ޚަބަރު / އިބްރާހިމް އަމީރު، ކުރީގެ ފިނޭންސް މިނިސްޓަރު

ސޮވެރިން ގެރެންޓީގެ މައުލޫމާތު އެމްއެމްއޭއާ ހިއްސާކުރިން: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީގެ ޕްރެސް ކޮންފަރެންސް

ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތަފްސީލު ދައުލަތުގެ މާލީ އިދާރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް، އޮންނަ އުސޫލުގެ ތެރެއިން ފޮނުވަމުން ގެންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޕްރައިވަޓައިޒޭޝަން ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސިރާޖު ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ގެރެންޓީ ދިނުމުގައި ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި މިދިޔަ ސަރުކާރުން ގެރެންޓީ ދީފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"ސޮވެރިން ގެރެންޓީ ދޭ އުސޫލެއް އޮންނާނެ. އުސޫލުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ވެސް ގެރެންޓީދީފައި ވަނީ. އަދި އެމްއެމްއޭ އަށް ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވަނީ. ސޮވެރިން ގެރެންޓީ އިޝޫ ކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައުލޫމާތުތައް ހިއްސާކުރަން،" އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ، ސޮވެރިން ގެރެންޓީ ދިނުމަށް ފަހު އެ މައުލޫމާތުތައް ވަކި ވަކިން އެމްއެމްއޭއާ ހާމަކުރަމުންދިޔަ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިހެން ވިދާޅުވެފައިވާ އިރު ވެރިކަމަށް އައުމުގެ ކުރިން ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދިޔައީ ސަރުކާރުން ސޮވެރިން ގެރެންޓީ ގަވައިދާ ހިލާފަށް ދޫކުރަމުންދާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، ސޮވެރިން ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން އެމްއެމްއޭ އަށް ހިއްސާ ނުކުރާ ކަމަށެވެ.

ސޮވެރިން ގެރެންޓީ 24 ފަރާތަކަށް ސަރުކާރުން ދީފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ އެއް ފަރާތެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން 1.36 ބިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ. އަދި މިހާތަނަށް ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތެރެއިން 660 މިލިއަން ޑޮލަރު އެ ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޑެޓްގެ 127.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފަ އެވެ. އެ ލޯނު ނަގާފައި ވަނީ ސިޔާމްގެ އިރުފުށި އައިލެންޑް ރިސޯޓް ތަރައްގީ ކުރުމަށެވެ.

އެހެން ކަމުން ސަރުކާރުން ގެރެންޓީ ދީފައިވަނީ ސަރުކާރު ހިއްސާވާ 23 ކުންފުންޏާއި ސަން ސިޔާމުގެ ކުންފުންޏަކަށެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންފުތު

03 December 2018

ތަޖްރިބާ ހުރި އެއްޗެއް މީހަކުނެއް، މިޤައުމު ޒަމާނީ އިޤްތިސާދަކާއި ދިމާލަށް ދާއިރު މިފަދަ ބަޔަކު ދައުލަތުގެ މާލިއްޔަތު ބަލަހައްޓައިގެން ކިހިނެއް ގައުމުގެ އިޤްތިސާދު ހިންގޭނީ؟ މިކުދިން ކުރާހާވެސް ކަމަމީ ކޭޝިއަރެއްގެ ވަޒީފާ، ފިނޭސް މިނިސްޓަރު މިޖެހެނީ އެޑްމިނިސްޓްރޭޝަނެއްގެ ވަޒީފާ އަދާކުރަން، މިއަދު ފިނޭންސް މިނިސްޓަރު ހުންނަންޖެހެނީ ބެންކުތަކާއި ވާހަކަ ދައްކައި، ދުނިޔޭޣެ ގައުމުތަކުގެ ބެންކުތަކާއި ވާހަކަ ދައްކަން ފުރަ ފުރައިގެންގޮސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454