ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
10 ޖެނުއަރީ 2019 - 15:17
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ބާއްވާ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން މިއަދު ނިންމައިފި އެވެ.
މަޖިލިސް އިދާރާއިން މިއަދު ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ރިޔާސީ ބަޔާން އިއްވާ އެ ޖަލްސާ އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ.
ދޮޅު މަހަށް، މިދިޔަ މަހު 15 ގައި މަޖިލިސް ޗުއްޓީއަށް ދިޔައީ މުހިންމު ބިލްތަކެއް އޮއްވައި ވޯޓަށް ނާހަ އެވެ. އެއީ ގާނޫނީ އަދަދު ހަމަވާ ވަރަށް އެ ދުވަހު ޖަލްސާއަށް މެމްބަރުން ހާޒިރު ނުވުމުންނެވެ.
ފާސްކުރަން އެޖެންޑާކުރި މުހިންމު ބިލްތަކުގެ ތެރޭގައި ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި އިސްލާހް ހިމެނެ އެވެ.
ނަމަވެސް ފަހު ދައުރުގެ ޖަލްސާތަކަށް ފަހު، މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކެއް ފާސް ކުރުމަށް ފަހު އެވެ. ގާސިމް އިބްރާހިމްގެ ރައީސް ކަމުގައި ކުރިއަށް ގެންދެވި، ފަހު ދައުރަކީ މަޖިލީހުގައި މިދިޔަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިލްތަކެއް އަދި މަސައްކަތްތަކެއް ވެސް ކުރި ދައުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފުގެ ދަރި ކުމާރު
10 January 2019
ތިތަން ހުޅުވާނެތް. ރައްޔިތު-ލޭބަލް ޖެއްސަކަށް ރައްޔިތުންނަށް އެޔޮއެދޭބައެއްނޫން ތިތާ އުޅެނީ.
މަރޭމިތުރާ
10 January 2019
[ސިޔާސީއޮޑިން އަމިއްލަ އުފަލަށް ފައިބާތީ ކަންބޮޑުވޭ! ސިޔާސީއޮޑި ދުއްވަން މިކަމުން ވަރަށް އުނދަގޫވޭ!]............. މަޖިލިސްމެންބަރުން ރައްޔިތުން އެތައްވަރަކުން ހޮވީމަ ރައްޔިތުންގެ ބަހެއްނެތި އިތުރު ވަޒީފާތަކަށް ދެމިގަންނަ ދެމިގަތުން އެއީ އަމިއްލަ ފައިދާއަސްކުރާކަމެކޭ ރައްޔިތުންނަށް ބުނެވޭނެޖާގަ އެބައޮތް.
ބުޝް
10 January 2019
ސަރުކާރުގެ ރަސްމީ ބަންދު ދުވަހަކަށް އެދުވަސްވާނެތޯ