ރާއްޖެ އައި މީހެއްގެ ލަގެޖް ބަލައި ފާސް ކުރަނީ: ރާއްޖެ އެތެރެކުރި ބުދުތަކެއް ވަނީ ކަސްޓަމްސް އިން ހިފަހައްޓާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
04 މާޗް 2019 - 10:24
ރާއްޖެ އަށް އިންޑިއާ އިން އެތެރެކުރި، އަޅުކަން ކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ބުދުތަކެއް ކަސްޓަމްސް އިން ރޭ ހިފަހައްޓައިފި އެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް މިއަދު އެކަން ކަށަވަރު ކޮށްދެއްވި ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. އެ ބުދުތައް އެތެރެކުރި މައްސަލައިގެ މައުލޫމާތު ނޫސް ބަޔާނަކުން ކަސްޓަމްސް އިން އާއްމުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ބުދުތައް އެތެރެކުރީ ވައިގެ މަގުންނެވެ. އެކި ސައިޒުތަކުގެ އެ ބުދުތަކަކީ، އަޅުކަން ކުރަން ބޭނުންކުރާ އެއްޗެހިތަކެއް ކަމަށް ވެ އެވެ. އެއީ، ކޮން ބަޔަކު އެތެރެކުރި އެއްޗެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ބުދު ދީނުގެ ޚާއްސަ ދުވަސްތައް ފާހަގަކުރަން މީގެ ކުރިން ވެސް ރާއްޖެ އަށް އެތެރެކުރި ބުދުތައް ކަސްޓަމްސް އިން ހިފަހައްޓާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
04 March 2019
ލިޔުންތެރިއެއްގެ ގަލަމަކުން ރާއްޖެއާއި އިންޑިއާއާއި މިއޮތް ވަރުގަދަ ގުޅުމަކަށް ކުޑަ ބަދަލެއްވެސް ނުގެނެވޭނެ! ކިތަންމެ ދެލިހިނގިޔަކަސް ގަލަމަކު. އިންޑިއާމީހުން ގެނައިއެއްޗެއް އެބުދުތަކަކީ! ރާއްޖެ އިސްލާމްވިފަހުން ދިވެއްސަކު ބުދައް އަޅުކަމެއްނުކުރޭ! ނުވެސް ކުރާނެ! ކިތަނަމެ ވަރަކަށްވެސް ދޭތެރެ ޖައްސައި ފިތުނަ އުފައްދަން މަސައްކަތް ކުރެވިދާނެ! މިމެސެޖް ޖަހާލަންވެސް ނުކެރޭނެ!
ހުޒާ
04 March 2019
ބްރިޖާއި ދިމާލަށް ހުންނަ ފިހާރައެއްގައި ބޭރަށް ފެންނަގޮތަށް ހެދުން އަޅުވާފައި ހުންނަ ބޮޑެތި ބުދުދަތެކެއްހުރޭ. އެ ކިހިނެތް އެތެރެވި ބުދުތަކެއްބާ؟؟؟
ޒިރޯވަން
04 March 2019
ދުވަސްކޮޅަކުން ގެރި މާތްވެ ކެއުން ހަރާމްވެއްޖެ ކަމަށް ފެހި ޤާނޫނުއަސާސީ ގައި ނުލިޔުނިއްޔާ ރަގަޅު...
ރައްޔިތުމީހާގެދަރި
04 March 2019
ތިބުޏާ ބުދުތައް މިނިމިދިޔަ ސަރުކާރުން ރާއްޖެއަށް އެތެރެނުކުރަނީތަ؟ ތަފާތަކީ ބުދުއެތެރެކޮށް ބަހައްޓާނެތަނެއްގައި ބަހައްޓާ އެއަށް އަޅުކަންކުރާނެ ބަޔަކު އަޅަންކުރަށްފެށުމުގެ ކުރިން މިސަރުކާރުން އެ ހިފަހައްޓާ އެކަން އެއްމެންނަށް އެނގޭނެގޮތަށް އިޢުލާންކުރިކަން، މީގެކުރިން ކަމަށްވަންޏާ އެބަހައްޓާނެތަނެއްގައި ބަހައްޓާގެން އެއަށް އަޅުކަންވެސް ކޮށްފައެބަހުރި، އަދި މިހާރުވެސް އެ އެތެރެކުރި އެއްޗެހި ފޮރުވައިގެން ގެންގުޅެމުންދާނެ
ވާލުސޮރު
04 March 2019
އދ. އަތޮޅުގަ ބޭރުމީހުން ހިންގާ ރިސޯޓެއްގެ އޮފީހުގަ އަޅުކަންކުރާ ބުދު ބަހައްޓާފަ ހުއްޓާ ދެލޮލުން ދުުށިން. އެވެސް އެއީ ރާއްޖެ އެތެރެ ކޮށްފަހުރިއެއްޗެއް ކަމަށް ގަބޫލުކުރެވޭ. ކީއްވެބާ އެ ބުދު ނުހިފެހެއްޓީ.
ޟާމް
04 March 2019
ކީއް ކުރަން ތޯ ހިފެހެއްޓި ރަންބިސް އަޅާ ކުޅުޅު މަރުވެދާނެ
ރުޅި
04 March 2019
އެމްޑީޕީ ވެރިކަމަށް އައުމުން އިންޑިއާއަށް އިހްސާސްވަނީ ދިވެހިރާއްޖޭގައި ވެރިކަން ކުރަނީ އެމީހުންނޭ. ދެން އެހެންނޫނަސް ތިޔަ ބުދު ފައްޅި އެޅުން ދެން މާދުރެއްނޫން. ފުރަތަމަ ފައްޅި އަޅާނީ ހުޅުމާލޭގައި. ސަބަބަކީ ހުޅުމާލޭގައި އެހަދާ ރީތި ފްލެޓްތަކަކީ ބިދޭސީންނަށް ގަނެ މިލްކްކުރެވޭ ފްލެޓްތަކެއް. އެ ހިސާބުން ބިދޭސީންނަށް ރައްވެހިކަންލިބޭނެ. ދެން އެހެންވީމާ އެމީހުންވާނީ ދިވެހިންނަށް. މިކަންކުރީ ގާނޫނުއަސާސީ ބަދަލުކޮށްގެން ޕީޕީ އާއި އެމްޑީޕީގުޅިގެން.
ގޫގުލާ
04 March 2019
ތެދެއް ތި ބުނީ.. އެމްޑީޕީ އާއި ޕީޕީއެމަކީ ދެބަޔަކަށް ބަހާލެވިގެން އުޅޭ އެއްބަޔެއް އަޑިއަޑިން.. ހަނާވާނީ އާންމު ރައްޔިތުން.. 2 ޕާޓީގެވެސް ބޮޑުން އުޅެނީ ނުލާހިކު އަރާމާއި ލައޒަތުގަ..
ހޯރަބެ
04 March 2019
ނުރައްކަލާ ކުރިމަތި ވަނީ. މި ބައެއްގެ ބޮޑު ރޭވެމެއް.
އަބްދުﷲނާފިޒް
04 March 2019
އާނ, އަދިކިރިއާ ނުރައްކަލާ ކުރިމަތިވާން ތިއުޅެނީ, އެހެންނުވާނީ ރާއްޖެއަށް ބުދުއެތެރެކުރަން އުޅުނު ފުރަތަމަ ފަހަރުވިއްޔަ, ދެއްތޮ. ހަޖަމު ނުވިއަސް ތިހެން ދެން އުޅެނީކީއްކުރަން
ކަސްޓަމް
04 March 2019
ކެމްޕެއިން ސްޓަންޓުތަ؟
ހީވާނެ
04 March 2019
އިންޑިއާ މީހުންނަށްވެސް މިހާރު ހީވާނެ ތިޔަކަހަލަ އެއްޗެހި މާ ފަސޭހައިން އެތެރެކުރެވޭނެ ކަމަށް. ދެގައުމުގެ ގުޅުން ބަދަހިވެގެން ގޮސް އެއްބާރުލުން އިތުރުވީވީނުން އެމީހުންނަށް މިގައުމުގައި ނުކުރެވޭނެ ކަމެއް ދެން ނޯންނާނެ ކަމަށް ހީވާން ނުފަށަންވީ ކީއްވެ؟ އަހަރުމެން ބާރުދެރަ ގައުމެއްވީމަ މިއޮތީ އެމީހުން ބޭނުންވެއްޖެނަމަ ހިފޭ ގޮތަށް ކަމަށް އިސްވެރިން ބުނަންފެށީމަ ދެން ޝައްކެއް ނޯންނާނެ.
އަރޫ
04 March 2019
ސިއްރުފެންފުށީގަ ބަހައްޓާފަހުރީ ބުދެއްނޫން އެއީ އާރޓް ގެލެރީއެއް، އެވެސް އަންޑަރވޯޓަރ. ވައްސަލާމް