އެއްވުމަަކަށް ފުލުހުން ހުރަސްއަޅަނީ: އެއްވެ އުޅުން ހަނިކުރާ އިސްލާހު ގާނޫނުއަސާސީއާ ހިލާފު. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)
23 އޯގަސްޓް 2016 - 13:30
ގާނޫނުއަސާސީން ދީފައިވާ އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް، މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވައި ފާސްކުރި އިސްހުގައި ވަނީ ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. އަދި އެ ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި، ހޯމް މިނިސްޓްރީން ގެޒެޓް ކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އިސްލާހު ފާސްކުރިއިރު "އެއްވެސް ފަރާތެއްގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު ކޮންމެ މީހަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ލިބިގެންވާ" ކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ލިއެފައިވެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އިސްލާހެއް ކަމަށް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މާލޭގެ މަގުތަކުގައި މިހާރު ވެސް ސިޔާސީ އެއްވުންތަކާއި ހިނގާލުން ކުރިއަކަށް ގެންދަން ފުރުސަތެއް ނުދެ އެވެ. ގާނޫނުން ހުއްދަ ދީފައި އޮތަސް އެ ހުއްދަ ނުދެނީ، ވަކި ބައެއްގެ ހައްގަށް ހުރަސްއެޅޭ ކަމަށް ބުނެ އެވެ.
ފުލުހުން މިގޮތަށް އަމަލުކުރަމުން ދަނިކޮށް، އެއަށްވުރެ ހަރުކަށި ފިޔަވަޅެއްގެ ގޮތުގައި ހޯމް މިނިސްޓްރީން ހުއްދަ ދޭ ތަންތަނުގައި އެކަނި ސިޔާސީ ހަރަކާތް ހިންގޭ ގޮތަށް ހެދީ، އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އިދިކޮޅު ސިޔާސީ ހަރަކާތްތައް މުޅިން ހުއްޓުވުމަށެވެ. އެކަމަކު މިއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހަކަށްވާތީ، އިސްލާހަށް އަމަލުނުކުރާނެ ކަމަށް އިދިކޮޅު އިއްތިހާދުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
24 August 2016
"ރައްޔިތުންގެ ހައްގުގަ" އޭ ކިޔާފަ ދެންނާންނާތި އަހަރުން ރަށައް ވޯޓުހޯދަން.. މަޖުލީހުގަ ހުރެގެން ރައްޔިތުންގެ އަސާސީ ހައްގެއް ކަލޭމެން ތި ހަނިކުރީ ނުވަތަ އުވާލަން މަސައްކަތްކުރަނީ... ކަލޭމެންނައް ދުވަހެއް އަންނާނެކަން ހަންދާންކުރާތި.. އަބަދަކު އެއްގޮތަކައް ތިގޮތުގައި ނުހުންނާނެ..
ކަށަވަރޭ
23 August 2016
އެއްވެ އުޅުން ހަނިކުރާ ބިލް ރައީސް ތަސްދީގު ކުރުމުން ދެން ރަންރީނދޫ ކުދިންނަށް އެގޮތަށް މަގަތުގައި ޕިކަޕް ބާއްވައިގެން މާލޭގެ މަގުތަކުގައި އަޑުގަދަ ކުރާ ބަހައްޓައިގެން މާލޭގައި އެއްވާން އަޑުގަދަ ކުރާ އިން ނުގޮވޭނެއެވެ. ކަށަވަރޭ ދެން މާލޭގެ މަގުތަކުގައި ސަރުކާރުގެ ހުއްދަ ނުނަގާ އެއްވުން ނުބޭއްވޭނެއޭ، ނުބޭއްވޭނެއޭ، ނުބޭއްވޭނެއޭ. އެކަން އެގޮތަށް ކޮށްފިނަމަ ކަށަވަރޭ ބްލޫސް ކުދިން އަންނާނެއޭ، އަންނާނެއޭ، އަންނާނެއޭ..
ގިވްއިން
23 August 2016
މާލޭގައި އެއްވެ އުޅެން ބޭނުން ވެއްޖެނަމަ އެއްވެވޭނީ އެއީ ފުލުހުންގެ އިދާރާ އާއި އަދި ވެސް އެހެނިހެން މިނިސްޓްރީ ތަކުން ދޭ ހުއްދަ ދީގެން ކަމަށް ގާނޫނަކުން ބަޔާން ކޮށްފައި އޮވެމެ އަދި އެފަދަ ގާނޫނެއް އޮތުމުން ދެން ރާއްޖެ ދާނީ ބެޓަރ ކަންޓްރީ އަކަށް ބަދަލު ވަމުންނެވެ. ދެން ކުޑަ ކުދިންނަށް ކޮންމެ ހުކުރު ދުވަހު އާރޓިފިޝަލް ބީޗަށް ގޮސް އެތަނުގައި ޑާންސް ކޮށްލާ ދޮންތަ އާއި އެކު ކުޅެލާ މަޖާ ކޮށްލެވޭނެއެވެ. މިކަން ހުރިހާ ރަންރީނދޫގެ ޓްވީޓް ކުރާ ކުދިން ވެސް އަންޑަރސްޓޭންޑް ވުމަށް ފަހު ސަރުކާރުން މިކުރި ރަނގަޅު ކަންކަން ފާހަގަ ކޮށް އެކުވެރި އަތެއް ދިއްކޮށްލަންވީ ސަރުކާރަށް.
ދނ
23 August 2016
ހޯމް މިނިސްޓްރީއިން އެއްވެ އުޅުމަށް ހުއްދަ ދޭ ތަންތަން: 1- އެމީހަކު ދިރިއުޅޭ ގޭގެ ފާޚާނާ 2- އެމީހަކު ނިދާ ކޮޓަރި ވަރަށް ސަލާން!
ޓައިމް
23 August 2016
އެއްވެ އުުޅުން ހަނިކުރާ ބިލް ތަސްދީގު ކުރުމުން ދެން ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ މާލެ ބަދަލުވެގެން ދާނީ ސިންގަޕޫރުގެ އޮޗަރޑް ރޯޑް އަށެވެ. އެފެންވަރަށް ދެން މަމެންގެ ގައުމުގެ ކެޕިޓަލް ސިޓީ ގެ މަގުތަކާއި އަދި އިމާރާތް ތައް ރީތިވެގެން ދާނެއެވެ. އެއިރުން ދެން ރަންރީނދޫ ޓްވީޓް ކުރާ ކުދިންނަށް ވެސް މާލޭގެ ރީތި މަގުތަކުގެ ފޮޓޯ ތަކާއި އެކު ސެލްފީ ނަގައިގެން ޓްވީޓް ކުރެވޭނެ ނޫންތޯއެވެ. ރަންރީނދޫ ކުދިން ވެސް އެއްގޮތަކަށް ވެސް މިކަމާއި މާޔޫސް ވާނެ ކަމެއް ނެތެވެ. އެކުދިން ވެސް އެކުވެރި އަތެއް ދިއްކޮށްލަންވީ ޕިންކް ކުދިންނަށް. ދެން އެކުގައި އެންމެ ގުޅިގެން މަމެންގެ ލޯބި ގައުމު ތަރައްގީ ކުރާނީ.
އަބުޅޯ
23 August 2016
ސާބަހޭ ސާބަހޭ ޔާމީނޫ... ދެން ކުރަންވީ ކަމަކީ މާލެވަށާ ބޮޑުތަކުރުފާނު މަގު އެއްކޮށް ރައްޔިތުންނަށް ނޭރޭ ގޮތަށް ބަންދުކޮއްލަންވީ.. ދެން މާލޭގެ ނަން މާލޭ ޖަލަށް ބަދަލު ކޮއްލާ އޭރުން ވަރަށް ފަސޭހަ ވާނެ ވެރިކަން ކުރަން.
މިއުނިކް
23 August 2016
އެއްވެ އުޅުން ހަނިކުރާ ބިލް ރައީސް ތަސްދީގު ކުރެއްވި ކަން އެއީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެެކެވެ. އެއްވެއުޅުން މަނާ ކުރާ ބިލް ތަސްދީގު ކުރުމުން ދެން މާލެ ބަދަލުވެގެން ދާނީ ނެވަރ ލޭންޑް ގާރޑްން އަށެވެ. ދެން ރަންރީނދޫ ކުދިންނާއި ޕިންކް ކުދިންނާއި ގުޅިގެން އެއްވާން ދާނީ ޑާންްސް ޑްރެސް އާއި އެކު ގުޅި ފަޅަށް. އެއިރުން ބީޗް ގައި ސްޓޭޖް ހަދައިގެން ތިބެ އެއްވުން ބާއްވާ ލަވަކިޔާލާ ނަށާލެވޭނެ ނޫންތޯއެވެ. ޔޫ އާރ މޯ ލައިކް ވަން އޮފް އަސް. ޔޫ އާރ ދަ ވަންސް، ބީ އިން ދަ ވަންސް. ހެހޭހޭ ހެހޭހޭ ހެހޭހޭ އެއްވެ އުޅެން ގުޅިފަޅު ގައި ކޮޑަކް ތިއޭޓަރ ހަދަނީ އެވެ. ޑޫ ތިންގްސް ފައިން. ބީ އިން ދަ ވަން.
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
23 August 2016
ތިޔަ ޤާނޫނަކުން އަހަރުމެންނަށް ލިބޭނެ އިތުރު އެއްވެސް ގެއްލުމެއްނެތް. ތި ގާނޫނުގެ ކުރިން އަހަރުމްނެގެ ހަޒާނާ ވަނީ ދޮވެ ހުސްކޮށްފައި. . . . . އިރާދަ ކުރެއްވީއްޔާ ތިޔަ ޤާނޫނެއްގެ ދަށުން ބަޔަކު ހައްޔަރު ކުރުމުގެ ކުރިން މަނިކުފާނު ކުރިޔަށް ދާން އޮތް މަގު ހަނިވެ ކުރި ބެދޭނެ. އަރާ ވަޑައިގަންނަވާނެ ހުސްގޮޅި ހޯއްދަވަން ޖެހޭނީ މަނިކުފާނަށް. އަހަރުމެންނަކަށް ނޫން. / މިނިވަންކަން ، އައްޑޫ ސިޓީ