ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން މިއަދު ކުރިއަށް ދަނީ .-- ފޮޓޯ: އިމިގްރޭޝަން
06 ފެބުރުއަރީ 2019 - 11:31
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން މިއަދު ފަށައިފި އެެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލޭގެ ދެ ސަރަހައްދެއް މިއަދު ބަލާފައި ވެ އެވެ. އޭގެ ތެރޭގައި ޒިކްރާ މިސްކިތް ހުންނަ ސަރަހައްދާއި ގަޑިބުރު ސަރަހައްދު ހިމެނެ އެވެ. އެ ދެ ސަރަހައްދުން ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތެރޭގައި 80 ބިދޭސީން ވަނީ އަތުލައިގެންފަ އެވެ. އެ މީހުން ސްކްރީންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ހެނދުނު 8:45 ހާއިރު އޮޕަރޭޝަން ފެށީ ލިބެމުންދާ ޝަކުވާތަކާ ގުޅިގެންނެވެ. ވަކި ތަނަކަށް ބިދޭސީން އެއްވާ ކަމަށް ބުނެ ޝަކުވާ ލިބޭ ކަމަށާއި އެހެންވެ އެކަން ކުރިއަށް ގެންދިޔައީ އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
The first operation of the year to detect the undocumented expatriates was held in Malè today. The immigration status of expatriates were checked on site, and 80 were brought for further screening. pic.twitter.com/13Ot1EQIZJ
— Maldives Immigration (@ImmigrationMV) February 6, 2019
ބިދޭސީން އަތުލައިގަނެ ސްކްރީން ކުރުމަށްފަހު ގަވާއިދާ ހިލާފަށް އުޅޭ ބައެއްކަން ކަށަވަރުވެއްޖެ ނަމަ އެ މީހުން ފޮނުވާލަން ދެން ބައިތިއްބާނީ ހުޅުމާލޭ ޖަލުގެ ޑިޓެންޝަން ބައިގަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިއަދު ހިންގި އޮޕަރޭޝަންގެ ތެރެއިން އަތުލައިގެން ބައެއް މީހުން.-- ފޮޓޯ: އިމިގްރޭޝަން
ހަލީލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްއޮތް ތަނުގައި މާލޭގެ އިތުރުން ރަށްރަށުގައި ވެސް ހިންގާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ފަށާފައިވަނީ ގިނަ ދުވަސްތަކަށް ފަހުގަ އެވެ. އޭގެ އޮޕަރޭޝަން އެންމެ ފަހުން ހިންގާފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުނައިދު
07 February 2019
ތިކަންވެއްޖެއްޔާ ކިތެންމެހާވެސް ރަނގަޅު.ތިމީހުންގެ ސަބަބުން ހުރިހާ ގެއްލުމެއް އަހަރުމެންނަށް.އެމިހުންނަށް ހުރިހާ ފައިދާއެއް.އަހަރެން ގެނައިބޭރުމީހެއް އަމިއްލަ ކޯޓާގަ.ބަރާބަރަށް މުސާރަ ދީދީ ހުއްޓާވއޭނަ ފިލީ.ހޯދަހޯދާ އޭނަ ނުފެނުނު.އެންމެފަހުން ޖެހުނީ ޕާސްޕޯޓް އިމިގްރޭޝަންއާއި ހަވާލުކުރަން.ކޯޓާވެސް ހިފެހެއްޓީ.ޑިޕޮޒިޓްރުފިޔާވެސް ދިޔައީ.ހުރިހާމޮޅެއް ބޭރުމީހާއަށް.
ނޫސް ބަލާމީހާ
06 February 2019
ހައްލުވާނެ. ޙައްލު ކުރެވޭނެ. ސަރުކާރުގެ ހިތްވަރެއް ހުރިވިއްޔާ. ޢަދި ބުނަން ޤަވާއިދާ ޚިލާފަށް އުޅޭ އަމިއްލައަށް ކޮޓެކްޓް މަސައްކަތް ކުރާ ކޮންމެ މީހަކު 1000.00 ރ އަދި ކޮންޓެކްޓްގެ އިސޮކޮށް ހުރިމީހަކު 10000.00 ރ އަށްވުރެ ކުޑަނޫން ދަދަކުން ޖުރިމާނާވެސް ކުރަންވީ. އެފައިސާއިންވެސް ތިމީހުން ފޮނުވާލެވޭނެ
ޖޯޑޭ
06 February 2019
60،000 މީހުން ފޮނުވާލަން ގާތްގަޑަކަށް 240 މިލިއަން ރުފިޔާ ހަރަދުވާނެ ޓިކެޓަށް އެކަނި. މިކަމަށް ފަންޑު ހޯދުމަށް އަދީބު ބެހި ފައިސާއިން ބައެއް އެއްކަލަ 150 މީހުން އަތުން އެބަ ހޯދަންޖެހޭ. އަވަސް އަވަސް މީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް.
އިލްހަމް
06 February 2019
ރައްޔިތުން ހައްދަން އުޅޭނެކަމެއް ނެތް. މިފަހަރު މަޖިލިސް އިންތިހާބަށް ވޯޓު ބޭނުމިއްޔާ މި ނުބައި އަމަލު ހިންގި ބައެއްގެ ނަން ހާމަކުރަންޖެހޭ. މިކަމުގަ އުޅުނު ބަޔަކު އިނގޭނެ. އަދި ސާބިތު ކުރަން އުދަގޫވިއަސް އެމީހުންނާ ދެކޮޅަށް ތަހުގީގު ހިންގަ ދައުވާކުރެވެންޖެހޭ. އަދި ރައްޔިތުންނަށް އެއީ ކޮންބައެއްކަން ހާމަކުރަންޖެހޭ.
ކޮބާކޮބާ
06 February 2019
ކޮބާހޭ މިމީހުން މިތަނަށް ގެނެސް މި ނިކަމެތިކަން ޖެއްސި ހިއުމަން ޓްރެފިކް ކުރާ ގުންޑާއިން؟ މިކަން ކުރި ކުންފުނިތަކާ އެޖެންސީތަކާ އިމިގްރޭސަން އޮފިސޮރުން ކޮބާހޭ؟
މާމިގިލީ މީހާ
06 February 2019
މާމިގިލި ބަލާބަލަ.
ޣަފޫރު
06 February 2019
ވަގަށް އުޅޭ އެންމެނަށް ފިލޭނެހާ ވަގުތުދީގެން ތިކުޅޭ ގޭމް ރައްޔިތުންނަށް އެނގޭ. ބާޒާރުމަތީގައި އުޅޭ ހައެއްކަ ބަންގާޅީން ހައްޔަރު ކުރެވުނީމަ ތިކަން ވަރަށް ކާމިޔާބު ކަމަށް ދައްކަން ފޯރަމެއް ބާއްވަންވާނެ.
ފޫހި
06 February 2019
ބިދޭސީންނަށް ފަހިވާގޮތަށް ގަވާއިދުތައް ބަދަލުނުކޮށްފިއްޔާ ކިތަންމެހައިވެސް ރަނގަޅު.
ނެތީމޭ
06 February 2019
ތިޔާއީ ދައްކާ ދަޅައެއް އެންމެ ގިނައިން ގަވާއިދާއި ޚިލާފަށް އުޅޭ ބޭރުމީހުން ލައްވާ މަސައްކަތް ކުރުވާ ބަޔަކީ އެމްޑީޕީގެ އެކްޓިވިސްޓުން ތިޔާ ކަން ދާނީ ތޮއްދޮށުންނޭ މަމެން ބުނަން ނެތީމު ދޯ..
ބޭބެ
06 February 2019
ކޮންބައެއް ނުގަވައުދުން މީހުން އެތެރެ ކުރަން ހުއްދަދިނީ