އިންޑިޔާގެ ރައީސް ރާމްނާތު ކޯވިންދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވަނީ
27 ނޮވެމްބަރ 2018 - 13:29
ރަސްމީ ދަތުރުފުޅެއްގައި މިހާރު އިންޑިޔާ އަށް ވަޑައިގެން އުޅުއްވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިޔާގެ ރައީސް ރާމްނާތު ކޯވިންދްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުމަށް ފަހު ރާމްނާތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޖްތިމާއީ އަދި އިގްތިސޯދީ ގޮތުން ރާއްޖޭގެ ތަރައްގީ އަށް އިންޑިޔާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ވަކިވަކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އިންޑިއާ އަށް ވަޑައިގެން، އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖްއާ ވެސް ޝާހިދު އިއްޔެ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު، ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، އުފާވެރިކަމާއި ހިތްހަމަޖެހުން، އެ މަޝްވަރާތަކުން ފާހަގަކުރެއްވުނު ކަމަށެވެ.
Mr @abdulla_shahid, Foreign Minister of Maldives, called on #PresidentKovind at Rashtrapati Bhavan. The President stated that India supports the socio-economic development of Maldives and will work with the government of Maldives on its identified priorities. pic.twitter.com/yiUJeWNj1A
— President of India (@rashtrapatibhvn) November 27, 2018
އިންޑިޔާގެ ރައީސް ކުރެއްވި ޓްވީޓް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާ ގުޅުން ގޯސްވެފައިވާ އަވައްޓެރި އިންޑިއާ އަށް ޝާހިދު ކުރައްވާ މި ދަތުރުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ޔާމީންގެ ސަރުކާރުން ޗައިނާއާ ބޭއްވި ގާތް ގުޅުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ހީނަރު ވެފައިވާއިރު މި ސަރުކާރުން އެކަން ހައްލު ކުރާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންފަ އެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރައީސް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންފަ އެވެ. އަދި ރައީސް ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވެސް އަންނަ މަހު ވަޑައިގަންނަވާނީ އިންޑިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލިޓަރީ
27 November 2018
މިޤައުމު މިދަނީ ނޭގުމެއްގެ ތެރޭން. މީގެހިތި ދިވެހިންނަ ފެންނާނެ.
ޝޮކްތެރަޕީ
27 November 2018
މިކަމުގާ މިވަނީ ނުބައި ރޭވުންތަކެ. ދިވެހި އަމިލްލަވަންތަ ޤައުމު މިދަނީ އިންޑިޔަގެ މުށުތެރެޔަ.
މަރޭމިތުރާ
27 November 2018
އެންމެ ހާލުގަ ވީދުވަހު އެިންޑިޔާ މިގައުމަށް އެހީވިބައެއް! ދަންނަ އެންމެން ދެބަހެއްނުވާނެ ޔަގީން މިބަހާމެދައް!
މަރޭމިތުރާ
27 November 2018
[[އެއް ކަނޑުގައި ލެއްވި އެއްމާބަނޑު ދެބެއިން މިދެގައުމަކީ...... އެއްސިފަ ނިކަން އެއްވައްތަރު ބައެއް އެންމެންނަކީ.]]
ވަހީދު
27 November 2018
ރާއްޖެ ވިއްކާ ނުލުމަށް އެދެން. އަދި ލިބޭ ފައިސާ ކޮޅަށް ލިފްޓެއް ނުގެންނާތި.