ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
01 ޑިސެމްބަރ 2018 - 10:25
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ކ. ދިއްފުއްޓަށް ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ބޭނުމަކީ ދިއްފުށީގައި ޗަމްޕާ އާއިލާގެ އަލިފުޅު ތުއްތު ފައުންޑޭޝަނުން ގާއިމްކުރި ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމައި، ޚިދުމަތް ފައްޓަވައި ދެއްވުމެވެ.
އޭގެ އިތުރުން، ރައީސް އޮފީހުން ބުނީ، ގިރިފުށީގައި އޮންނަ 20 ވަނަ ކެޑޭޓް ކޭމްޕާ ބެހޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ހަރަކާތެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ޗަމްޕާ އާއިލާގެ އިސް ދެ ވިޔަފާރިވެރިން ކަމަށްވާ ހުސެން އަފީފު (ވ) އަދި މުހައްމަދު މޫސާ
ގާތްގަނޑަކަށް 4 މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ހޭދަކޮށްގެން ދިއްފުށީގައި ފެނާއި ނަރުދަމާ މަޝްރޫއު ހިންގީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ އިތުރުން، ދިއްފުއްޓާ ޖެހިގެން އޮންނަ ޗަމްޕާ އާއިލާގެ ރިސޯޓެއް ކަމަށްވާ މީރުފެންފުށި ރިސޯޓު ވެސް ގުޅިގެންނެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނަކީ ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ ޗަމްޕާ ހުސެން އަފީފާއި ޗަމްޕާ މުހައްމަދު މޫސާގެ ބައްޕާފުޅު މޫސާ އަލީ (މަޝްހޫރު ނަމުން ނަމަ އަލިފުޅު ތުއްތު)ގެ ހަނދާނުގައި 2000 އަހަރު އުފެއްދި ފައުންޑޭޝަނެކެވެ. މި ފައުންޑޭޝަންގެ ފަރާތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގާފައިވެ އެވެ. އަދި މިހާރު ވެސް ދަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜައިހާ
01 December 2018
ޝުކުރިއްޔާ ޗަމްޕާ. 61 މިލައަން ރުފިޔާ އަކީ ވަރަށް ބައިވަރު ފައިސާ.
ރައިހާނު
01 December 2018
ޝުކުރިއްޔާ ޗަމްޕާ. 61 މިލައަން ރުފިޔާ އަކީ ވަރަށް ބައިވަރު ފައިސާ./ ލަފާ ކުރެވޭގޮތުގައި މިވަރުގެ ކުޑަ އަދަދެއް 30 ހަކަށް ދުވަހުގެ ތިބޭފުޅުންގެ ވިޔަފާރި ފައިދާ އަޅުގަނޑުމެން ރިސޯރސަސް ބޭނުންކޮށް ތިކުރާ ވިޔަފާރިއަށް ވަލާއިރު މިއީ ސުމެއް...
ހުރާދަރި
01 December 2018
ހުރާގަ ރައީތުން އަމިއްލަ ޖީބުން 15މިލިއަން ހޭދަ ކޮށްގެން އެއޮތީ ފެނުގެނިޒާމް ގާއިމު ކޮއްފަ.
މޫސާފުޅު/ދިއްފުށީގެ ކުރީގެކަތީ
01 December 2018
ދުނިޔޭގެ އެއްވެސް ގައުމެއްގައި އަޑެއްވެސް އަހާފަކައެއްނެތް ފާޚާނާ ހޮޅި ވަޅުލުމުގެ ރައްމިއްޔާތަކަށް އެގައުމެއްގެ ރައިސަކު ނުވަތަ ބޮޑުވަޒީރަކު ހާޒިވެގެންނޫނީ އެފާޚާނާގެ ނަޖިސްބޭރުކުރަން ހުއްދަ ދޭތަނެއް...އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގައި ކުރީއްސުރެން އޮންނަ ޚުޝާމަތުކުރުމަށް އަލްވަދާއުކިޔަން އެބަޖެހޭ.. މިފަދަ ކުދި ކުދި ކަންތައް ތަކުގައި ސަރުކާރެއްގެ ރޯލު އޮންނަން ބޭނުންނަމަ މުސާރަދީފައި ކާރުއަދި އަދި އެލައުންސުތައް ދީފައިތިބޭވަޒީރުންތިބޭނެ.؟؟
އަލީބަލީ
01 December 2018
ގައުމުގެ އެންމެ އިސްވެރިޔާ ރަށަކަށް ލިބޭ ކުރިއެރުމެއްގެ އުފަލުގައި ބައިވެރިވުމަކީ ވަރަށް ރަގަޅު ރީތި ސިފައެއް. އެހެން ގައުމެއްގައި ކުރިޔަސް އަދި ނުކުރިޔަސް މިއީ ރާއްޖޭގައި ކޮށްއުޅޭގޮތް.
މުސްކުޅި ވިސްނުން ހުއްޓާއިލާ
01 December 2018
އެހެންވެ ނޫންތޯ ޒުވާނުން އެގޮވަނީ ތިޔަ ޚުޝާމަތުގެ އާދަ ކާދަ އެބަޖެހޭ ނައްތައިލަން.. މިއަދު ވެރިކަމުގައި ތިބީ މާލޭގެ ރަދުންނެތްނޫން. އަހަރުމެން އަތޮޅު ތެރޭގެ ދަރީން.
އަހުމަދުމ
01 December 2018
ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަކީ އެއީ ކަމަށް ގަބޫލު ކުރަން ޖެހެނީ. ރައްޔިތުން ކައިރިއަށް ދިޔައިމަ ރައްޔިތުން ދައްކާ ވާހަކަ އަޑުއެހީމަ އޭގެން ރައްޔިތުންނަށް ފައިދާއެއް ވެދާނެ. ގައުމުގެ ހިގާ ކަންކަން ވެރިމިހާއަށް އިގެން ޖެހޭ. ފިނިކޮޓަރީގަ އިދެ މީހަކު ފޮނުވުމުގެ ބަދަލުގަ އަމިއްލަ އަށް ދާންވާނެ ރައްޔިތުންގެ ވެރިއެއް ވިއްޔާ.
ރައްޔިތުންސ
01 December 2018
އިންކަމް ޓެކްސް ނަގާ. މީމީހުްނ ރާއްޖެއިްނ ވިއްކާ ޕެކޭޖްގެ ޑޮލަރު ރާއްޖޭގެ ބޭންކަަކަށް ޖަމާކުރަން ޖައްސާ. އެއް ތާކަށްވެސް ސަލާންޖަހާކަށް ނުޖެހޭނެ. އެވަރަށް މިގައުމަށް ލާރި ލިބޭ. ލިބޭ ލާރި މިމީހުން ގައުމުން ބޭރުގައި ރައްކާކުރަނީ. އެއްވެސް ތަނެއްގައި އެގޮތަށް ގާނޫނު ތަނެއް ނުދޭނެ. ގައުމަށް ވާ އެންމެ ބޮޑު ގައްދާރަކީ މީ. ރާއްޖެއިން ލިބޭ ފައިސާ ރާއްޖޭއަށް ވަނަވެސް ނުދީ ބޭރުކުރުން.
ޢަބްދުﷲބެ
01 December 2018
ޔާމީނު އުއްޗުއާއި ހެދި ޑީލެއްގެ ދަށުން މަސައްކަތްފަށައި ނިންމި މަސައްކަތެއްގެ ރިބަންފަށް ކަނޑައިލަން. .... މަނަމަ ނުދާނަން
އަހްމަދުބެ
01 December 2018
މިއީ ޔާމީނާ ބެހޭ ކަމެއް ނޫން! މިއީ ކޮން ވެރިއަކު ހުއްޓަސް އެރަށަށް މި ދެ ވިޔަފާރިވެރިން ކޮށްދޭނެ ކަމެއް.
ޑރ.ނަޒުނާ/ ހިތަދޫ/ ޔޫކޭ
01 December 2018
އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުމެއްނޫން ތިޔަބޭފުޅުންގެ ދީލަތި ކަމުން ކޮށްދޭކަމެއް. އަޅުގަނޑުމެން މީހާރުވެސް އަދި ކުރީގައިވެސް ޑިނާންޑު މިކުރަނީ ތިބޭފުޅުން އަޅުގަނޑުމެންގެ ގައުމުގެ ގުދުރަތީ ރިސޯރސަސް އިން ޗިޔަފާރިކޮށް ނަގަމުންގެންދާ އެތަކެއްހާސް މިލިއަން ޑޮލަރުން އިންކަމު ޓެކުސް ދައްކާށެ.. އެއިރުން އެއިރަކު އޮންނަ ސަރުކާރަކުން އެފައިސާއިން ތިބޭފުޅުންނާއި ގުޅުންއޮންނަ ރަށެއްގައި އެކަނި ނޫން ތަރައްގީ ކުރާނީ. އިންކަމުޓެކުސް ބިލް އަވަސްކިށްދެއްވާ