ޓޫރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް އަލީ ވަހީދު މީޑިއާއާ ވާހަކަ ދައްކަވަނީ: ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ލިބެން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް އަލީ ވަހީދު މިއަދު ވިދާޅުވި.---ފޮޓޯ: މިހާރު
13 ފެބުރުއަރީ 2019 - 12:49
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޣުލަބިއްޔަތު ލިބެން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވި ނަމަވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިޔާލު ތަފާތެވެ.
ގާސިމް ވިދާޅުވެފައި ވަނީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވަކި ޕާޓީ އަކަށް އަޣުލަބިއްޔަތު ލިބުމަކީ ގަބޫލުފުޅު ކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އަދި ގާސިމް ވަނީ މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ހުރިހާ ދާއިރާ އަކަށް ކުރިމަތިލާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމްޑީޕީގެ އެ ނިންމުމަކީ ކޯލިޝަންގެ ޕާޓީތަކުން ވެފައިވާ އެއްބަސްވުމާ ޚިލާފުވެ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްލުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަލީ ވަހީދު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސް ގައި ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، މި ވަގުތު ރާއްޖޭގައި އޮތީ ގައުމީ ސަރުކާރެއް ކަމަށާއި މި ފަސް އަހަރު ތެރޭގައި އެންމެން ގުޅިގެން ގައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަށް ރައްޔިތުންނަށް ވައުދުވެފައިވާ ކަމަށެވެ. ހިޔާލު ތަފާތުވުންތައް ހުއްޓަސް މި ފަސް އަހަރު އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ދަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖިލީސް އިންތިހާބުގައި މެޖޯރިޓީން ދޭން އަޅުގަނޑުމެންގެ ކޮމިޓްމެންޓް އޮތީ. ރިޔާސީ އިންތިހާބުގައި ވެސް ނުކުތީ ވަކި ކުލައެއް ފިކުރެއް ބެލުމެއް ނެތި ގައުމީ މަސައްކަތެއްގައި. ރައީސް ޕްރޫފު ކޮށްދެއްވައިފި މިކުޑަ ދުވަސްކޮޅުގައި ވެސް ވަކި ފިކުރަކަށް ނުބަލާނެ ކަން،" އިތުރު ތަފްސީލަކަށް ވަޑައިނުގެން، އަލީ ވަހީދު ވިދާޅުވި އެވެ.
ވަކި ޕާޓީ އަކަށް މެޖޯރިޓީ ދޭން ޖެހޭނެ ކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާޅުގައި ވިދާޅުވެފައިނުވި ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ ނިމުނު ދުވަހު އެމަނިކުފާނު ވަނީ އެމްޑީޕީ އަށް މަޖިލީހުގެ ބޮޑުބައެއް ބޭނުން ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަ
15 February 2019
އެކަމު ކުރިން ބުނި އެންމެން ހަމަ ހަމަ އަށް ބަހާ ވާހަކަ. ޢެހެންތާވާނީ އަމިއްލަ ތަރިކަ މުދާވިއްޔަ މި އެންމެން ވެގެން ބަހަން. ޕާޓީ ސިސްޓަމް ޤައުމު ހާލަކް ކޮށް އަވަދި ވެއްޖެ.. ???????????????
ބަނާނާ
15 February 2019
ރސޯލިހަށް އެގޭނެ ކިހާވަރެއްދީގެންކަން ފުރަތަމަ އަލީވަހީދު ކޮޅުބަދަލުކުރީ. މިހާރުވެސް ހަމައެކަނި ވިލާގެ ހިމާޔަތުގައި ވަޒީފާއަދާ ކުރަނީ. ދެން އޮތީ ޝޯ.
މަރޭމިތުރު
14 February 2019
ސުޕަރ މެންބަރުން މިފަހަރު ގެނުވާނީ! ވަފާތެރިންނަށް ފުރުސަތު ދޭންވާނީ!................................ މެޖޯރިޓީ އޮތީ ރައްޔިތުން ނިއްމިކޮޅަކަށް. ވޯޓަކީ އަމާނާތެއް ވަކިބަޔެކޭ ބުނެ ދެވޭކަށްނެތް. ވަފާތެރިކަން އެންމެބޮޑަށް ބެލޭނީ!
ޚަރަމްޕ
14 February 2019
އަޅެ މީނަގެ ކަރަޕްޝަން ގެ މައްސަލަ ބަލާނެ ލޮލެއް ނެތް މީތަ އިންސާފަކީ
ސައީދުތުރީ
14 February 2019
މިގައުމުގައި އެންމެފުރަތަމަ މަޖްލިސްރީލޯޑް ލިބުނީމާވާނީމިހެން މަޖްލިސްއަގުލަބިއްޔަތު ލިބޭއިރަށް ދެންއިވެނީ ކައުންސިލަރު ލިބުނީމައޭ ވައުދުފުށްދޭނީ މިހާ ތަނަށް ކަންކަންހިގަމުންދާގޮތަށްވިސްނާލީމާ ފެންނަނަތީޖާ މުޅިންވެސް ބަހަނާ މީގެކުރީސަރުކާރުގަވެސް ހިގައިދިޔަގޮތް ފެނިގެން ހިގަށްޖެ މުސްކުޅިންބުނާއަޑުއިވޭ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނޭ އަބޫޖަހުލުބުންޏެއްނު މަށަށްމިފެންނަކަންތައްތައް ކަލޭމެންނަށް ފެންނަނަމަ ތިހެނެއްނުވާނޭ އަބޫޖަހުލުވެސް ބަދަލެއްނުވ
.އިބޫރައީސް އަޢުލބީ
14 February 2019
.ހަންބޯ މިނިސްޓަރާ ދެން ރައީސަށް ތިބުނާ އަޢްލަބިއްޔަތެއް ހޯދާދޭން ގާސިމަށް އާދޭސް ކޮށްގެންވެސް ޖޭޕީން މަޖުލީހަށް ކުރިމަތި ނުލާނެ ގޮތެއް ހަދާބަލަ ޖޭޕީން މަޖުލީހަށް ކުރިމަތި ލުމަށް ދިން ޓިކެޓުތައް އަތުލާ ވީދާލާބަލަ! .ގައިމުވެސް އެހެން ޕާޓީތަކުން ކުރިމަތި ލާނެ ހާދަ ބިރެއްވެސް ގަނެއޭދޯ މިނިސްޓަރުކަން ގެއްލިދާނެތީ ކަލޯ ތި ބުނާ އަޢުލަބިއްޔަތެއް ލިބިއްޖެއްޔާ މޑޕ ފިއަވާ ބޭރު ކޮށްލާނެ.
ހަޖަމް
13 February 2019
އަލީ ވަހީދޫ ގޮނޑި ގެއްލިދާނެތީ ބިރުފުޅުގަތީތޯ މެޖޯރިޓީ ލިބެން ޖެހޭނީ ރައީސަށޭ ތިވިދާޅުވީ ބަލރައީސް އެއީ އެމްޑީޕީ ބޭފުޅެއްނޫންތޯ،
ދަރުބާރު ޢީސާ
13 February 2019
ވެރިކަން ކުރާޕާޓީ އަށް މެޖޯރިޓީ ނުލިބުނަސް ރައްޔިތުނައް ފައިދާހުރި ބިލުތައްފާސްކުރާނެ ރައްޔިތުންގެ މަނދޫބުން! ޗިޕްޖައްސަން އުޅުއްވާނެ ކަމެއްނެއި
ހަކީމް
14 February 2019
2009 ގައި އޭރު އޮތް އިދިކޮޅު ޕާޓީ ތަކުން ތިހެން ކިޔަގެން ވަދެ ޖެއްސުންކުރީ. ދެން ކެއްނުވެގެން 2012 ގައި އެކުރިކަމެއް ކުރީ ...
އެނގިގެން
14 February 2019
2012 ގަ ކުރިކަމެކޭ ކިޔާއިރު އެންމެ ފުރަތަމައިނުންވެސް އެހިސާބަށް ދިޔައިރު ދިވެހި ޤާނޫނު އަސާސީގަބުނާ ސިފަތަކެއް އޭރުގެ ރައީސުގެ ކިބަޔަކު ނެތް. ދެން މާ ފަހުން ގާޒީއަކު ހައްޔަރުކުރީމަ އެކަމަކު އެކުރިކަމެއް ދިވެހި ރައްޔިތުން ނިކުމެ އެކުރީ.
ހަސަން ފުތު
13 February 2019
ނިމިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކީ ނުހައްގުން ރާއްޖޭގެ ރައްޔިތުނައް އެއްމެބޮޑު އަނިޔާވެރިވި ދުޝްމަން ޔާމީން ދެވަނަދައުރަކައް ނުހޮވުނީ ބޮޑައް ވެވުނު ާނިޔާގެ ސަބަބުން!!!
މިސްޓަރ ބީން
13 February 2019
ސަރުކާރަށް މެޖޯރިޓީ ނުދިނީމަ އެ މީހުން ތިބޭނެ ސައިޒުގަ، އެހެން ނޫނިއްްޔާ ބޮލާ ނޮހޮރުއްޕާން ވާނެ، ދެހެން އެހެން ނޫނަސް އިބޫގެ މެނިފެސްޓޯ އަކީ ވަރަށް ވަނދު މެނިފެސްޓޯއެއް، އޭގައި ހުރި ވައުދުތަށް ފުއްދޭނެ މެޖޯރިޓީ ނުދިނަސް.