21 ނޮވެމްބަރ 2018 - 15:39
ދިވެހި ދައުލަތުން ގެރެންޓީ ދީގެން ޗައިނާ އިން ރާއްޖެ އަށް ދީފައިވާ ލޯނުގެ މިންވަރު އެނގިވަޑައި ނުގަންނަވާ ކަމަށާއި، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ދެއްވި މައުލޫމާތަށް ބަލާއިރު ލޯނުގެ މިންވަރު 1.5 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މެމްބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ ޗައިނާ އިން ލޯނުގެ ގޮތުގައި ދީފައިވަނީ 600 މިލިޔަން ޑޮލަރު ކަމަށާއި ބޭންކް ގެރެންޓީ ދީފައި އޮތް މިންވަރާ ބެހޭ ސައްހަ މައުލޫމާތު ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ ގެރެންޓީގެ މިންވަރަކީ 900 މިލިޔަން ޑޮލަރު ކަމަށް ޗައިނާ ސަފީރު ވިދާޅުވި ކަމަށެވެ.
"އެމްއެމްއޭ އަށް މިނިސްޓްރީ އޮފް ފިނޭންސް އިން ލިބިފައި ހުރި ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް ޗައިނާ އިން ނެގިފައި ހުރި ލޯނުގެ ޑައިރެކްޓް، ސަރުކާރުން ސީދާ ބޮރޯ ކުރައްވާފައި ހުރި އަދަދު މި އަރަނީ ގާތްގަނޑަކަށް 600 މިލިޔަން ޑޮލަރަށް. ހަމަ އެއާ އެއްކޮށް ގެރެންޓީގެ ސައްހަ މައުލޫމާތެއް އަޅުގަނޑުމެން އަތަކު ވެސް ނެތް،" ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެރެންޓީ ދީފައި ވަނީ 900 މިލިޔަން ޑޮލަރުގެ ލޯނަށް ކަމަށް ސަފީރު ވިދާޅުވީމާ އެ ހިސާބު އެގޮތަށް ޖެހިޔަސް، ގެރެންޓީ ދީފައި ވަނީ ކޮންކޮން ލޯނުތަކަކަށް ކިިހިނެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ނަސީރު ވިދާޅުވީ ރާއްޖޭން ލޯނު ނަގާ މިންވަރު މަދުކުރަން ޖެހޭ ކަމަށެވެ.
ޗައިނާ އިން ރާއްޖެ އަށް ލޯނު ދީފައިވާ މިންވަރާ މެދު އެކި ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުން ދަނިކޮށް އެ ގައުމުގެ ސަފީރު ދާދި ފަހުން ވިދާޅުވީ ރާއްޖޭން ނަގާފައި ވަނީ 1.5 ބިލިޔަން ޑޮލަރު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
22 November 2018
ނޫވާނެ ރައީސް ނަޝީދުގެ ކަލްކިއުލޭޓަރުން 3.5 ބިލިޔަން ޑޮލަރަށް އަރާއިރު މިވަނީ ކީއް؟ ނަންވާނީ އަދުރޭ
ނުނުހާ
22 November 2018
ގައުމެއް ނެއް.
މުގުރާން
22 November 2018
ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް އެނގިތިބެ ހަވާލުވީ......ނެގި ބޭފުޅާ ނޫޅުއްވައޭ ދަރަނިއަދާކުރާނެ ގޮތެއް ނޭގިގެނެއް ނުވަންޏާ ބޮޑުގޮތް ހަދާފަ ގެއަށްދުރުވޭ?? ގައުމު ޔަރައްގީ ކުރެވޭވަރުގެ މީހުން އެބަ ތިއްބެވިއޭ ގައުމުގަ
އަބްދޫ
21 November 2018
ތިމާއަށްވެދާނެޔޭ ހިތާ ކަންކަން ކުރަނމންއުޅުނަކަސް ނުވާނެ . ކަންކަން ކުރަން އެގޭނީ އެކަންކަން ކުރަން ދަންނަ މިހުނަށް. މިގައުގައުޅޭ ތަންދޮރު ނުދަންނަ މީހުން ވާވައްދަން އުޅޭ ބަޔަކަށް ކުރެވޭނެ ކަމެއްނޯންނާނެ . މިހާރު މިފެންނަނީ 25 ފްލޯގެ ބިލްޑިންގް ތައް އެއިމާރާތް ކުރަން ފައިސާހޯދި ގޮތް އެއްއެމްއޭގެ ގަވަރނަރ އަކަށް ނޭގެޔޭ ބުނީމާ އެއީ ތިމާގެ ކުިފޫހަމަނުވާކަން.
އަބްދޫ
21 November 2018
މިުހަންމަދާ މިހާރު ހަދާ25 ފްލޯގެ ފްލެޓް ސްކީމް ލޯނު 460 މިލިއަން؛ިނަގާފައިވަނީ ޗައިނާގެ ބޭންކަކުން ހައުސިންޔުނިޓް އިމާރާތްކުރާ ކުންފުނިން. ދިވެހި ދަވްލަތަކުންނޫން. ވީމާ ދަރަންޏެއްގެ ގޮތަކު އެލޯނެއް އަދި ނޯންނާނެ. އެލޯނުގެ މިންވަރު އެގޭނީ ހައުސިން ޔުނިޓްތައްނިމި އެތަންތަން ދަވްލަތާ ހަވާލުކުރުމުން.އެކުންފުނިން ދަވްލަތަށް ދޭނީ ހައުސިންޔުނިޓް ތަކެއް. ދަރަންޏަކަށްވަނީ ޔުނިޓް ތައް ލިބުމުން އޭގެ ފަހުން. ދެން ދައްކަންޖެނޭނީ ގެރެންޓީ ސެޑިއުލް ޕޭމެންޓް .
ބެއްޔާ
21 November 2018
ގައުމުގެ އުމްރާނީ ތަރައްގީއަށް 1.5ބ އަކީ ބޮޑު އަދަދެއްނޫން. މިގައުމަށް ފައިސާ އެބަވަދޭ. ވެރިންގ ޖީބަށް އެފައިސާ ނުލައި ހަޒާނާއަށް ވަންނަނަމަ ލޯނުދެއްކޭނެ. ވެރިންގެ މެޑިކަލް އާއި ރައްޔިތުންގެ ފައިސާއިން ވެރިންނަށް ކުރާ އެހެނިހެން ހޭދަތަށް އާންމު ރައްޔިތުންނާއި އެއްހަމައަކަށްގެނެސް، ދައުލަތުންކުރާ ބޭކާރު ހަރަދު ހުއްޓާލައި ސަރުކާރުގެ ތެރޭގައި އޮތް ރިޝްވަރުގެ ނިޒާމު ފޮހެލީމައި ލޯނުވެސް ދެއްކޭނެ، ހަރަދުވެސް ކުޑަވާނެ.
އަބްދޫ
21 November 2018
ދަރަންޏާ މެދު ވިސްނާކަށެއްނުޖެހޭނެ. ދަރަންޏަށް ފައިސާ ނަގައިފިނަމަ އަބުރާދޭންޖެހޭނެ. އެއީ އޮޅުވާލެވޭނެ އެއްޗެއްނޫން .ފައިސާ ނުލިބޭނަމަ ދަރަނި ދިންފަރާތުން އެފައިސާހޯދަންއުޅޭނެ .މިހާރު އެއްވެސް ގައުމަކުން ދަރަނީގެގޮތުގާ ފައިސާއެއް ނުދޭނެ. އެގައުމެއްގެ ކުންފުންޏަކަށް ފައިސާ ލިބޭގޮތަށް.ނޫނީ އެއްވެސް ޕްރޮޖެކްޓަކަށް ފައިނޭންސް ކޮށެއްނުދޭނެ.އެކުންފިންމަސައްކަތް ނިންމީމަ ދޭންޖެހޭނީ ގެރެންޓީދީފައިވާ ސެޑިއުލް އާއެއްގޮތަށް ޕޭމެންޓް.
ލޮނދި
21 November 2018
ރޯމަރު ދޮގުހަދާ ރައްޔިތުންނަށް އޮޅުވާލީ ކީކޭހިތަށް އަރައިގެންތޯ... މިއީ ކުރިއަރަމުންދާ ގައުމެއްގެ ކުރިމަގޭ ތަރައްގީއޭ...
ދަންނަ ވަހީދު
21 November 2018
މީނަ ވަގުތުން ވަގުތަށް ހައްޔަރު ކުރޭ. މީނަ މީ ނިދާފަ ހުންނަ މީހެއް.
ޢަލީ ރާޖާ
21 November 2018
ވާނުވާގައި ވާހަކަ ނުދައްކާ މަޑުން ތިބުން ރަނގަޅު. ލޯނުގެ މިންވަރަކީ 600 މިލިޔަން ޑޮލަރު. ޗައިނާ ސަފީރަށް ރަޝިޔާ ސަފީރަކަށް ނޫން އެނގޭނީ. ފިހާރައަކުން ގަލަމެއް ގަތަން ބިލްކޮޅު އެބަ ދޭ. ދެގައުމެއްގެ ދެމެދުވާ ވިޔަފާރީގެ ބޮޑު މުއާމަލާތު ތަކެއް ލިޔެކިއުމެއް ނެތި ނުދާނެ އެއްނު. ތިހުންނަކީ ފިތުނަ އުފައްދަން ދައްކާ ވާހަކަ.