެސްއޯފްގެ ހިއްސާދާރުންގެ ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ހިމެނޭ އިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ފެށުމާއެކު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ގޮސް، ފިލައިފަ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަލަމާ
20 November 2018
ސާބަހޭ މިހާރު އިން އަދިވެސް ޔާމީން ފަހަތުން ނުނެއްޓެވިގެން، ބައެއް ދިންނަމަ މިހެން ނުވީސް
Dhaandhoo
20 November 2018
ބަނގާޅީއަކު ލައިގެން އަމިއްލަފުޅަށް ގުނުއްވި 80 މިލިއަން ޑޮލަޜު ހަވާލު ނުކުރައްވާތޯ ؟ އެޔަށް ވީ ކީއްތޯ ބަލަން ބޭނުންވޭ އެބަ .
އަޙުމަދު
20 November 2018
އަދިވެސް މިކަމުގައި އޭ.ސީ.ސީ އިން އޮޅުވާލުން ތަކެއް އެބަގެންގުޅޭ. ކީއްވެތޯ ފައިސާ އޭސީސީ އާއި ހަވާލުކުރިނަމަ ކުރިތާރީޚު ނުވަތަ އެސީސީގެ ބެލުމުގެ ދަށަށް ފައިސާ ގެންދިއަނަމަ ގެންދިއަތާރީޙު ނުބުނެވިގެންއުޅެނީ. ހަމަ މަގާމުގެ ދަހިވެތި ކަމުގަތޯ ؟ އޮޅުވާލަން ތިމަސައްކަތްކުރަނީ. ؟ނަމަވެސް ތިޔައީބޮޑެތި މަކަރުވެރިން. އިޙުލާސްތެރިންނެއްނޫ. އަހަރެއްހާދުވަހު އެފައިސާ ބޭންކުގަ ބެހެޓުމުން ބޭކުންދިންފައިދާވެސް ހަވާލު ކުރަންޖެހޭނެ، ތިވަރަކުން ސަލާމަތެއްނުވާނެ
ކޭކުލި
20 November 2018
އަމިއްލަ އެކައުންޓުގައި އެފައިސާ ފޮރުވައިގެން މިހާދުވަހު ހުރެފަ އޭސީސީ އާ ހަވާލު ކުރި ތާރީޚު އެގުންވަރަށްމުހިން. އޭސީސީ އިން ހަވާލުކުރި ކަމަށް ބުނާ ތާރީޚާ ، ބެންކުން ޓްރާސްފަރ ކުރި ތާރީޚު ބެލީމަ އެގޭނެ ކިހާ ރަގަޅަކަށް ހިގާފަހުރި މުއާމަލާތެއްކަން.
ހަސަދު
20 November 2018
މީހަކު ވަގަށް ނަގާ އަދި އެއެކައުންޓަކަށް ޖަމާ ކުރުން އެއީ ވައްކަމުގައި ބައިވެރިވުން. އެކައުންޓަށް ފައިސާ ޖަމާ ވީމާ ދެން ނުބުނެވޭނެ އެއީ ކޮންގޮތަކުން އައި ފައިސާ އެއްކަން ތިމަންނަ އަކަށް ނޭގެޔޭ. ދެން ސަލާމްތަ ނުވާނޭ ކަން ޔަގީންވީމާ އެ އޭސީސީ އާ ހަވަލު ކުރުމުން ދޭހަވަނީ އެވައްކަމުގައި ބައިވިރިވިކަން.
މަރިއްޔާ
20 November 2018
ހަވާލު ކުރީމަ އެނގެނީ ބައިވެރިނުވާކަން
ޕިސް
20 November 2018
3 އަހަރު ފަހުން އެފައިސާ އޭސީސީ އާއި ހަވާލުކުރުމަކީ ގޯހެއް، އެ ލާރި ބޭނުންކޮށްގެން މި މުއްދަތުގެ ތެރޭގައި އިތުރު ލާރި ހެދޭނެކަން ޔަޤީން، އެހެންވީމަ ޖަމާކުރަންޖެހޭނީ އިންޓަރެސްޓާއި އެއްކޮށް
އަޙުމަދު
20 November 2018
ފިސް. ތިބުނީ ހަމަތެދެއް. އެފައިސާ ބޭންކުކޮށްގެން އުފެއްދި ލާރިވެސް ދައުލަތަށް ދައްކަން ޖެހޭނެ . އެކަމުންވެސް އެކުރީ ވައްކަން، ކީއްކުރާނީ ، ކަށީގަ ހިފާފަ ހުރިކަމެއް ނުފިލާނެ، އެކަމަކު ފިސާރި އަޑަށްބާރުލާފަ ބުނި ތިމަންނަ އަކީ ތެދުވެރި އިޙުލާސްތެރިއެކޯ .
ވަޓް..
20 November 2018
އޭސީސީ އަށްވެސް ލާރި ދިނީ މިހާރު!!
ރީނދޫ ބޮލުރޮދި
20 November 2018
މިހާރުތަ ދިިނީ؟ ލިޔެފަ ހުން އެއްޗިހި ކިޔަން ނޭގެންޏާ މީހްކު ލައްވާ ކިއުއްވަން ވީނު.
އަލީބަލީ
20 November 2018
ދައުލަތުގެ ފައިސާ 5 އަހަރު އެކައުންޓުގައި ބަހައްޓާފައި، ފަޅާއަރަން އޮތް ކަމެއް ވީމާ ދަމުން ދަމުން އަބުރާ ދިނަކަސް އަދި ނުފުދޭ. އެހެންވިއްޔާ އަޅުގަޑަށްވެސް ދައުލަތުގެ ފައިސާއިން 5 އަހަރު ބަހައްޓަން 1 މިލިއަން ޑޮލަރު ދެއްވާ!
ގަމަރޭ
20 November 2018
ޖުލައިމަހު އަދި ނޭނގޭނެ އިލެކްޝަނުން ފެއިލްވާނެކަމެއް. އިންތިހާބު ބޭއްވީ ސެޕްޓެމްބަރ މަހު.
އައްޔު
20 November 2018
އޭސީސީއިން ޔާމީން އެކައުންޓަށް ފައިސާ ވަންވާހަކަ އިއުލާންކުރި އިރު ހުރީ އެމީހުންގެ ބެލުމުގެ ދަށުގައި ނަމަވެސް ތަހްޤީޤް ކުރަމުންދާ މައްސަލައެއްކަމުން އެވާހަކަ ނުބުނެތިބީ ދެން ރައްޔިތުންނަށް ހީވާނީ ރައީސް އިބޫ ހާދަމޮޅޭ ހަމަ އެންމެ ދެދުވަހުން އެފައިސާ ހޯދައިފިއޭ އާޗަރރރރރރރރރރރރރ ދެން ހަމަބުނެލީ
އަޙުމަދު
20 November 2018
އައްޔު. އަށް ތިކަން އެގޭއިރު ކީއްވެތޯ ހާމަކޮށްލަން ނުކެރުނީ ؟ ގައިމު އޭސީސިއިން ހާމަ ކުރިކަމަކަށް ނުވާނެ، ޔާމީނު އަމިއްލަފުޅަށް ތިމަންނައަކީ ރައްޔިތުންނަށް ވަރަށް އިޙުލާސްތެރި ތެދުވެރިއެއް ކަމަށް ވިދާޅުވިއިރު އެވާހަކަ ބުނެލަންނުކެރުނީ ކީއްވެބާ ؟މިފައިސާ ތަކުގެ ވާހަކަ ރައްޔިތުން ގޮވާނަގަމުން ދިޔައެރުވެސް ކަހާތާ ހިރުވާވެސްނުލާ އެފައިސާއިން އިތުރުފައިދާ ހޯދަންވެގެން އަޅާނުލާހުރީ. ލަދުހަޔާތް ކޮބާ.
ހިޔާލު
20 November 2018
ހާދަ ދުވަހަކު ތި ފައިސާ އެކައުންޓްގަ ބެހެއްޓިއްޖެތަދޯ. ތީގެ ވެޜި ފަރާތެއްނުވީތަ އޭސީސީ އާއި ހަވާލުކުރީ އޭސީސީ ތިފައިސާއާއިބެހޭ ބަހެއްނުބުނެތިބީތީ އަދިވެސް ކަންބޮޑުވޭ.