ނޭކުރެންދޫ ކައުންސިލަރުންނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވަނީ. ރަށް ދޫކޮށް މީހުންދާ ކަމުގެ ޝަކުވާ ކައުންސިލަރުން ކުރެއްވި. ފޮޓޯ: ރައީސް އޮފީސް
04 މާޗް 2019 - 22:46
ނޭކުރެންދޫ ކައުންސިލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، ރަށުން ހިޖުރަކުރާ މީހުން ގިނަވާތީ އެ ކަންބޮޑުވުން ހިއްސާކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ނޭކުރެންދޫ ރަށު ކައުންސިލްގެ މެމްބަރުންނާ ރައީސް މިއަދު ބައްދަލުކުރެއްވި ކަމަށާއި ރަށުގައި އަސާސީ ހިދުމަތްތައް ފުރިހަމަ ވެފައި ނެތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ކައުންސިލަރުން ރައީސަށް ދެންނެވި ކަމަށެވެ. އެގޮތުން، އުމްރާނީ ވަސީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ޝަކުވާ ވެސް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ.
ހިދުމަތްތަކާއި ވަަސީލަތްތައް ނެތުމުން ގިނަ ބަޔަކު ރަށް ދޫކޮށް ހިޖުރަކުރާ ކަމުގެ ކަންބޮޑުވުމުގެ އިތުރުން ނޭކުރެންދޫ ކައުންސިލުން ކުރި އަނެއް ޝަކުވާ އަކީ ކައުންސިލުގައި މުވައްޒަފުން މަދު ކަމުގެ ޝަކުވާ އެވެ. އަދި ޒުވާނުންނަަށް ވަޒީފާގެ ފުރުސަތު އިތުރު ކޮށްދިނުން މުހިއްމުކަން ވެސް ކައުންސިލުން ފާހަގަކުރި އެވެ.
ނޭކުރެންދޫގެ އާބާދީގައި 800 މީހުން ހަމައެއް ނުވެ އެވެ. އެރަށުގެ އާބާދީ އަކީ 2006 ވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުން 717 އެވެ.
ރައީސް އޮފީހުން ބުނީ ނޭކުރެންދޫ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ކުރަން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރުގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ނޭކުރެންދުއަށް ކުރެއްވި ޒިޔާރަތުގައި ވައުދުވެވަޑައިގެންފައި ވަނީ ނޭކުރެންދޫގެ ކުޅި އާއި ޗަސްބިން ހިމާޔަތްކޮށް، އެ ތަންތަނާ އެކު ލޯކަލް ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކޮށްދެއްވާނެ ކަަމަށެވެ. އެވައުދާ އެއްގޮތަށް އެރަށުގެ ކުޅިއާއި ޗަސްބިން މިހާރު ވަނީ ހިމާޔަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދަރު
05 March 2019
ބައްލަވާ ކައުންސިލަރުން އެދެން ޖެހޭ ކަމަކީ ، ވަސީލަތްތައް މަދުވެ މީހުން ހިޖުރަކުރާތީވެ މުޅިއާބާދީ އެހެން ރަށަކަށް ހިޖުރަކުރެވޭނެ އިންތިޒާމު ހަމަ ޖައްސައިދުނުމަށް ދޯ!
ޙަބީބު
05 March 2019
ކުޅުދުއްފުށި ހިއްކިބިމުގަ 25 ބުރީގެ 4 ޓަވަރު އަޅާފަ ބަދަލުކޮއްލާ ނޭކުރެންދޫ ބާއްވާ ރިސޯޓެއް ހަދަން ބޮޑުކަނޑޫފަލާ އެއްޗެހި އެބައޮތް ގެސްޓުން ވަރައް ޝައުގުވެރިވާނެ ބަލަން
5555
05 March 2019
އަޅޭ މި ކާކުތަ. ކުޅޫދުއްފުށީ މީހުނޭ. ގެސްޓުން މަޖާކުރަން ބިން ދީފައި ކަލޯ ކުޑަ ގޮޅިއަކަށް ވަނީމަ އެވީ ކޯއްޗަކަށް.
ލަމްކޮ
05 March 2019
މީހުން ބަދަލު ކުރަންވީ އެއް ނޫން. ނޭކުރެންދޫ ތަރައްގީ ކުރަންވީ.
ޒައިޝް
05 March 2019
ތި ޢަދަދަށް ވުރެ މަދު އާބާދީތައް ރާއްޖޭގަ ހަމަ ވަރަށް ގިނަ. ޚާއްސަކޮށް ވ. މ. ނ. ތ. މި އަތޮޅުތަކުގަ
ސަލީމު އިދުރީސް
05 March 2019
ނެކުރަންދޫ އެއީ ބިމުގެގޮތުން ހދ އަތޮގައޮއް އެންމެބޮޑުރައް 200 އަހަރު ކުރިޔައް ބެލިޔަސް އެރަށުގެ ބިމެއްނުފުރޭނެ! އެކަމަކު މާލެ ސަރަހައްދު މިދާވަރުން ދަންޏާ ވަރައް އަވަހައް ފުރިދާނެ! މިހެން ބުޏަސް ހުޅުމާލެ ގުޅިފަޅު މާލޭގަމިހާރުއޮތްގޮތައް އާބާދު ކުރާނަމަ އަދި ދުވަސްނަގާނެ! އެކަމަކު މާލެ ތިއީ އިންސާނުން ދިރިއުޅެއް ކަމުދާ މާހައުލެއް ކަމައްގަބޫލު ނުކުރެވޭ!ރާއްޖެއައްއެންމެ އެންރަޅުގޮތަކީ ބޮޑުހަރަދުކޮއް ބިންކީމައްވުރެ ހިކިފަހުރިބޮޑެތިރައްތައްފަޅުނުކޮއް
ކަރަންކާ
05 March 2019
މިލިޔުމުގަ ނޭކުރެންދޫގެ އާބާދީއެވަނީގޯސްކޮން، ރަނގަޅުއަދަދަކީ 1338
ކަރަންކާ
05 March 2019
ރަނގަޅުއާބާދީ 1398. ޙަބަރު ލިޔުއްވި ފަރާތުން މި ރަނގަޅުކޮށްލަންޖެހޭ
އަލިހަންޑޯ ޓޮލޭޑޯ
05 March 2019
ނޭކުރެންދޫގެ ރަޖިސްޓްރީކުރެވިފައިވާ އާބާދީ 1400 އަށްވުރެ ގިނަވާނެ. ބޯހިމެނުމުގައިވަނީ ރަށުގައި އެވަގުތު ދިރިއުޅޭ އާބާދީ. 800 މީހުން ދިރިއުޅޭކަމަށް ބޯހިމެނުމުން ދައްކާނަމަ އެއިން އެނގެނީ ގާތްގަނޑަކަށް 50 ޕަސެންޓް މީހުން ހިޖުރަކޮށްފައޭވަނީ. އަތޮޅުގެ ގިނަރަށްރަށް ދަނީ ފަޅުވަމުން. ޚާއްޞަކޮށް ވައިކަރަދޫ، ހިރިމަރަދޫ، ފިނޭ، ނެއްލައިދޫ، އަދި ނޮޅިވަރަންފަރުގެ މީހުން ހިޖުރަކުރުން މައްސަލަ ބޮޑު. އާބާދީގެ ނިސްބަތުން އެންމެ މިމައްސަލަކުޑައީ ކުޅުދުއްފުށިގައި.
މައިނ
05 March 2019
ހުރިހާ ހިދުމަތެއް ކުޅުދުއްފުއްޓަށް ދީފަ އޮތީމަ އެންމެ ތިމައްސަލަ ކުޑަވާނީ ކުޅުދުއްފުށީގައިތާދޯ. ނޭކުރެންދޫވެސް ތަރައްޤީ ކުރީމަ ޔަގީނުންވެސް ރަށޫ ރައްޔިތުންނާއި އެހެން ރަށް ރަށުގެ މީހުންވެސް އެރަށަށް ހިޖުރަކުރާނެ
މަރިޔަމް ނާސިހާ/އަސްލުމާލެ
05 March 2019
ދެރެނުވޭ މުޅި ރަށުގެ އަބާދީ ތިރަށުގައި ކަލޭ މެން 4 މީހުންގެ ދުއްޕާނުގެ ސަވަބުން އެހެން ދިމާލަކަށް ކަހާލިޔަކަސް ކަލޭމެން 4 ބޮސް އަސް ވަޒީފާ އޮންނާނެ ، މުސާރަ ލިބޭނެ ނިދަންވެސް ޓައި އަލާ، މިސްކިތަށް ބޯޓުކޮޅާއި އެކު ވަދޭ. މިފަދަ އެތަކެއް ކަމެއް ކުިރިޔައް ދެވޭނެ..
ސީސާ ނައީމް
05 March 2019
ކައުންސިލް ކަން ނުލިބުނީމާ ދެރަވަނީދޯ ނުހުއްޕާހުރޭ
ހަސަން ނުވަވަނަ
05 March 2019
އަހަރުމެން ހީކުރީ ކެރަފާ ނަޝީދު ގެނައި ފެރީ ނިޒާމުން ކަލޭމެންނަށް އުޅެވޭނެ ކަމަށް. އެއީނު ތަރައްގީއަކީ.
ސަފީރު
05 March 2019
ބާކީތިބި ރައްޔިތުންތައް ގޮވާގެން ކަލޭވެސް ނައްޓާލަ އެހެން ރަށަކަށް..
ބަޖެޓުން
05 March 2019
ނޭކުރެންދޫން ހިޖުރަކުރާ މީހުން ގިނަވުމުގެ ކަންބޮޑުވުން ރައީސަށް ހުށަހަޅައިފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ތިޔާ ނޭކުރަންދޫ ގައި ދެން އިތުރަށް މީހުން އާބާދު ކުރުވާނެ ކަމެއް ނެތޭ އެންމެން ދަމާ ހަލާ ނަމަވެސް ގެންނަންވީ މާލެ ސަރަހައްދަށް ގެނެސް އަޅާލަންވީ ގުޅިފަޅަށް އެއިރުން ދެން ދައުލަތުގެ ބަޖެޓުގެ ރިކަރަންޓް ޚަރަދު ވެސް ކުޑަވާނެ އެއް ނޫންތޭ ނުޖެހޭނެ ދެން ނޭކުރަންދޫގެ އިންފްރާސްޓްރަކްޗަރ އަށް އިތުރަށް އިންވެސްޓް ކުރަން ދައުލަތުގެ