ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލު ބަލަހައްޓާ ގާޑެއްގެ ބެލުމުގެ ދަށުން ލޯންޗަށް އަރައިވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ފެބުރުއަރީ 2019 - 17:50
މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރުމަށް ބޭރުގެ ޖަމާއަތަކުން މިއަދު ގޮވާލައިފި އެވެ.
އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރީފޯމިސްޓް އިން ޔޫރަޕް (އޭސީއާރުއީ) އިން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ހައްޔަރު ކުރީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުން ދަނިކޮށް ކަމަށެވެ.
އޭސީއާރުއީ އިން ބުނި ގޮތުގައި ޔާމީން ހައްޔަރު ކުރީ ސިޔާސީ މަގްސަދެއްގަ އެވެ.
މަޖިލިހުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ޔާމީން ހައްޔަރު ކުރުމަކީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން މިނިވަންކަމާއެކު ކެމްޕެއިން ކުރުމަށްޓަކައި އެޅިގެންދާ ބޮޑު ހުރަހެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭސީއާރުއީގެ ބަޔާނުގައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި އޮތް ކަމަށް ބުނެ، އެކަންކަން ތަހުގީގު ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލައިފަ އެވެ. އަދި އީޔޫގެ މޮނިޓަރުންގެ ވަފްދެއް ރާއްޖެ ފޮނުވައި، ގައުމުގެ ހާލަތު ބެލުމަށް ވެސް ބަޔާނުގައިވެ އެވެ.
މީގެއިތުރުން ރާއްޖޭގައި އޮތް ޑިމޮކްރަސީ އަށް އިހްތިރާމްކޮށް، ކުރިއަށް އޮތް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ކަށަވަރުކޮށް ދިނުމަށް އެ ބަޔާނުގައި ސަރުކާރަށް ގޮވާލި އެވެ.
އޭސީއާރުއީއަކީ އީޔޫ ހަރުދަނާ ކުރުމަށް 21 ގައުމެއްގެ މެމްބަރުން ހިމެނޭ ގޮތަށް އުފައްދާފައި އޮންނަ ޖަމާއަތެކެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އިޓަލީ އާއި ފިންލޭންޑާއި ޗެކް ރިޕަބްލިކާއި ބަލްގޭރިއާ އާއި ކްރޮއޭޝިއާ އާއި ފިންލޭންޑާއި ޖަރުމަނު ފަދަ ގައުމުތަކުގެ މެމްބަރުން ހިމެނެ އެވެ.
ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަން ރިޝްވަތު ދޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ތުހުމަތުކޮށްފައިވާތީ އެވެ. އެހެންވެ، އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.
މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
28 February 2019
ޔާމީނަށް މާވަރުގަދަ އެވޯޑެއް ދިން އިންޑިއާގެ އޮޓޯދުއްވާ މީހާގެ ޖަމާއަތުންވެސް ޔާނީނު މިނިވްން ކުރަން ގޮވާލަން ވީނުން.
ލަނޑަޔާ ވާނީ ލަނަޔާ
28 February 2019
ތި ޖަމާއަތަކީ ކޮންބައެއްކަން އަހަރެންނަށް އެނގޭ. ތީ ވިލާތުގެ ފާ ރައިޓް ހައްދުފަހަނައަޅާފައިވާ ޖަމާއަތެއް. ވިލާތުގެ ޕީޕީއެމް. ހަމަ ލަނޑަޔާ ވަނީ ލަނޑަޔާ...
ޒައީމް
28 February 2019
ކީކޭ؟ ކޮން ޖަމާއަތަކުންނޭ؟ މަވާ ދުނިޔޭގެ ނޫހެއްގެ އަރިމަތި ސުރުހީއަކުންވެސް ތިހަބަރު ނުދެކެން. ލޮލް
ޅަކޮއިޗަކޮޔާ
27 February 2019
ގައިދީ ޔާމީނު ދިވެހި ދައުލަތުން ނެގި ފައިސާ ދައްކާފަ މ ނިވަންވާންވީ ކާކުތޯ ބުނީ 1.3 ބިލިއަން ވަގަށް ނަގާށޭ
ތަންދޮރު
27 February 2019
އެބަޔާނުގައި އޮތްކަމަށްވަނީ މިއީ ރާއްޖޭގައި އިންތިހާބަކުން ބަލިވުމުން ވެރިކަން ހަވާލުކުރެއްވި ފުރަތަމަ ރައީސުކަމަށްވެސް. މިފެންވަރުގެ ޖަމާއަތަކަށް ރާއްޖޭގެ ކަންކަން އެނގެނީ ކިހާމިންވަރަކަށްބާއޭ ސުވާލުއުފެދޭ. ނޫނީ މިއީ ބަޔަކު ގަސްތުގައި ހަގީގަތް އޮޅުވާލަން ކޮށްފައިވާ ކަމެއްބާއޭ ހިތަށްއަރާ.
ޝޮކްތެރަޕީ
27 February 2019
އަޅުގަނޑަ ޔަމިން ޖަލައްލަގެން ކަންބޮޑެއް ނުވޭ. އަޅުގަނޑަ މަސްސަލައަކީ މިޤައުމުގެ މިނިވަންކަން އިންޑިޔާ ފޭރި ގަންނާތީ.
މިންޖާ
28 February 2019
މަށަށްވެސް ހެޔޮ ޔާމިނު ޖަލުން ނުނެރުނަސް. އެކަމު އިންޑިއާ މީހުނަށް މި ގައުމު ދީގެން ނުވާނެ! މިހާރު ވަރަށް ފާޅުގަ މި ސަރުކާރުން މިކަން ކުރަމުން ދާ ތަން އެބަ ފެނޭ! ދިވެހިން މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ! އެއާޕޯޓުން ވެސް އިންޑިއާ ސިފައިން ނުފެންނަ އިރެއް ނުދޭ! ބޮޑު ކަމަކަށް ވެއްޖެ!!
މީޓް ލަވަރ
27 February 2019
މީގެން ދޭހަ ވަނީ ބޭރުގައުމުތަކާ ޖަމާތްތަކުގެ ކަންބޮޑުވުމަކީ ގަނެވޭ އެއްޗެއްކަން.
ހަސަނު
27 February 2019
މި ރާއްޖޭގާ ކަންކަން ކުރާ ގޮތާ ނުބެހެވޭނެ ބޭރު މީހުންނަކަށް...
އާމީން
27 February 2019
ރައީސް ޔާމީން އޮތީ ވެރިކަންކުރަންވީގޮތް ދައްކުވާދީފަ. ބޭރު ގައުމުތަކަުން ރާއްޖޭގެ ދާހިލީ ކަންކަމަކާ ނުބެހެވޭ. މަނީލޯންޑްރީފަދަ ކަންކަމަކީ އިންޓަނޭޝަނަލް ކަންކަން، ބޮޑެތި ކުއްވެރިން އެއީ އެފަރާތްތަކުންވެސް ބޭނުންވާ
ކޮބާ..ކޮބާ
27 February 2019
ޔާމީން ރައީސް ކަމުގަ ހުންނަވައިގެން ޖަލަށް ލީ މީހުންނާ ބެހޭ ގޮތުން ތިޔަ ފަދަ ޖަމާއަތް ތަކަށް ވަނީ ފިސާރި ރަނގަޅު ޖަވާބު ތަކެއް އެމަނިކުފާނު ދެއްވާފަ.. ހަމަ އެ ޖަވާބުތައް ތިޔަ ޖަމާއަތް ތަކަށް ދީފަ، ބުނޭ " މިއީ ރ.ޔާމީން ވެރިކަމުގަ ހުންނަވައިގެން ދެއްވާފަ ހުރި ޖަވާބު ތަކޭ"..ޚަލާސް...