ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާ ގައި އެ ޕާޓީގެ ލީޑަރު ގާސިމާއި އެހެން ބައެއް އިސްބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
10 ފެބުރުއަރީ 2019 - 23:05
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުން މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ން އިތުރު އަށް ދާއިރާ އަކަށް ވާދަކުރުމަށް ނިންމައި، އެ ދާއިރާތަކަށް ނުކުންނާނެ މީހުންގެ ނަންތައް މިރޭ އިއުލާންކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި، އާ ދާއިރާތަކާއި ޓިކެޓް ލިބުނު މީހުންގެ ނަންތައް އިއުލާން ކުރެއްވީ، ޓިކެޓް ދޭނެ މީހުން ކަނޑައެޅުމުގެ ބާރު ކައުންސިލުން ހަވާލުކޮށްފައިވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ގައި ޖުމްހޫރީ ޕާޓީން އަލަށް ވާދަކުރުމަށް ނިންމި އަށް ދާއިރާ އަކީ ހއ. އިހަވަންދޫ ދާއިރާ، ހދ. ނޮޅިވަރަމް ދާއިރާ، ށ. މިލަންދޫ ދާއިރާ، ނ. ހޮޅުދޫ ދާއިރާ، ޅ. ނައިފަރު ދާއިރާ، ތ. ކިނބިދޫ ދާއިރާ، ގދ. މަޑަވެލި ދާއިރާގެ އިތުރުން ސ. މީދޫ ދާއިރާ އެވެ.
ޖޭޕީން މީގެ ކުރިން ވާދަ ކުރުމަށް ނިންމާފައިވަނީ 36 ދާއިރާ އަކަށެވެ. އެހެންވެ، މި އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ދާއިރާތަކުގެ އަދަދު 44 އަށް އެރީ އެވެ. އެކަމަކު، ގާސިމް މިރޭ ވިދާޅުވީ، މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަދި ހަމަ ނުވާތީ، ދެ ތިން ހަތަރު ދާއިރާ އަކަށް އަދި ވާދަކުރަން ޖޭޕީން ނިންމަފާނެ ކަމަށެވެ.
މި އަހަރުގެ އާންމު އިންތިޚާބު ގައި ވާދަކުރަން ބޭނުންވާ މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 21 އަށެވެ.
"ޕޮލިޓިކަލް ކަންތައްތަކަކީ ހެނދުނު އެއްގޮތަކަށް، ހަވީރު އެއްގޮތަކަށް ބަދަލުވެގެންދާ ކަންކަން ކަން މާޒީން އަޅުގަނޑުމެންނަށް އެނގޭ. ހެނދުނާއި ހަވީރުގެ މަންޒަރު ތަފާތު ވުމަކީ، ބަސް ބަދަލު ވުމަކީ ވަމުންދާ ކަންކަން ކަން ގަބޫލު ކުރަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހެނދުނާއި ހަވީރުގެ މަންޒަރާއި ބަސް ބަދަލުވި ނަމަވެސް، މިހާރު ޖޭޕީގެ ޓިކެޓް ދީފައިވާ މީހުންގެ އަތުން އެ އަތުނުލައްވާނެ ކަމަށެވެ.
"މި ދަންނަވަނީ [ވާދަކުރާ] ލިސްޓަށް އަދި އިތުރު ވާނެ ވާހަކަ. އަދި ދެތިން ހަތަރު ދާއިރާއަކަށް ވާދަ ކޮށްފާނެ،" ގާސިމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާ ގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ގާސިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީގެ ޕާޓީގެ ޓިކެޓް ދޭނީ، އެ ޕާޓީގައި ގިނަ ދުވަސްވީ މީހުންގެ ބަދަލުގައި، ހޮވޭނެ ކަމަށް ފެންނަ މީހާ އަށެވެ.
"މިއަދު އަޔަސް، މާދަމާ އަޔަސް އައިސް ސޮއިކޮށްލީމަ ޓިކެޓް ދޭނަން އޭނާ އަކީ [ގޮނޑިނެގޭނެ] ގާބިލް މީހެއް ވިއްޔާ. މިތާނގައި [ޖޭޕީގައި] 20 އަހަރު ވެފައި ހުއްޓަސް އަޅުގަނޑުމެން ޓިކެޓެއް ނުދޭނަން ނުހޮވޭނެ މީހަކަށް،" ގާސިމް ކުރިން ވިދާޅުވެފައި ވެ އެވެ.
ގާސިމް އެގޮތަށް ވިދާޅުވެފައިވާއިރު މަޖިލިސް އިންތިޚާބުގައި ވާދަ ކުރެއްވުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ޖޭޕީ އަށް ސޮއިކުރައްވައިފަ އެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ޖޭޕީގެ ޓިކެޓު އޭނާ އަށް ދެއްވުމަށް ގާސިމް ވަނީ ނިންމަވާފަ އެވެ. މީގެ އިތުރުން، ކުރީގެ އެކްޓިން ކޮމިޝަނާ އަބްދުﷲ ނަވާޒް ދާދި ފަހުން ގުޅިވަޑައިގެންނެވިއިރު، އޭނާ އަށް ވަނީ ގަލޮޅު ދެކުނު ދާއިރާގެ ޖޭޕީގެ ޓިކެޓް ދިނުމަށް ނިންމައިފަ އެވެ.
ޖޭޕީން މިރޭ ބޭއްވި ޖަލްސާ ގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޖޭޕީގެ ލީޑާޝިޕުގައި ތިއްބެވި އިސް ބޭފުޅުންނާއި މިހާރު މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ޕާޓީ އަށް ނިސްބަތްވާ ދެ މެމްބަރުން ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަށް ޓިކެޓު ދިނުމަށް ވަނީ ނިންމައިފަ އެވެ. މަޖިލިހުގައި ތިއްބެވި ޖޭޕީގެ މެމްބަރުންގެ ތެރެއިން މިހާތަނަށް ޓިކެޓް ނުދޭ ދެ މެމްބަރުންނަކީ ދިއްދޫ ދާއިރާގެ އަބްދުލް ލަތީފް މުހައްމަދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައިޚް.
11 February 2019
ސޭޓުއެބުނަނީ ތެދު، ސޭޓު ސަރުކާރުން ވަޒީފާދޭން އަސާސީ ތައުލީމް ފެންވަރުނެތް މީހުން މިނިސްޓަރުންގެ ނައިބުންނަށް، ސޭޓު ޓިކެޓްދޭނީ ހޮވޭނެކަން ޔަގީންވާ މީހުނަށް، އެހެންވީމަ މީންދޭހަވާނީ ސޭޓު ގައުމަށް ހެޔޮއެދިގެންނޫލޭކަން، ސޭޓޮބޭނުމީ އަމިއްލަ ފައިދާކަން،
ސްމޭޝް-ފުވައްމުލައް
11 February 2019
ތިޔައީ ތިޕާޓީެގ ގޮތް! ޕާޓީ ޓިކެޓް ދޭނެ ބަޔަކާއި މެދު ކޮމެޓީއެއް ނަގާފައިވެސް އެންމެ ފަހުން ޓިކެޓް ދޭން މިޖެހޭނީ މަހުޖަނު ބޭނުން މީހަކަށް ބޭނުން ގޮތަކަށް! އެހްނެތާ ވާނީ ވެސް! ގްރާސްރޫޓެއް އޮތް ޕާޓީއެއް ނޫން ވިއްޔާ! އައިޑިއޮލޮޖީއެއް އޮތް ޕާޓީއެއް ނޫން ވިއްޔާ! ކޮންމެ ފަހަރަކު އިންތިޚާބެއް ކައިރި ވީމާ ފައިސާކޮޅެއް ބަހާލައި ގޮނޑިކޮޅެއް ހޯދައިގެން ހައިޖާނު ހަދާލަނީ... އެޕާޓީއާއި ގުޅެން ދަނީ ޓިކެޓް ދޭން އެއްބަސް ވުމުން...
ނައިބުޔތުއްތަތ
11 February 2019
ހުރިހާ ދާއިރާއެއްގައިވެސް ގަނޑިއަކީ ވިއްކާއެއްޗެއް. ކޮންމެހެން ވަކިދާއިރާއެއްގެ ވާހަކަ ކޮމެންޓްކުރީމާ ރަނގަޅެއްނޫން. މިހާރުވެސް ފުރުސަތު ނުލިބުނު މީހުން މަސައްކަތް އެކުރަނީ ފައިސާގެ ނުފޫޒު ފޯރުވައިގެން ބައެއް ކެނޑިޑޭޓުންގެ ޙައްގަށް އަރައިގަންނަމުން. އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި ރައީސް ނަޝީދު ތާއީދުކުރައްވާ މީހުންނާއި ގުޅިގެން އިންތިޚާބު ގަޑުބަޑުކުރަން ދަނީ މަސައްކަތް ކުރަމުން. މިކަމުގެ ހެކިތައް ބައެއް ދާއިރާތަކުންދަނީ ފެންނަމުން
އާސީނުތަށި
11 February 2019
ޖުމްހޫރީ ޕާޓީއަށް ބަހާރު މޫސުން އައިސަ މިއޮތީ. އެންމެން ގުޅިގެން ނޫނެކޭ ބުނޭ
ހަސަނުން
11 February 2019
ކިނބިދޫ ދާއިރާގެ ގޮނޑިއަކީ އެދާއިރާގެ ރައްޔިތުން ލާރިހުރިބަޔަކަށް ވިއްކާ ހަރުމުދާ ގަޑެއް. ގާސިމު ލާރި ބަހާލަނިކޮށް ތިކަން ގާސިމުކޮޅަށް ނިމޭ.
ހަސަނު،
11 February 2019
ހޮވާނެ މީހާ އާއި ނުހޮވާނެ މީހާ އިގޭނީ ރައްޔިތުންނަށް. މި އޯގާތެރި ސަރުކާރު ދަމަހައްޓަން ރައްޔިތުން ބޭނުން. އެހެން ބަޔަކަށް ވޯޓެއް ނުލިބޭނެ. ކާއްސަކޮށް އަވަސް އަވަހަށް ޕާޓީ ބަދަލު ކުރާ ކުދިންކޮޅަށް.
މުހަންމަދު ކަލޯ،،
11 February 2019
ޖޭޕީގެ މެމްބަރެކޭ ބުނެ ދައްކާހާ ބަޔަކަށް ވޯޓެއް ނުލިބޭނެ. މަވެސް ބޭނުން ޓިކެޓް އެކަމަކު ފުރުސަތެއް ނެތް އާންމު މެމްބަރުންނަކަށް. މީގެ ކުރިން ޖެއްސުން ކުރި ހުރިހާ އެންމެނަށް ވޯޓު ޓިކެޓް ދިނީމަ ކިހިނެއް އާންމު މެމްބަރުން ވޯޓު ދޭނީ؟
މުހަންމަދު ކަލޯ
11 February 2019
އެފަދަ މީހުން އެ އަންނަނީ ވަކި ދިމާލަކުން އަންގައިގެން ގޮޑި ހޯދަން ވެގެން ވިއްޔާ ކަމަކު ނުދާނެ. ޕާޓީއަށް ވަފާތެރި މީހުން ހޮވަން މަސައްކަތް ކުރިއްޔާ މާ ރަގަޅުވާނެ. އަވަސް އަވަހަށް ޕާޓީ ބަދަލު ކުރާ މީހުނާ ދޭތެރޭ ވިސްނަން ޖެހޭނެ.އެމީހުން ކޮންމެ ވަގުތަކުވެސް ބަދަލު ކޮށްފާނެ. ސިޔާސީ ޕާޓީއެއް ވިއްޔާ ހުރިހާ މެމްބަރުންނަށްވެސް ފުރުސަތު އޮންނަން ޖެހޭނެ. ހަމަ އެންމެ ރަގަޅީ ޕްރައިމަރީ ބޭއްވުން. ޖޭޕީގެ ވިސްނުން ކަމަކުނުދޭ.
މަށަކީ ލަތީފް
11 February 2019
"މިހާތަނަށް ޓިކެޓް ނުދޭ ދެ މެމްބަރުންނަކީ ދިއްދޫ ދާއިރާގެ އަބްދުލް "ލަތީފް" މުހައްމަދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު "ލަތީފް" އެވެ." މި 2 މެންބަރުންގެ ނަމުގަވެސް "ލަތީފް" އޮވޭ. ޓިކެޓު ބޭނުންނަމަ މި ދެ މެމްބަރުން ޖެހޭނީ ނަމުން "ލަތީފް" ކަނޑާލަން. ނަމުން "ލަތީފް" ކަނޑާލަން ގޮވާލަން!!!
މޫޗީ/މީދޫ
11 February 2019
ސ.މީދޫ ދާއިރާއަށް ކުރިމަތިލާން ޖޭޕީން ނެރުނު ފަރުހާދަކީ ކުރީ ފަހަރު 27 ވޯޓު ލިބުނު މީހެއް. މިހާރު ގާސިމް ގެ ފަހަތުން ދިޔައީ ގައުމަށް އަދި މީދޫއަށް އިތުރު ތަރަައްގީއެއް ހޯދައި ދިނުމުގެ ބޭނުމެއްގައި ނޫން. ސަރުކާރާ ޖައްސަން ތިކަން ލާހިކެއްނޫން ކުރާކަށް.