ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

އެމްއެމްޕީއާރްސީގެ ތަހުގީގު އިތުރަށް ހާމަކުރުމާ މެދު ވިސްނަނީ

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު: ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ސިއްރު ކުރުމަށް މަސައްކަތް ނުކުރައްވާ ކަމަށް -- މިހާރު ފައިލް ފޮޓޯ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކޮށްފައިވާ ތަހުގީގުން އިތުރަށް ހާމަކުރެވޭނީ ކޮން މިންވަރަކަށްތޯ މެންބަރުންގެ މެދުގައި މަޝްވަރާކުރަން ފަށައިފި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "މިހާރު" އަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި މިހާރު ހާމަކޮށްފައި ވަނީ އާންމު އުސޫލުގެ ތެރެއިން ހާމަކުރާ މިންވަރު ކަމަށެވެ.

"މިހާރު އެ މައްސަލައިގައި ހާމަކޮށްފައި އެ އޮތީ އުސޫލެއްގެ ގޮތުން އެހެން މައްސަލަތަކުގައި ވެސް ކޮމިޝަނުން ހާމަކުރާ މިންވަރަށް،" މުއައްވިޒް ވިދާޅުވި އެވެ.

އެކަމަކު އެމްއެމްޕީއާރްސީގެ މައްސަލައަކީ އާދަޔާ ހިލާފު ބޮޑު މައްސަލައަކަށް ވެފައި އެކަމުގެ މައުލޫމާތު އާންމުން ބޭނުންވާތީ އެކަމާމެދު އޭސީސީގެ މެންބަރުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެންބަރުންގެ ލެވެލްގައި މަޝްވަރާ ކުރަމުން މި ދަނީ މި މައްސަލައިގައި ދެން އިތުރަށް ހާމަކުރެވޭނީ ކޮން މައުލޫމާތެއްތޯ،" މުއައްވިޒް ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ސިއްރުކުރުމުގެ ވިސްނުމެއް އޭސީސީ އަކުން ނުގެންގުޅެ އެވެ.

"އަޅުގަނޑުމެން އެއްވެސް މައުލޫމާތެއް ސިއްރެއް ނުކުރަން. ފުލުހުން އަދި ރިޔާސީ ކޮމިޝަނަށް ވެސް މިހާރު ހުންނާނީ އެ ހުރިހާ މައުލޫމާތުތަކެއް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ އެންމެ ފުޅާކޮށް ތަހުގީގުކޮށްފައި ވަނީ އޭސީސީންނެވެ. އެކަމަކު އެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި، ކޮރަޕްޝަން ބަލާ ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި މިހާތަނަށް ހުކުމް ކޮށްފައި ވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލުގެ މައްޗަށް އެކަންޏެވެ.

އެމްއެމްޕީއާރްސީގެ ފައިސާ 155 މީހެއްގެ އެކައުންޓަށް ވަދެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

42 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 5%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުބައިހާނު

12 February 2019

މަޝްވަރާއެއްވެސް ކުރާނެކަމެއް ނެތް. ރައްޔިތުންގެ ޙައްޤުތައް ބަގުޑިލާ ބައްދާ ފޮރުވައިގެން ކަލޭމެން ތިބޭ. އަހަރެމެން ކަލޭމެން ޒިންމާ ކުރުވާނީ ޤިޔާމަތްދުވަހުން

އިމާން

12 February 2019

މަޖްލީހަށް ކުރިމަތިލައިގެން އުޅޭނެ މި ފައިސާ ލިބިފަ ތިބި ބައެއް. އެހެންވީމަ އެމީހުން ގެ ނަން އަމިއްލަ އަށް ގެންދަން ނުސީދާ ކޮށް ދޭ އިންޒާރެއް ހެން ހީވަނީ. ބޮޑަސް ކުޑަޔަސް ހިޔާނާތެއް ވާނީ ޚިޔާނާތަކަށް. އެއްމެންގެ ނަންވެސް ހާމަ ކުރަން ޖެހޭނެ.

ހާމަކުރުން

12 February 2019

އިތުރަށް ހާމަކުރިޔަސް އޭތި އޮންނާނީ ކަރުދާހުގައެވެ. ކުރާނެކަމެއް ނެތެވެ. ކޮމިޝަން އުފެއްދުން ނޫންކަމެއް ނުކުރެވެއެވެ. ސަރުކާރު މުވައްޒަފުންނަށް މުސާރަދެނީ އިންޑިޔާގެ ޖީބުންނެވެ.

ނޫސް ބަލާމީހާ

11 February 2019

"ޢޭރު އަޅުގަނޑުމެން ޕޕއެމް އިން މަޖިލިސްއަށް ހޮވަން ބޭނުންވި ހުރިހާމީހުންނަށް އެފައިސާ ދިނީމު" މިވެސް މީހަކު ބުނި ވާހަކައެއް. ޥީމާ މަޖިލިސްގައި މިހާރުވެސް މަދެއްނުވާނެ އެފައިސާ ބައިލިބިފަތިބި މީހުންނެއް.

ހަމަ އޯކޭވާނެ

11 February 2019

އާން ކަލޭނުބެދެންޔާ ހަމަ އޯކޭވާނެ

ހިޔާލު

11 February 2019

އަދިކިރިޔާ ވިސްނަނީތޯ؟ ތި ހާމަނުކުރާތި ތިކަމުން ގައުމީސަލާމަތަށް ނުރައްކާވެދާނެ. ވައްކަމަށް ފުރުސަތު ނުގެއްލޭނެހެން މަސައްކަތްކުރަންވަނީތޯއެވެ.

މާލޭމީހާ

11 February 2019

2008 ނެ ފެށިގެން އަޮޑިޓް ރިޕޯޓް ތަކުގެ ހިޔާނާތް ނުބަލަންޏާ ސަރުކާރުން ތިޔަ ވަޅި ހިފައިގެން ދުވަނީ ވަކުބަޔަކު ދުއްވާލަން.

ދަތްނެތްކުއްޖާ

11 February 2019

އޭސީސީ ގެ ރަޢީސް އަކީ ކާކު ކަމާއި ތިޔަ ތަނުގެ ހާލަތު ރައްޔިތުން ނަށް ވަރަށް ރަގަލަށް އެގޭ. ދެއިރު ދެ ދަލައަށް ބަލި މީހަކު ބޭހެއް ބޯހެން ނޫސް ބަޔާން ނެރިގެނެއް ރައްޔިތުންގެ ލޮލިގައި އަނދުން އަލުވަން ތިޔަ ކުރާ މަސައްކަތް މުއައްވިޒް މެން އެބަޖެހޭ ހުއްޓާލަން. ތިކަން ތަމެން ހާމަކުރަން ޖެހިލުންވެގެން ތިޔަ އުލެނީ ތިކަމުގައި ތަމެންގެ ބައިވެރިވުމެއްވެސް އޮތީތީ ކަމަށް މަމެން ރައްޔިތުން ދެކެމު. ނަމަވެސް މިކަން ރައްޔިތުން އޮލުން ފިލުވާނެ ކަން ޔަޤީން.

އުތަ

11 February 2019

އިތުރު ދައުރަކު ހުންނަން ވެގެން އެއްޗެއްކިޔާލީ ދީ ބުރޯ!!!!ރަނގަޅު.............. މިކަހަލަ މީހުން މިނިވަން ތަންތަނުގަ ބޭތިއްބީމަ ހުންނާނީ ރާކަނިމަސްކެވިފަ

ފެންވަރު

11 February 2019

އާނ އަދިވެސް ވިސްނާލަ ވިސްނާލަ ތިބޭ

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454