ރައީސް ޔާމީނާއި ނަޝީދު ސަލާމްކުރައްވަނީ: ނަޝީދު އިސް ދައުރެއް އަދާކުރައްވާ އިދިކޮޅު އިއްތިހާދުން ގެންދަނީ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލައި އިންތިގާލީ ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރަމުން.-- ފޮޓޯ: ސޯޝަލް މީޑިއާ
25 އޯގަސްޓް 2016 - 11:25
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން މިއަދު ބުނެފި އެވެ.
ބީބީސީގައި މިއަދު ޝާއިއުކުރި ރިޕޯޓެއްގައި، އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ބުނި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުމުގެ "ފިޔަވަޅުތައް" ވަރަށް އަވަހަށް އަޅަން ވަނީ ރާވާފަ އެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެކަން ފެންނާނެ ކަމަށާއި އެކަމަކު މި ރޭވުމުގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
"މިއީ ގާނޫނީ ހަމަތަކުގެ މަތިން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތެއް ކަމަށް [އިތުބާރު ހުރި] ފަރާތްތަކުން ބުނޭ،" ބީބީސީ ޓީވީން ވެސް ދެެއްކި ރިޕޯޓުގައިވެ އެވެ.
ރާއްޖޭން ބޭރުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ސަރުކާރު ވައްޓާލަން ރާވަމުން ދާކަން އެނގިފައިވާ ކަމަށް ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެން ޝިހާބު ބީބީސީ އަށާއި ފަހުން "މިހާރު" އަށް ވެސް ވިދާޅުވި އެވެ. އެކަމަކު، މި ސަރުކާރުން ވެރިކަމަށް އައީ މިނިވަން، އިންސާފުވެރި ކަމަށް އެންމެން ބަލައިގެންފައިވާ އިންތިހާބެއް ކާމިޔާބުކޮށްގެން ކަމަށާއި އެހެންވެ ސަރުކާރު ވައްޓާލުމަކީ ބައިނަލްއަގުވާމީ އުސޫލުތަކާއި މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ޑިމޮކްރެސީތަކެއްގައި ވެސް ދެން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައަޅާނީ ރައްޔިތުން، އިންތިހާބަކުން،" ޝިހާބު ވިދާޅުވި އެވެ.
ބީބީސީގެ ރިޕޯޓުގައި ދެން ބޮޑަށް ހިމަނާފައި ވަނީ ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކެވެ. އޭގެ ތެރޭގައި ހިޔާލު ފާޅުކުރުން ހުއްޓުވުމަށާއި އެއްވެ އުޅުން ހަނިކުރަން ހެދި ގާނޫނުތަކުގެ އިތުުރުން ނޫސްތަކާއި ނޫސްވެރިންނަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ހިމެނެ އެވެ. އަދި ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ބުނި އިރު، އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އިދިކޮޅު ލީޑަރުން ވަނީ އެއްގަލަކަށް އަރުއްވައި އިދިކޮޅު އިއްތިހާދެއް އުފައްދަވާފަ އެވެ.
ސަރުކާރު ވައްޓާލައި އިންތިގާލީ ވެރިކަމެއް ގާއިމްކުރަން އުފެއްދި އެ އިއްތިހާދުގެ ބައެއް ލީޑަރުން ވަނީ އަވަށްޓެރި ސްރީ ލަންކާ އަށް އިއްޔެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިއްތިހާދުގެ ލީޑަރު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެނގިފައިވާ ގޮތުގައި އެ ބޭފުޅުން ލަންކާ އަށް ވަޑައިގަތީ "ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށެ"ވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގެ އިތުރަށް، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވެސް ވަނީ ބައިބައިވުން އުފެދިފަ އެވެ. އެ ގޮތުން، ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ވަނީ ވަރަށް ބޮޑު ކޯޅުންގަނޑެއް އުފެދިފަ އެވެ. އެ ކޯޅުމާ އެކު، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ދެ ބޭފުޅުންގެ ފެކްޝަން އުފެދި، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާއިން ވަނީ ތަހުގީގީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. މި ރިޕޯޓު މި މަހުގެ 30 ގައި އިނގިރޭސިވިލާތުގައި ޕްރިމިއާ ކުރަން ވަނީ ހަމަޖައްސާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެރީ
26 August 2016
ޢަހަރުމެންގެޕާޓީއެމްޑީ.ޕީ ރުއްސަން މޮޔަނުގޮވާތިބެވޭތޯބަލާބަލަ
ޖާދޫގަރު
25 August 2016
ޙަޅޭއްލަވާ އެއްޗިހިކިޔާ، ނޫސްތަކުގަލިޔެ، ސޯސަލް މީޑިއާގަ ގޮވުނު އެއްޗެއް ގޮވާ، މުޒަހިރާކޮށް، ބައިނަލް އަގުވާމީ ގައުމުތަށް ލައްވާ ޕްރެށަރު ކޮށް ގެންވެސް ނުވެއްޓުނު ސަރުކާރެއް، އަދި އެތެރެއިން ނާއިބޭރުން ހަބޭހަށް ރޭވުންތަށް ކެނޑިނޭޅިކޮންމެ ދުވަހަކު ރާވާއިެުވެސް ކަހެރުވަކެކޭ ވެސް ހިތަކަށް ނާރާ! ދެން މިހާރު ޖަހަން އޮތީ ކޮން ސަކަރާތެއް؟
މޯޑް
25 August 2016
ލަންޑަން ކުލަބް ވަރެއް ނެތް!!!!!
އަދަދުނޭގޭ
25 August 2016
މިހާރު މިސަރުކާރު ވެއްޓި އަދަދު ގިނަކަމުން އަދަދުވެސް ނޭގޭ! ބޮދު މުޒާހިޜާ ބާއްވާފަ ސަރުކާރު ވައްޓާލާފަދޯ ައލީ ވަހީދު މެން ޔޫކޭ އަށް ދިޔައީވެސް. މިހާރު އަނެއްކާ ކުޑަދުވަސް ކޮޅެއްގެ ތެރޭގަ ވަށްޓާލަނީޢޭ ކިޔަކިޔާ ތިއްބާ 2018 އަންނާނީ. މިކަހަލަ ގޮތަކަށް ނޫނީ ކިހިނެތް ސަޕޯޓަރުން މާޔޫސް ނުވެ ހިފަހައްޓާނީ! ރަނގަޅު ގޭސްގަޑެއް!!
ޅިޔަނު
25 August 2016
މިސަރުކާރަކީ ވައްޓަން އުޅޭވަރަށްވުރެ ބޮޑަށް ވެއްޓިފައޮތް ސަރުކާރެއް. މިސަރުކާރަށް އިޚްލާސްތެރި، މިއީ ރައްޔިތުންނަށްޓަކާ އޮތް ސަރުކާރެއްކަމަށް ގަބޫލުކުރާމީހަކު ނެތް. މިސިފަތައް ނެތްނަމަ އެއީ ސަރުކާރެއްނޫން.
ބޮޑުބެ
25 August 2016
މިސަރުކާރަކީ ގިނަމީހުން ގަބޫލްކުރާގޮތުން އެއްގޮތަކަށްވެސް ސައްހަ ސަރުކާރެއްނޫން އެހެންނަމަ ސްޕްރީމް ކޯޓުން ބަހުބަސް ބުނާކަށް ނުޖެހުނީސް އެތައްފަހަރަކު ވޯޓްކަށްވެސް ނުޖެހުނީސް. އޮޅުވާލަންނޫޅޭ ސައްހަކަން އެއްގޮތަކަށްވެސް އޮތް ސަރުކާރެއްނޫން!
އަލީ
25 August 2016
އުފާވެރި ޚަބަރެއް. އަލްހަމްދުލިﷲ
ޢަލީ
25 August 2016
އަލްހަމްދުﷲ، މި ޚަބަރަކީ ސަރުކާރުތެރެއިން ފަޅާލައިގެން އުޅޭ ޚަބަރެއް
ފޫހިފިލުވުން
25 August 2016
ދިވެހިންނަކީ ފޫހި ފިލުވަން އަނގަތަޅާ ހިތްވާ ބައެއް. އަދި ހަމަތިބެފަ ސްޓޯރީ ހަދައިގެން ވަރަށް މަޖާ ވާހަކަ ހުއްޓާ ނުލާ ދައްކާ ބައެއް. މިހާރަކަށް އައިސް އެންމެ ފޯރީގަ ދައްކާނީ މުޅިންވެސް ސިޔާސީ ވާހަކަ. ކިތަންމެ ބަޢިވަރު ގާނޫނެޢް ހެދިޔަސް ދިވެހިންގެ ދުލަކު ނުހިފެހެއްޓޭނެ. އަންނި މެންނަށް އެނގޭ ދިވެހިންގެތެރޭ ވާހަކަ ގިނަ ކޮށްލާ ފޯރި ގަދަ ކޮށްލަން. މިއަކަށްވުރެ މަޖާ މޮޅުވާހަކަ އެޢް އޮންނާނެތަ؟
ސަންޕު
25 August 2016
އަހަރެމެންތެރެއިން ގިނަ މީހުން ހިތައްއަރާކަންނޭގެ ވެރިކަން ވައްޓައިގެން ވަރަށް ފައިދާވެޔޭ. ހަމަ އެއްކަމެއްވެސް ނުވޭ. ހަމަ ގެއްލުމުގެ މައްޗަށް ގެއްލުންވަނީ.
އިމުރާނު
25 August 2016
މިލިއުމަށް ކޮމެންކުރާ ގިނަމީހުންނަކީ ވަކަި ހުމެއް ޖެހިފަ ތިބި ބައެއްކަން ފާހަގަ ކުރެވޭ. ވާނުވާ ނޭންގި ތެޅެނީ ބަޔަކު ގައުމުން ބޭރަށް އަރުވާލެވިގެން ހުރެ ޔަހޫދީން ބުނާގޮަތްހަދަންވެގެން ތެޅިބާލަނީ. އެމީހުން ބުނާގޮތް ހަދައިގެން ވެރިކަންތައް ބަދަލުކުރި ގައުމުތަކުގެ ހާލު އެނގޭތަ. ކަލޯމެން ކިތަންމެވަރެއް އެރުވިޔަސް ޔަހޫދީންނަށް މި ގައުމުން އިސްތައްޓެއްގެ މިންވަރުވެސް ނުދޭނަން އަދި އެމީހުންނަށް ވާގިވެރިވާ ދިވެހިން ހިފާ ހައްޔަރުކޮށް އަދަބުވެސް ދޭންވީ.
މީހެއް
25 August 2016
މެޖޯރިޓީއަށްވަނީ ހުންޖެހިފައި ކަމަށް ބެލެވޭ... ރާއްޖެއަށް އަބަދުވެސް ޔަޙޫދީން އަތުވޭ، މިހާރު ކުރިއަށް ވުރެން ގިނައިން އަންނަ ކަމަށް ލަފާކުރެވޭ (ޓުއަރިޒަމް މިނިސްޓްރީގެ ސްޓެޓިސްޓިކްސް އަށް ރިޢާޔަތް ކޮށްފައި). އެވެ.
އަލީ
26 August 2016
ޔްހޫދީން ރާއްޖެ އައުމާ މިގައުމު ފޭރިގަތުމާ ތަފާތު ވާނެ.