ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އަދާލަތު ޕާޓީގެ އިސް ބޭފުޅުން: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކުގައި ވާދަކުރަން ޕާޓީތަކުން ނިންމި ނަމަވެސް އެކަމަށް ގޮތެއް ނުނިމުނު. --ފޮޓޯ/މިހާރު
10 ޖެނުއަރީ 2019 - 10:52
އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން 13 ދާއިރާ އަށް ވާދަކުރަން ނިންމައި ކުރިމަތިލާން ހުޅުވާލައިފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތުން މިއަދު ބުނިގޮތުގައި އެ ޕާޓީގެ ޓިކެޓު ބޭނުންވާ މީހުން މި މަހުގެ 20 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކެއް މި ކަނޑައެޅީ، ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް މަޖިލީސް އިންތިޚާބުގައި އެކުގައި ވާދަކުރަން ޕާޓީތަކުން މަޝްވަރާކޮށް ހައްލެއް ނުލިބުމުންނެވެ. ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މަޖިލީހުގެ 87 ދާއިރާ އަށް ވާދަކުރަން ނިންމާފައިވާއިރު ޖޭޕީން ވަނީ އެ ޕާޓީގެ ޓިކެޓް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ.
- ކެލާ ދާއިރާ
- ވައިކަރަދޫ ދާއިރާ
- ހަނިމާދޫ ދާއިރާ
- މަކުނުދޫ ދާއިރާ
- އިނގުރައިދޫ ދާއިރާ
- ކާށިދޫ ދާއިރާ
- މަހިބަދޫ ދާއިރާ
- މުލަކު ދާއިރާ
- ނިލަންދޫ ދާއިރާ
- ގަމު ދާއިރާ
- ފުވައްމުލަކު ދެކުނު ދާއިރާ
- ފޭދޫ ދާއިރާ
- މާފަންނު ދެކުނު ދާއިރާ
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި އަދާލަތު ޕާޓީ ތަމްސީލް ކުރެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އެކަންޏެވެ.
މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ޕާޓީތަކަށް ދާއިރާތައް ބަހާނެ ގޮތާ މެދު ހަތަރު ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަޝްވަރާތަކެއް ބާއްވަވައިފަ އެވެ. ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުލިބި، މިހާތަނަށް ވެސް އެކަމުގައި ވަކި ގޮތެއް ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބަލީ
10 January 2019
އަދާލަތަށް ދެންވެސް ލިބޭނީ އަނާރާ ގޮނޑިއެކަނި. ދެންނެތް އަދާލަތަށް ވާދަކޮއްގެން ހޯދޭނެ ގޮނޑިއެން.
ޙަމަ
10 January 2019
ފުވައްމުލަކު ދެކުނު ދާއިރާގަ އަދާލަތު ޕާޓީގެ 15 މީހުންވެސް ނޫޅޭ. ލޮލް
ޔާނާ
10 January 2019
މެމްބަރުން ނެތަސް ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުން ތިބޭނެ.
ޝިފާގު
10 January 2019
ސާމިޔާޒަކަރިއްޔާ އަށް ކިހިނެތް ތިޔަހެދީ.
ދެކޭމީހާކިޔާމީހާ
10 January 2019
ހުރިހައި ދާއިރާއަކަށް ކުރިމަތިލާން ވީއެވެ. މޮޅުވި މީހާއަށް އެދާއިރާގެ އެންމެން ތާއީދުކޮށް އެއްބައިވަންތަކަމާއި އެކު ކުރިމަގަށް މަސައްކަތްކުރަން ވީއެވެ. ޚިޔާލުތަފާތުވުމަށް އިޙްތިރާމް ކުރަންވީއެވެ! ޑިމޮކްރަސީއެއްގައި އެންމެންގެއަޑު އަހަންޖެހެއެވެ. އެހެންޖެހެއެވެ! ކަންކަން ނިންމާނީ ފިކުރުގެ ތަފާތަށް އިޙްތިރާމް ކުރުމާއިއެކު، ބުއްދި ޤަބޫލުކުރާގޮތެއްގެ މަތިންނެވެ! މެޖޯރިޓީ ރޫލަކީ ޑިމޮކްރަސީއަށް ބީރައްޓެހި އެއްޗެއްކަން ދަތަސް، ޤަބޫލުކުރަނީ މަދުބައެކެވެ!
ސީދި
10 January 2019
އެއްޗެކޭ މަށަކުވާ ނުބުނާނަން...
ވާނުވާ....
10 January 2019
އިންޝާﷲ މިފަހަރު އޭޕީ އަށް 10 ގޮނޑި ލިބޭނެކަމަށް އުންމީދު ކުރެވޭ..
ބުއްދި
10 January 2019
އަދާލާތުގެ ސައިޒަކީ 5 ދާއިރާ ވަރެވެ. 3 ގޮޑި ވަރު ވެސް ލިބޭނީ އޭރުން ނެވެ.އޭރުން ވެސް ގޮޑިއެއް ލިބޭނީ އެމްޑޫޕީ ފިޔަވައި ކޯލިޝަންގެ އެހެން ޕާޓީ ތަކާ އަދި ޕީޕީއެމް އާއި ވެސް ފުށުނާރާ ގޮތަށް ކެންޑޮޑޭޓުން ނެރެވިގެން ނެވެ. އެންޑީޕީ ދޫކޮށް ލާފައި އެހެން ޕާޓީ ތަށް އެއްގަލަކަށް އަރާބަލާ ށެވެ