ކޭލަކުނު: ތިމާވެށީގެ މައްސަލަތައް ހައްލުކުރަން ޓްރަސްޓް ފަންޑެއް އުފައްދަން ވަނީ ނިންމާފައި
29 ނޮވެމްބަރ 2018 - 15:24
ތިމާވެށީގެ މައްސަލަތައް ހައްލުކުރަން "ގްރީން ފަންޑު"ގެ ނަމުގައި ޓްރަސްޓް ފަންޑެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން އިސް ނަގައިގެން މިހާރު ފަށައިގެން ކުރިއަށް ދާ "ތިމާވެށި މަންތިނި"ގެ ސިލްސިލާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ގްރީން ފަންޑެއް ގާއިމްކޮށް ތިމާވެށީގެ ކަންކަމަށް ހަރަދުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަމުގެ ތަފްސީލު ދެއްވަމުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ ވިދާޅުވީ އެ ފަންޑަކީ ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީން ހިންގާ ފަންޑަކަށް ހަދަން ނިންމާފައިވާ ކަމަށެވެ. އެކަމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފަންޑު ބޭނުންކުރާނީ ތިމާވެށީގެ ކޮން މައްސަލަތަކަކަށް ކަމެއް އަދި ކޮން ގޮތަކުން ކަމެއް އަދި ނުނިންމަ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަމުގެ ތެރޭގައި، ގްރީން ޓެކްސް ނެގޭނެ ގޮތާއި އެއިން ލިބޭ ފައިސާ ހަރަދު ކުރެވޭނެ ގޮތް ތަފްސީލުކޮށް ދެ ފުށް ފެންނަ ގޮތަކަށް ހާމަކުރަން ވަނީ ހިމަނައިފަ އެވެ.
މީގެ ތިން އަހަރު ކުރިން ތައާރަފް ކުރި ގްރީން ޓެކްސް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނާއި ގެސްޓް ހައުސްތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަައްޔިތު މީހާ
29 November 2018
ރައީސް ބުނީ ގްރީން ޓެކްސްގެ ހުރިހާ ލާރިއެކޭ. އެހެންވީމަ 1 ޖެނުއަރީ 2019 އިން ފެށިގެން ލާރި ލިބޭނެ. އެހެންވީމަ ބޭކާރު ވާހަކަ ނުދައްކާ މަސައްކަތް ފައްޓާ
ޢޮފު
29 November 2018
ގައުމެއް ގައުމެއްގެ ގޮތުގައި އޮވެގެން ތިމާވެއްޓެއްވެސް އޮންނާނީ.
ހަލީމް
29 November 2018
އޯކޭނު ނުމުނީ!!