އޭސީސީގެ ރައީސް ހަސަން ލުތުފީ ވާހަކަދައްކަވަނީ. --މިހާރު ފޮޓޯ: ހުސެއިން ވަހީދު
09 ޑިސެމްބަރ 2018 - 22:34
ކޮރަޕްޝަންގެ ކުށް ސާބިތު ކުރަން ގާނޫނުތަކުގައި ބޮޑެތި "ބާގަނޑުތަކެއް" ހެދިފައި ހުރި ކަމަށާއި އެކަން ހައްލު ކުރަން ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް އައިއިރު، ހައްލެއް ލިބިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ލުތުފީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭސީސީގެ ގާނޫނާއި ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ތަކުރާރުކޮށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވީ ނަމަވެސް މިހާތަނަށް އައިއިރު، ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
"ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމުގައި އަމަލު ކުރަން ޖެހޭ ގާނޫނުތަކުގައި ނުހަނު ބޮޑެތި ބާގަނޑުތައް ހުރުމާ އެކު އެކަންކަން އިސްލާހު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރަމެވެ،" ލުތުފީ ނެރުއްވި ބަޔާނުގައިވެ އެވެ.
ލުތުފީ ވިދާޅުވީ ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ތަކުރާރުކޮށް އެދުނު ނަމަވެސް، އެކަން ވެސް ހާސިލްވެފައި ނުވާ ކަމަށެވެ. އަދި 40 އަށް ވުރެ ގިނަ ގައުމުން އެއީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު ރާއްޖެ އެކަމުގައި ފަހަތު ފަޔަށް ބުރަ ވާންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވި ގޮތުގައި އޭސީސީ އަށް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތާ އެއްގޮތަށް، އެ ކޮމިޝަނަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން ކުރެވުނު އެންމެ ރަނގަޅަކަށް ދަނީ ކުރަމުންނެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމުގެ ގިނަ ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 539 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން 203 މައްސަލައަކީ އަމިއްލަ އިސް ނެގުމަށް ބަލަން ފެށި މައްސަލަތަކެއް ކަމަށެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަ މައްސަލަ، ދައުވާ ކުރަން ޕީޖީއަށް ފޮނުވި ކަމަށް އޭސީސީން ބުންޏެވެ. އަދި 10 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
ކޮރަޕްޝަނަކީ ގައުމެއްގެ އާންމު ހަމަޖެހުމަށާއި، އިގުތިސާދީ ކުރިއެރުމާއި، ފަރުދުންގެ ފުދުންތެރިކަން އިތުރުވެ އުފާވެރި ދިރިއުޅުމަކަށް ވާސިލުވުުމަށް އޮންނަ މަގަށް އެޅިގެންދާ ހުރަހެއް ކަމަށް ލުތުފީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
19 December 2018
ކޮން ބާގަނޑެއް ގާނޫގަ ހުރެގެން ތިއުޅެނީ . ފުލެޓް ގަންނަން އުޅުނު އިރު ބާގަނޑެއްނެއް ސަރުކާރު ފުލެޓް ދިނީމަ ވެސް ބާގަނޑެއް ނެއް. ލުތުފީމެން ލޯމަތީގަ ކަންކަން ހިނގާދިޔްއިރު އެއްވެސް ކަމެއްގައި ބާގަނޑެއްނެއް، މިހާރު ބާގަނޑުހުރީ. އަރަތެއްނު. މިކަހަލަ ތާކުން ތާކު ނުޖެހޭ ބޯގަޅިވާހަކަ ލުތުފީމެން ތިދައްކަވަނީ .
މަޝްހޫދު
10 December 2018
ދެން ޕެޗް އަޅާ ބައްދަންވީނު؟ ވާހަކަ ގިނަކުރަން ހަދާނެކަމެއް ނެތް.
މަރުމޯލު
10 December 2018
ޕަދުމާވަތު ބެލީމަ އޮންނާނީ ކަރްޕްޝަން ހުއްޓުވިފަ! ގައުމު ދޮވެލިއިރު ބަހެއްނުބުނެ ހުރިމީހެއް މިހާޜު ކޮން އަނގަޔެއްތަޅާކަށް؟؟؟
ދޮންކަލޭފާނު
10 December 2018
ދައުރު ހަމަވާން ކައިރިވީމާތޯ ބާގަނޑުތަކެއް ހުރިކަން އެނގުނީ. ފުލެޓް ލިބުނު އިރު ތިޔަ ވިދާޅުވާ ބާގަނޑުތައް ނެތީތޯ. ސުންގަޑި ހަމަވިފަހުން ފޯމް އެތެރެކުރި އިރު ހަމަ ތިޔަ ވިދާޅުވާ ބާގަނޑުތައް ނެތީތޯ؟ ހަދިޔާ ބަދިޔާ ލިބޭއިރު ހަމަ ތިޔަ ވިދާޅުވާ ބާގަނޑުތައް ނެތީތޯ؟
ރަބަރު
10 December 2018
ބާގަނޑުހުރީ ގާނޫނެއްގައެއްނޫން. ކޮރަޕްޓް މީހުން ގެ ބޮލުގައި ޒަމީރުގައި
ސަކީނާ
10 December 2018
ލުތުފީ ކަލޭ ތިހެންނުކުމެ ފާދުފާދުވާހަކަ ދައްކާނެކަމެއް ނެތް. ގާނޫނު ލިޔެވިފައި ނެތަސް އިންސާފް ގެއްނަން އުދާގުލެއް ނޫން. ކުއްވެރިންވެސް ހައްޔަރު ކޮށް އަދަބު ދެވޭނެ، އެކަމަކު ކަލޭމެން މިގައުމު ހަލާކުކުރީ.
ނިޒާމީ ނުކުތާ
10 December 2018
"ޤާނޫނީ ބާގަނޑު" ގެ ނަމުގަ ތި ކުޅެނީ ހައްތަހާވެސް ޑްރާމާ..... އެމްއެމްޕީއާރުސީ ގެ މައްސަލަ ހާމަކުރަން އޮތީ ކޮން ހުރަހެއް؟ އެ މައްސަލަ ޕީޖީއަށް ފޮނުވަންވެސް ޤާނޫނީ ހުރަހެއް ނެތް. 80މ ޑޮލަރުގެ މައްސަލަ ކުރިޔަށް ގެންދަން އޮތީ ކޮން ހުރަހެއް؟ ޕަދުމާވަތު 2 ނުކުޅެ އިސްތިއުފާ ދެއްވާ!
ހުދަންބަރު
10 December 2018
އަޖައިބު !! ތި ބާގަނޑުތައް ބައްދަން ދޮ 87 މެންބަރުންނަށް އަހަރެމެން ޚަރަދު މިކުރަނީ.. މިއަދު ދޯ ތިހެން ބުނަންވީ .. ތީ އިހްމާލު ،، ނުވެވޭނެ ތިޔަކަމުން ސަލާމަތެއް..
މުހައްމާ
10 December 2018
އެއްވެސް ގާނޫނެއްގައި އެއްވެސް ބާގަނޑެއް ނެތް. ބާގަނޑުތައް ހެދިގެން މިއުޅެނީ އިންސާނުންގެ ހިތްތަކުގައި. ހެދިގެން އުޅޭ ބާގަނޑަކީ މުދަލާހެދި ބޫތުކެއުން. އަނެއް ކަމަކީ ކޮރަޕްޝަނާ ނުލައި އުޅޭ މުވައްޒަފަކު ވިހިތިރީސް އަހަރު ޚިދުމަތްކޮށްފައި ގެޔަށްދާއިރު ލިބެން އޮތީ ހަމައެކަނި ޕެންޝަނަށް ލިބޭ ލާރި ފޮއްޗެއް އެކަނިކަން. އިންވެސްޓް ކުރާނެ ތަނެއް ނެތް. ހިއްސާ މާކެޓް އޮތީ ވާގިނެތިފައި. ރިޒޯޓް ހިއްސާއެއް ގަންނާކަށް ނުލިބޭ. މީ ވެގެން މިއުޅޭ ގޮތަކީ.
ކޮރޮޕްޓް
10 December 2018
މީނާ މީ ހާދަ މިކަމަށް މޮޅު މީހެކޭދޯ؟ އެހެންވެތާ މަޖިލީހުން ވެސް މީނާ ބޭރުނުކޮށް މި ހުންނަނީ. މިއީ އެންމެ ފުރަތަމަ ބޭރުކުރަން ބޭނުންވި މީހެއް. އަހަރެން މި ބަދަލާމެދު ދުވަހެއް ދުވަހެއް ދަނީ މާޔޫސްވަމުން. ހަށިހެޔޮ ދުޅަހެޔޮ ސާފުތާހިރު ކިޔަކިޔާފަ ތިޔަހިންގާ ކަންކަމަށްވުރެ މާބޮޑަށް ބޭނުން ވުޒާރާތަށް ސާފުކުރަން. ނިކަން މިކަހަލަ މީހުން ސާފުކުރުމުގެ ކެމްޕޭން ފަށާބަލަ.