06 ޑިސެމްބަރ 2018 - 12:22
މާލެ އަށް އިއްޔެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ތިން ލައްކަ ރުފިޔާގެ އެެހީއެއް ދީފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވާސަލް އިން ދިން އެހީއާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެ ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓާ ހިސާން ހަސަން އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އެކި ފަރާތްތަކުން ދޭ ފައިސާ މީޑިއާ އަށް ހާމަކުރަނީ ލިބުނީ ކިހާ ފައިސާއެއް ކަމާއި އެހީތެރިވީ ކޮންކޮން ބައެއް ކަން ރައްޔިތުންނަށް އެންގުމަށް ޓަކައި ކަމަށެވެ. އަދި އެގޮތުން ލިބޭ ފައިސާ ހަރަދުކުރާނެ ގޮތް ވެސް އެންޑީއެމްސީން ފަހުން ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެންޑީއެމްސީ އަށް އެހީތެރިވީީތީ ޔުނިވާސަލް އަށް ޝުކުރު އަދާކުރައްވައި މާރިޔާ ވިދާޅުވީ އިއްޔެ ހާލުގައި ޖެހުނު މީހުންނަށް ހަމްދަރުދީ ފާޅުކުރައްވައި ޔުނިވާސަލްގެ ޗެއާމަން ނޯޓެއް ވެސް ފޮނުއްވި ކަމަށެވެ.
މާރިޔާ ވިދާޅުވީ ކުއްލިއަކަށް ދިމާވާ މިފަދަ ކަންކަމުގައި ކުރު މުއްދަތާއި ދިގު މުއްދަތުގައި ވެސް ކުރަން ޖެހެނީ ބޮޑު ހަރަދެއް ކަމަށާއި އިތުރު ފަރާތްތަކުން ވެސް އެހީތެރިކަން ދޭން ހުށަހަޅަމުން އަންނަ ކަމަށެވެ.
އެންޑީއެމްސީން ބުނީ ރޭ 90 ގެއެއްގެ މައުލޫމާތު އެއްކޮށް، އެ މައުލޫމާތު އެނަލައިޒް ކުރަމުން އަންނަ ކަމަށެވެ. ގޭބިސީތަކަށް ފައިސާގެ ގޮތުން ލިބުނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަން އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށް ވެސް ބުންޏެވެ.
އިއްޔެ ކުރި ވިއްސާރައިގައި މާލެއަށް 200 މިލިމީޓަރަށް ވުރެ ގިނަ މިންވަރަކަށް ވާރޭ ވެހުނެވެ. އެގޮތުން ވެހުނު ވާރޭގެ ސަބަބުން ފެންބޮޑުވެ، ގިނަ ގެތަކަކަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުންތައް ލިބުނެވެ. ފެން ހިއްކުމުގެ މަސައްކަތުގައި ދިފާއީ ބާރުތަކާއި ދަރުމައަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވި އެވެ. އެ މަސައްކަތް ނިންމާލާފައި ވަނީ ރޭ ދަންވަރު 2:45 ހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާލު
06 December 2018
ހ.ހާޖަރާގެ ބެލްކަނިވެއްޓިހެން ގެއްލުން ލިބުނު 6 ސައިކަލިގެ އަގު ހަތަރު ފަސްލައްކައަށް އަރާނެ އެމީހުނަށްވެސް އެހީތެރިކަމެއް ވެދެއްވުމަކީ އެދެވިގެންވާކަމެއް.
ނޭނގޭ މީހާ
06 December 2018
ދިރާގުން 2 ލައްކަ. ޔުނިވާސަލްއިން 3 ލައްކަ. ޓޫ ޕްލަސް ތްރީ ވީމާ ވާނީ 23 ބާ
އެކްޓިވިސްޓް
06 December 2018
ތިލާރިކޮޅު ދެން މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރަން ހަރަދު ނުކުރާތި ފޮޓޯއިންފެންނަން ހުރި އެކަކީ އެކްޓިވިސްޓެއް އޭނާ މިހާރުވެސް އުޅޭނީ ޔުނިވާސަލްގެ މުވައްޒަފަކަށް ހުރެ ޕާޓީއަށް ކެމްޕޭން ކޮށްދެން ރައްޔިތުން ލޮލުން ބޮލުން މިމީސް މީހުންނާއި ދޭތެރޭ ބަލަން ޖެހޭ އެބަ
ހައިސް
06 December 2018
ސުވާލަކީ ހާލުޖެހޮގެން ފެން ބޮޑުވެގެން ދައުލަތުން ކުރީ ކޮންކަމެއްތޯ.ޕަންޕް އެލިޔާއިން ފައިސާ ޔުނިވަރސަލްއިން. ދައުލަތުގެ ފައިސާ އެގޮތްމިގޮތަށްގެއްލެން ބަހައްޓާފަ
ބިލިޔަނަރުން
06 December 2018
ބިލިޔަނަރުން އަނދުން އަޅުވާ ގޮތް ފެނޭތަ
ގަލަންވެރިޔާ
06 December 2018
3 ލައްކަ ރުފިޔާ؟؟ ވަރަށް ބައިވަރު - ޝުކުރިއްޔާ މަނިކުފާނު! 1965ވަނަ އަހަރު ދިވެހި ރާއްޖެ އިގްތިސޯދް މެކުހަށް ޖަހަން ލިބުނު ފުރުސަތު ހަފާލައިގެން ތިބެ މަނިކުފާނު ތިޔަ ދިއްކޮއްލީ އެއްމް ލޯލަރިއެކޭ ބުންޏަސް ދޮގަކަށް ނުވާނެ!
ހުސެޭނުބެ
06 December 2018
ވަރަށް ރަގަޅު. ޔުނިވަރސަލްއިން މިފަދަ އެހީމީގެ ކުރިން ދެއްވާ އަޑެއްނީވޭ. އެންމެންވެސް ބުނަނީ އެއީ އެހީވާތަނެއްނޫނޭ
ފޮސްކަލޯ
06 December 2018
ވަރަށް ރަގަޅު "ފަރސްޓް ކަމް ފަރސްޓް ސަރވިސް" ބޭސިސްގެ ރޫލް ފޮލޯކުރުން މުހިމްމު. ފުރަތަމަ މީހުންގެ ދަރަނިތައްދައްކަންޖެހިފައިވާނަމަ އެދަރަނިތައް އަދާކުރުމަށް ފޮސްކަލޯ ނަސޭޙަތްތެރިވަމެވެ. އަދި ދަންނާށެވެ. މީހުންގެ މުދަލާއި ފައިސާއަކީ ބޯޑުވެގެންވާ ޚިޔާނެތެކެވެ. ނަމަނަމަ ޚިޔާނާތްތެރިނުވާށެވެ ފޮސްކަލޯގެ ދުއާއަކީ ފޮސްކަލޯ މިވަބާއިން ސަލާމަތްވެ އާޚިރަތުގައި ޚިޔާނާތުގެ ޗެޕްޓާ ކްލޯޒްކުރުމެވެ. އާމީން.
ރަދީފް
06 December 2018
ފޮސްކަލޯ ކެހެނަކަށް.
ރަދީފް
06 December 2018
ފޮސްކަލޯ ތަ ދިނީ ކިތައް ރުފިޔާ.