ސަހަރާގައި ކޮނެފައިވާ ސަރަހައްދަށް ފަސް އަޅަނީ-- ފޮޓޯ: ސަމާއު ޝަރީފް/ސިޓީ ކައުންސިލް
10 ޑިސެމްބަރ 2018 - 17:22
މެކޭނިކަލް ޕާކިން ސިސްޓަމެއް ބެހެއްޓުމަށް މާފަންނު ސަހަރާގައި ކޮނެފައިވާ ވަޅުގަނޑުގައި ފެން ހެދި މަދިރި އުފެދޭ ކަމުގެ ޝަކުވާ ބޮޑުވުމުން އެ ތަނަށް މިއަދު ފަސް އަޅައިފި އެވެ.
މާފަންނު ސަހަރާގެ ދެކުނު ކަނުގައި މީގެ ހަތް މަސް ކުރިން، މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީން ބޮޑު ސަރަހައްދެއް ކޮނެފައި ވަނީ ޕާކިން ސިސްޓަމް ބެހެއްޓުމަށް ފައުންޑޭޝަން އެޅުމަށެވެ. މަސައްކަތް ނުފަށައި އޮތުމުން، އެތަނުގައި ފެން ހެދި މަދިރި އާލާވާން ވަނީ ފަށައިފަ އެވެ. އެހެންވެ، ގިނަ ބަޔަކު އައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
Maafannu Sahara konefa Miyoh madhiri pool in Maafanu rayyithun salaamaiy kohdhehvaa. Miee gaburusathaanu konefa oi thaneh Aamu Rayithun ge sihatha mikamun asaru kurey @etna295 @AslamAslamtey @DrHussainHassan pic.twitter.com/70q83PPlqo
— faisal (@Mohamedfaisalv) December 8, 2018
ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް--
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް މިއަދި ވިދާޅުވީ، އެ ސަރަހައްދަށް ވެލި އަޅައި ފޮރުވައިލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކަމަށް ސަމާއު ވިދާޅުވި އެވެ.
"މިދިޔަ ސަރުކާރުގައި ވެސް އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އެކަން ހައްލު ކުރަން. އެކަމަކު އޭރު އެކަން ނުވި. މިހާރު ޕްލޭނިން މިނިސްޓްރީއާ ގުޅިގެން މިދަނީ އެ ތަނަށް ފަސް އަޅަމުން،" ސަމާއު ވިދާޅުވި އެވެ.
ސަހަރާގައި ކޮނެފައިވާ ސަރަހައްދަށް ފަސް އަޅަނީ-- ފޮޓޯ: ސަމާއު ޝަރީފް/ސިޓީ ކައުންސިލް
އެތަނުގައި ހަދަން ނިންމާފައިވާ ޕާކިން ސިސްޓަމްގެ މަސައްކަތަށް ދެން ވާނެ ގޮތެއް ނޭނގެ އެވެ. ސަމާއު ވިދާޅުވީ އެކަމާ މެދު އަދި ގޮތެއް ނުނިމޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ؟
10 December 2018
ވަޅުގަނޑަކަށް ފަސްކޮޅެއް ވައްޓާލާފަ، މަގުމަތީ އިިލޮށިފަތިި ހާކާލާފަ ޚަބަރު ހަދާލާފަ 5 އަހަރު ތިގޮތުގަ ދުފާލަ ދުފާލާ ތިިބެލާ. އުރަތްޕެއް ނެތީމަ ދެން މަ ނަމަވެސް ވާނީ ހަމަ އެހެން.
ދޯރި
10 December 2018
އެންމެ ރަގަޅު ގޮތަކީ ތިޔަ ތަނުގައި ޕާކު ކުރެވޭނޭގޮތް ހެދުން. ދީނީ ގޮތުން މާ ބޮޑު މައްސަލައެއް ނެތްނަމަ މުޅި ސަހަރާވެސް ނަގަން ފެނެއެވެ. އާންމު މަންފާއަކަށް އެ ބިން ބޭނުން ކުރެވޭނެ އެެއްވެސް ގޮތެއް އޮތްތޯ ބެލުން ވަރަށް މުހިއްމެެވެ.
ހައްސާސް
10 December 2018
ތިހިރީ ކަންތަންކުރަންއެނގިފާ ދެންތިބޭ ޕާކިންސިސްޓަމްބަހައްޓައިގެން
ތާހާ
10 December 2018
ގަބުރު ނަގަައި ހިތު ހުރިގޮތަކަށް ހެދުމަކީ ބޮޑުވެގެންވާ ހަރާމް ކަމެއްް. ފަތުވާ މަޖުލީހާއި އިސްލާމިކް މިނިސްޓްރީން އެކަން ނުކުރުމަށް ވަޒީރުންގެ މަޖުލީހަށް ނަސޭހަތްތެރިވި. ޔާމީނުގެ ވެރިކަން ނިމުނީ މިފަދަ ނަސޭހަތަށް ބީރު ކަންފަތެއްް ދިނުމުން.
މުރާސިލް
10 December 2018
ތިހިރީ މިސަރުކާރަށް ޤައުމު ތަރައްޤީ ކުރެވިފައެވެ. ތިޔަ މާލޭ ސިޓީ ކައުންސިލަކީ އުވާލަން ޖެހޭ ތަނެކެވެ.
ފޫވެއްޓިފައޮތް ގައުމު
10 December 2018
މިއީ މުސްލިމް އެއްވެސް ގައުމެއްގަ ކަންކުރާ ގޮތެއް ނޫނެވެ ކާރު ޕާރކިން ވަޅުގަނޑު ހަދަން ގަބުރުތައް ނަގާ އުކާލުމަކީ ބޮޑު ޙަރާމް ކަމެކެވެ ރޢްޖޭގަ ދީނީ މީހުން ބަހަކުން ބަހެއް ނުކިޔާ މިތިބި ތިބުމުންވެސް ހައިރާންވާހާ ވެއެވެ މަދިރި އުފެދޭ ތަންތަން ކާނުތައް ސާފުކޮށް ސަބަބު ނައްތާލުމުގެ ބަދަލްގަ ފެންނަނީ ދިރުންތަކަށް ނުރައްކައުވާހެން ދުންބޭސް ޖަހާތަނެވެ މީކީވެސް އެއްވެސް ގައުމެއްގަ ކަންކުރާ ގޮތެއް ނޫނެވެ
ފާނު
10 December 2018
ދީނީމީހުން ބަސްކީމަ އަޑުއަހާ ބަޔަކު އުޅޭތަ
ރަމީ އަލީޒު
10 December 2018
ޔާމީންކޮށްފިއްޔާ ސަލަފިސްޓުންނަށް ކޮންމެ ކަމެއްވެސް ރަގަޅުވާނެ.
އަޖީތު
10 December 2018
މަލްޓިސްޓޯރީ ޕާކިން ބިލްޑިންގް އެއް މިތާ ހައްދަވާ.
ސައްހަ
10 December 2018
ރައިއްޔަތުންނަށް ދީފާ މިހިރަ ކަހަލައިގެ ބޮޑެތި ގެއްލުގެ ބަދަލް މުއީޒު އަތުން ނަގައިދޭން ޖެހޭނެ މިކަހަލަ ކިތަން ތަން އެބަހުރިތަ މަލެ ގައި ޕާކިން ހެދުމުގެ ނަމުގައި ހަޑިހާވާފައި މި މުއީޒް ޒިންމާ ކުރޭ މުއީޒު ؟
ފުކޭ
10 December 2018
ގައިމު ފެންގަނޑު ހިންދާލިނަމަ .. ތިތާ ރަނގަޅީ ހަމަ ޕާކިންގ ސިސްޓަމެއް
ޝައްނަ
10 December 2018
100 ދުވަހުގެ އަނެއް ވައުދު ފުދުނީ.. ހާދަ ބޮޑެތި ވަޢުދޭ މިސަރުކާރުން މިފުއްދާލަނީ..