ވިލާ ހައި ސްކޫލުގެ ދަރިވަރުންނަށް އައިޖީއެމްއެޗުގައި އިންޓާންޝިޕް ދިނުމުގެ އެއްބަސްވުމުގައި، އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު (ކ) އަދި އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: ވިލާ ހައި ސްކޫލު
23 ޖެނުއަރީ 2019 - 11:48
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ސައިންސް ސްޓްރީމް ދަރިވަރުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި އިންޓާންޝިޕް ޕްރޮގްރާމެއް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އައިޖީއެމްއެޗުގެ ސީއީއޯ، ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އަދި ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސައީދު ވިދާޅުވީ އެފަދަ ތަޖުރިބާ ލިބޭނެ ޕްރޮގްރާމެއް ހިންގަން ނިންމީ، ދިވެހިން ތަމްރީނުކުރަން ބޭނުންވާ ތަފާތު ޓެކްނިކަލް ދާއިރާތަކުން ކުރިއަށް ދެވެންހުރި ފުރުސަތުތައް ދރިވަރުންނަށް އަންގައިދިނުމަށާއި އެ ދާއިރާތަކަށް އަހުލުވެރިކުރުވައި އަމަލީގޮތުން ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމަށް ކަމަށެވެ.
އިންޓާންޝިޕުގައި، އައިޖީއެމްއެޗްގެ 13 ޑިޕާޓްމަންޓެއްގެ ތެރެއިން ދަރިވަރަކު ބޭނުން ހަތަރު ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރެވޭނެ އެވެ. އޭގެ ތެރޭގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮޕަރޭޝަން ތިއޭޓަރާއި އިމަޖެންސީ ރޫމާއި ޑެންޓަލް ޑިޕާޓްމަންޓާއި އިލެކްޓްރިކަލް ފަދަ ޑިޕާޓްމަންޓްތައް ހިމެނެ އެވެ.
ސައީދު ވިދާޅުވި ގޮތުގައި ދަރިވަރުން 100 ގަޑިއިރުގެ މަސައްކަތު ތަޖުރިބާ ކުރިއަށްގެންދަންޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުމާކިޑްސް
24 January 2019
ކުދިންގެ އަޙްލާގް ރަނގަޅުކުރުވަން ކަމެއް ކޮށްބަލަ...
ދެކޮޅުވެރިޔާ
23 January 2019
ހައި ސުކޫލުގެ ދަރިވަރުންނަކަށް އިންޓަރންޝިޕެއް ބޭނުމެއް ނުވާނެ. އާ ސަރުކާރާއެކު ގާސިމަށްވަނީ ހަޔަރ އެޑިޔުކޭޝަނާއި ހެލްތާއި ޓްރާންސްޕޯރޓުފަދަ ތަންތަނުގެ ކޮންޓްރޯލް ލިބިފައި. ނަތީޖާއަކީ ގާސިމްގެ ކޮލެޖު ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އަޑިއަޑިން މަސައްކަތްކުރުމާ ވިލާއިން ދޭ ފެންވަރެއް ނެތް ސެޓްފިކެޓުތައް އެމްކިޔޫއިން އެޕްރޫވްކުރުމާއި ކުރިން އެމްކިޔޫއިން ވިލާއަށް ހަދާފައިވާ ރިޕޯރޓުތަކުގައި ފެންވަރުބެލުން ފަދަ ކަންކަމާ ގުޅޭ މައްސަލަތައް އޮއްބައިލުން
ޓާޒަން / ބ.ހިތާދޫ
23 January 2019
ވިލާ ރިސޯޓުތަކުން ދަރިވަރުންނަށް ތަޖުރިބާ ލިބޭގޮތް ހަދާދީބަލަ. ތަޖުރިބާނެތޭކިޔާފާ ރިސޯޓުތަކަށް ބަންގާޅީން އެގެންނަނީ ސްޓޮކްހުރިގޮތަށް.