މިނިސްޓަރު އާތިފާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެ މިނިސްޓްރީން ކުރިން ކުރަމުން އައި ގިނަ މަސައްކަތްތައް ދެން ކުރާނީ ޕްލޭނިން މިނިސްޓްރީން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
08 ޖެނުއަރީ 2019 - 20:46
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މަސައްކަތް ދެ މިނިސްޓްރީއަކަށް ބަހާލުމުން އެތަނުގެ ޒިންމާތައް ކުރިއަށް ވުރެ ކުޑަވެއްޖެ އެވެ.
މިހާތަނަށް ހައުސިން މިނިސްޓްރީ އަކީ މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތަށް، ބޯހިޔާވަހިކަމުގެ މައްސަލަތަކާއި އިމާރާތް ކުރުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން ފަދަ ޒިންމާ ބޮޑު ތަނެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ސިޓީ ކައުންސިލްތަކާ މެދު އުފެދުނު މައްސަލަތަކުގައި، އެ ކައުންސިލްތަކުން ކުރަމުން އައި ބައެއް މަސައްކަތްތައް ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ.
ވޭތުވެދިޔަ ސަރުކާރުގައި އެއް މިނިސްޓްރީއަކުން އެންމެ ގިނަ މަޝްރޫއުތައް ހިންގީ ވެސް ހައުސިން މިނިސްޓްރީންނެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
އާ ސަރުކާރުން ވަނީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ނަމުގައި މިނިސްޓްރީއަކާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައި ވެސް މިނިސްޓްރީއެއް އުފައްދައިފަ އެވެ. ރައީސް އޮފީހުން މިހާރު ވަނީ ދެ ތަނުގެ ވެސް ޒިންމާތައް ވެސް ކަނޑައަޅައިފަ އެވެ. މި ބަދަލުގައި، ހައުސިން މިނިސްޓްރީން ކުރިން ކުރަމުން އައި ގިނަ މަސައްކަތްތައް އޮތީ ޕްލޭނިން މިނިސްޓްރީ އަށެވެ. ހައުސިން މިނިސްޓްރީ އަށް ހަމައެކަނި އޮތީ ބޯހިޔާވަހިކަމެވެ.
ހައުސިން މިނިސްޓަރަކީ އާމިނަތު އާތިފާ އެވެ. ޕްލޭނިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަމުގެ ލިއުން އަސްލަމްއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
މެންޑޭޓަށް ގެނައި ބަދަލާ އެކު ހައުސިންއާ ހަވާލުކުރި މަސައްކަތްތައް އެ މިނިސްޓްރީ އާއި ރައީސް އޮފީހުން ވެސް އަދި އާއްމެއް ނުކުރެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ހައުސިން މިނިސްޓްރީން ކުރަން ޖެހޭ މައިގަނޑު ކަމެއްގެ ގޮތުގައި އޮތީ، ރާއްޖޭގެ ބޯހިޔާވަހިކަމާ ބެހޭ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ތަންފީޒު ކުރުމެވެ. އެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ދޭ ހިޔާވަހިކަމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ދިރިއުޅެން އެކަށީގެންވާ ހިޔާވައްސެއް ކޮންމެ ރައްޔިތަކަށް ހޯދައި ދިނުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، ކަމާ ގުޅޭ އިދާރާތަކާ އެކު އެކުލަވާލައި ހިންގުން ހިމެނެ އެވެ.
މީގެ އިތުރުން މައިގަނޑު މަސައްކަތަކަށް ހަވާލުކޮށްފައި އޮތީ އެއްމެދު އިމާރާތްތަކާ ބެހޭ ގަވާއިދު ހަދައި ބެލެހެއްޓުމެވެ.
ބަނދަރުތައް ހެދުމާއި ފަޅު ހިއްކުމާއި އިމާރާތްތައް ހަދަން ހުއްދަ ދިނުމާއި މަގުތައް ހެދުން ފަދަ ޒިންމާތައް ދަނީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށެވެ.
ދެ މިނިސްޓްރީގެ މަސައްކަތްތައް ބަހާލި ނަމަވެސް މުވައްޒަފުން އަދި ބަހައި ނުނިމެ އެވެ. އަދި ދެ މިނިސްޓްރީގެ މަސައްކަތްތައް ވެސް އަދި ހިންގަނީ އެއް އިމާރާތެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޫުުމަރީ
09 January 2019
ކުރީ ސަރުކާރުން ފުލެޓު ލިބުނު މީހުންގެ ފްލެޓްތައް ދިންލެއް ގޯސްވެ މި ސަރުކާރު ނިމޭ ތަނުން އެ ފްލެޓުތައް އެމް ޑީޕީ މީހުނައް ދޭނީ މިގޮތައް ދެކޮޅައް ދަމަ ދަމާ ތިބޭނީ ހުރިހާ ގެއްލުމެއް ރައްޔަތު މީހާ އުފުލާނީ ބޯހަލާކު ހައުސިން މިނިސްޓަރު ލުލް
އަބްދުއްލާ
09 January 2019
ޕްލޭނިން ގެ މާނަޔަކީ ޕްލޭންކުރުން ނޫންބާ ؟ ހުރިހާ އަމަލީ މަސައްކަތް ހިގަންޖެހޭނީ ހައުސިން މިނިސްޓްރީން ޕްލޭނިންގަ ކުރަންޖެހޭނީ ހައުސިންޔުނިޓް ތަކާފްލެޓް ތައް ހުންނަންވާގޮތާ އެތަންތަނުގެ ކުރެހުންތައް ތައްޔާރުކުރުމާ އެކަންކަމަށް ހިގާނެ ހަރަދުތައް ޕްލޭންކުރުން ނޫންބާ ؟ ފަިސާހޯދާ ބިޑަކޮށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުންވެސް ހިގަންޖެހޭނީ ޕްލެނިންގ އިން އިމާރާކުރުމަށް ކޮންޓްރެކްޓަރުން ހޯދާ ހަވާލުކޮށް ބޯހިޔާވަހިކަން ހަވާލުކުރާނީ ހައުސިން އިން.
ާސޯބެ
09 January 2019
ހުރިހާ މިނިސްޓްރީތަކެއްގަ ހުރި މަސައްކަތްތައް އަސްލަމްގެ މެގަ މިނިސްޓްރީއާއި ހަވާލު ކުރުމަށް ކުޜާ ކަމެއްތީ. އެމްޑީޕީގެ ވެރިކަމުގަ ކުރީފަހަރުވެސް ތިކަހަލަ ގޮތަކަށް އަސްލަމަށް މެގަ މިނިސްޓްރީ ހަދާދީގެން ފެއިލްވެގެން ދިޔައީ. މިހާރު އަނެއްކާ އެމަންޒަރު ތަކުރާރުވާތަން މިފެންނަނީ.
ކަދުރަންޖީފާތުމަ
09 January 2019
ހައުސިންގ އޮތީ އިންބާފުން އެއްކިބާވެ ކުށަށް އަރައިގަތުމަކީ އާދައިގެ ކަމަކަށްވެ މުއިއްޒުވެފަ ދެންވެސް ރަނގަޅިއްޔާ ރަނގަޅު
ސަރީފް
09 January 2019
މި ދެން މިނިސްޓްރީއަކަށް މިހާރު ނުފުދެ. މިތަން ޑިޕާރޓްމަންޓަކަށް ހެދީމަ ނިމުނީ ނޫންތޯ. ދެން އޮތީ އެން ޑީޕީގެ ފިކުރުގެ މިނިސްޓަރެއް ހައުސިންގ އަށް ގެނައުން. އެހެން ދެން ހަދާނީ. ހަދާފަ މެންޑޭޓް އިތުރުވެސް ކުރާނެ. ދެން އޭގެ ފަހުން ޒައީމް މޫމްމަންޓް ރިފޯމްކުރީމަ ނިމުނީ ނޫންތޯ. މިހާރުދެން ލަނޑެއް ލިބިއްޖެކަމުގެ އިހުސާސް ކުރެވޭނެ
ޢަހުމަދުބެ
09 January 2019
އެންމެކަމެއް ހަވާލުކޮށްގެންވެސް ބޯހިޔާވަހިކަން ހައްލުކޮށްދޭތޯ ބަލަމާ ދެއްތޮ.
ހުދުހޯރަ
09 January 2019
އެންމެފަހުން ތޮއްޑޫއިން ގޯތި ދީފައިވަނީ ހައްްްގުނޫން ފަރާތްތަކަށް. ދީފައިވާ ބިންތައް ބޭނުންކުރަނީ ގެސްޓްހައުސް ވިޔަފާރި ކުރުމަށް . ކޮބާ އިންސާފު؟؟
ހަސަނުބެ
09 January 2019
ރަގަޅު ނިންމުމެއް ތިކަން ކުރަން ލަސްވެއްޖެ.
usmaan
09 January 2019
ބޮހިޔާވަހިކަމުގެ މަސްރޫޢުތައް ހިންގަންވާނެ ހުރިހާ ރަށެއްގައިވެސް
ސަނީ
09 January 2019
ޢެކަން ނުވާނެ، އަދި އަމުދުން ތިކަހަލަ މިނިސްޓަރަކައް