މިއަދު އައްޔަން ކުރެއްވި ބައެއް ސްޓޭޓް މިނިސްޓަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
06 ޑިސެމްބަރ 2018 - 16:13
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނުވަ މިނިސްޓްރީއަކަށް ނުވަ ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ. މިހާތަނަށް އެކި މިނިސްޓްރީތަކަށް 29 ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފައި ވެ އެވެ. އަދި ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރުކަމުގެ ފެންވަރުގައި ފަސް ބޭފުޅަކު ވެސް އެކި މަގާމުތަކުގައި ތިއްބަވަ އެވެ.
- ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ހަސަން ޝުޖާއު (ޗާނދަނީ ޝުޖާއު)
- ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިސްމާއިލް އަލި މަނިކު
- ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު އަލީ
- ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލީ ސޯލިހް
- އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ރިޔާޒް
- ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު އަހުމަދު
- ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އަހުމަދު ނަޝީދު
- ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އަޝްހަދު އަލީ (އަޑުބަރޭ)
- ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށް ފަޒްނާ ޝާކިރު
މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނބޯރައްޔިތުން
08 December 2018
މުސާރަ ކުޑަޔޯ ކުރާނީ ބުނި. ކުރިން ޑެޕިއުޓީއަކަށް 30000 ލިބެނީ ފޯނުއެލަވަންސައެކު. މިހާރު ފޯނު އެލަވަންސް ނުލާ 35000. ތިވަރަށް މުސާރަ ކުޑަވާނީ. ވަރަށް ސަލާން.
ޖީލް
07 December 2018
އައްޗީ މަޝެއް ނުދާނަން ތިވަރުގެ މުސާރައަކަށް. ޕީނަޓްސް!
ބޮކޮބާޑު
07 December 2018
އަޑުބަރޭ، އަކީ އަލީ ވަހީދުގެ ހިޔަންޏެެއް. އެއްވެސް ކަމަކަށް ކުފޫ ހަމައެއް ނުވާނެ. އަހަރުމެން ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާ ފޮތި ދޭން މިޖެހުނީ މިކަހަލަ މީހުނަށް. 47،000 ރުފިޔާ އާއި އެހެނިހެން އިނާޔަތް މިމީސް މީހުނަށް ދޭން ހެޔޮނުވާނެ. ކުޑަކުދިންނާއި ބެހިގެން ހުކުމް ކޮށްފަ ތިބޭ މީހުން ޖަލުންނެރެ ދޫކޮށް، ކަންކަމަށް ކުފޫ ހަމަނުވާ މީހުން ތަންތަނަށް މިލަނީ. އިމްރާން، ކެރިގެން ގޯހަށް ނޫނެކޭ ބުނޭ. ހަމަގަަބޫލް ކުރޭ. ސުބުހާނަﷲ.
އައިމޮން
07 December 2018
އާރެއްބާރެއް ނެތް، ސިޔާސީ 4 ޕާޓީ ބޮލަށްވެއްޓިގެން އުޅޭ، ރައީސެއްތަ މީ؟ ޖޭޕީން ހޯނެއް ނޫނީ ބޮނޑެއް ދެއްކިޔަސް ރައީސް އިބޫ މިޖެހެނީ ހަމަ ސްޓޭޓް މިނިސްޓަރުކަމާ ޑެޕިޔުޓީ މިނިސްޓަރަކަށްވެސް ހޮވަން؟ ކިހާ ވަރަކުން ދާނެބާ މިވަރުން؟ ވޯޓުލައި ހޮވައިދިން ރައްޔިތުންގެ މޫނުމަތީ ވަރުގަދަ އެތިފަހަރުތަކެއް ތިޔަ އަޅާލަނީ! ދައުލަތުގެ މުދަލަށް ގެއްލުންދިނީމަ ސްޓޭޓް މިނިސްޓަރުކަން ލިބޭދޯ؟
ދޮހޮއްކޮބެ
07 December 2018
ނަންވީ ގޮތުގަ ޔާމީނު ސަރުކާރު މަތިބަރީ.. މި މީހުން ކޭކު ފަޅާ ނިމޭއިރު އޭގެ ހަގުނައަށް ނާރައިފީޔާ ރަނގަޅު..
ޢެސަރުކާރު
07 December 2018
ޔާމީނު ސަރުކާރުގައި އޮތީ މީހުންކަޑާލުމާއި ހައްޔަރުކުރުން. މިސަރުކާރުގައި އޮތީވީހާވެސްބޮޑަށް ފުރުސަތުދިނުން. ޢެކަމަކުވެސް ގަބޫލްކުރަން، ވަޒީފާދޭން ޖެހޭނީ ހުނަރުވެރި އެކަށީގެންވާ މީހުންނަށްކަން.
މޮޅުވާހަކަދެއްކިދާނެ.
08 December 2018
ޔާމިނުތޯ ކެނޑީ މިމީހުންތޯ ބަލާބަލަ. ސިޔަސީ އެންމެންވެސް ބޭތިއްބި ޔާމީނު. މިނުން ސަރުކަރަކުން އަދިނެތް ޕީއެޗްޑީ އާ މަރސްޓަރސް ފެންވަރުގެ މީހުންތައް ކަނޑާ އުކާލާފައެއް.
އައިމޮން
07 December 2018
ރައީސް އިބޫއަކީ އެއްވެސް އާރެއް ބާރެއްނެތް، އެއްވެސް ކަމެއްގަ އަމިއްލަ ޑިސިޝަން މޭކް ނުކުރެވޭނެ ރައީސެއްކަން ވަރަށްބޮޑަށް ސާފުވެއްޖެ. މަގުމަތީގަހުރި ރުއްތައް ބުޑުން ލުހެލައި، ސަރުކާރުގެ ތަކެއްޗަށް ބޮޑެތި ގެއްލުން ދިން މީހެއް ސްޓޭޓް މިނިސްޓަރަށް އައްޔަންކޮށް، އޭނާއަށް މަގާމުގެ ފަތްކޮޅު ހަވާލުކުރިއިރު އޭނާދީފަ ހުރި ގެއްލުން ހަމަ ނުފެންނަނީތޯ؟ ނޫނީ ދެލޯފުޅު ކަނީތޯ؟ ދެން ހުރޭ އަރިއަރިއަށް ސެލްފީ ނަގާލަ ނަގާލަ! އަސްލު ރައީސްއަކީ ސޭޓުކަން ކަށަވަރުވީ!
ބޯވަރާއްޖެ
07 December 2018
މިކަހަލަ މަގާމުތަކަށް މީހުން ކުރާ ގަދަރު އަޑުބާރޭ އަދި އަލީ ސޯލިހުމެން ކަހަލަ މީހުން ލީމަ ވަރަށް ބޮޑަށް ގެއްލޭނެ. ހިތާމަ ވެރި ދުވަހެއް
ނިލޯ
07 December 2018
މި ހަބަރު ކިޔާފަ ވވވވ ދެރަވެއްޖެ...ހިތަށް މި އަރަނީ ހައްގު ގޮތުގަ އެތަށް މީހަކަށް ހިދުމަތް ކޮށްދިނުމުގަ އަހަރެން މިކުރާ ބުރަމަސައްކަތުން ލިބޭ މުސާރަ މި މީހުންގެ އެލެވެންސް އަކާ ނުބައްދަލޭ
ާފާނު
07 December 2018
މީ ކޯލިޝަންގެބުރު. ރައްޔިތުން (މަޖްލިސް) ނުރުހިއްޖެޔާ ދެން ހޮވާނީ ރައީސް އަށްކަމުދާ ކެބިނެޓެކޯ.
ބޮކްސީ
06 December 2018
ދެރަވެއްޖެ، މިއީ ނުބައިމެސެޖެއް.