ކުރީގެ ހޯމް މިނިސްޓަރު އަޒްލީން: ޕީޕީއެމުން ވަކިކުރަން ވަނީ ނިންމާފައި.--ފޮޓޯ: ނިޝާން އަލީ/ މިހާރު
08 މާޗް 2019 - 20:04
ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އޭނާ ޕާޓީން ވަކިކުރަން ނިންމާފައިވަނީ، ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަނުން ހުޅުމާލެ ދާއިރާ އަށް ކެންޑިޑޭޓެއް ނެރެފައި ވަނިކޮށް އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން އަޒްލީން ނިންމެވުމުންނެވެ. ޕީޕީއެމްގެ ސުލޫކީ ކޮމިޓީ އަށް މިިދިޔަ ހުކުރު ދުވަހު ހުށަހެޅި މައްސަލަ ބެލުމަށް ފަހު ބުނީ ޕާޓީގެ އަސާސްތަކާ އޭނާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
"..ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއި ދެމެދު 1 ފެބްރުއަރީ 2019 ގައި ހަދާފައިވާ އެއްބަސްވުމާއި އަޒްލީން ހިލާފުވެފައިވާކަން ވަނީ ސާބިތުވެފަ އެވެ. އެގޮތުން ސުލޫކީ ކޮމެޓީގެ އަޣުލަބިއްޔަތުން އަޒްލީން އަހުމަދު ޕާޓީން ވަކިކޮށްދިނުމަށް އެދި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް ސުލީކީ ކޮމެޓީގެ ފަރާތުން މައްސަލަ ހުށަހަޅަމެވެ،" ސުލޫކީ ކޮމިޓީން ފޮނުވި ސިޓީގައި ވެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވަނީ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު އިބްރާހިމް ފައިސަލެވެ.
އަޒްލީން "މިހާރު" އަށް ކުރިން ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލައްވަނީ ރައްޔިތުންގެ މަޖިލީހުގައި، ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ދެމިހުންނަވަން ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވާ އިރު، އެންމެ މަސްލަހަތު ހުރި ގޮތަކީ އަދި ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ ވެސް އަމިއްލަ ގޮތުން ވާދަކުރެއްވުން ކަމަށް ގަބޫލުކުރައްވާ ކަމަށް އަޒްލީން ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާބެއްޔާ
09 March 2019
އަދުރޭ ދަރި ދަންނަ 10 މީހުންވެސް ހުޅުމާލެ އެދާއިރާގައި ނެތް! ދެން ކިހިނެތް ކާމިޔާބުވާނީ!
ޣހހހޖ
09 March 2019
އަދުރޭގެ ދަރިއަށް ގޮނޑިހޯދަދޭން އަދުރޭ ތެޅިފިޅެނީ. އޭރުންނެއްނު އަރާތަނުން 4.5 ދީފަ ދަރިޔަށްވެސް ލަގްޒަރީ ފަލެޓެއް "ގަނެވޭނީ" ދޯ
މިއަދު
09 March 2019
އަޒްލީނު ޕާޓީން ވަކިކުރުމާއިދެކޮޅު ޕީޕީއެމް ސަޕޯޓަރުން ތިއީ ޕާޓީއަށް ލިބޭގެއްލުމެއް
ދެކޭމީހާކިޔާމީހާ
09 March 2019
ހަނދާނަށްއަންނަނީ ކުރީގެރައީސް ނަޝީދުގެ ވާހަކަކޮޅެކެވެ! މިމީސްމީހުންގެ ނަގޫގޮށްޖެހިފައިތިބި ވާހަކައާއި، މިމީހުންގެކިބައިން ސަލާމަތްވެވޭނީ އެމީހުން އެމިހުނާ ކޯޅި، ރުޅިވެ، ޖެހިގޮށް މޮހައިގެންދިއުމުންކަމުގެ މޭރުމުން ދެއްކެވިވާހަކަކޮޅެކެވެ. އެތަން މިއަންނަނީއެވެ. މިޤައުމަށް ހަމަޖެހުމާއި ހެޔޮގޮތް މިންވަރުކޮށް އެފަދަވެރިކަމެއް ކޮށްދޭނެވެރިޔަކަށް ނަޞްރާއިކާމިޔާބު މިންވަރުކޮށްދެއްވައި، މިރާއްޖެ ކޮރަޕްޝަނާއި އަމިއްލައެދުމުން ސަލާމަތްކޮށްދެއްވާނދޭވެ!
އަފްރާޙް
09 March 2019
ތި ޕާޓީ އަކީ އަމިއްލަ ވިޔަފާރި ގެ އެއް ! މަކަރު ވެރިކަމާއި އެކު ޖޭޕީގެ ރުުހުން ދަަރިފުޅަށް ހޯދަ ދިނުމަށް އަދުރޭ ކުރާމަސައްކަތެއް ! ހުރިހާ ކަމެއް މަކަރުފެރިކަމުން ޙާސިލް ނުކުރެވޭނެ !
ހަމާޖީ
09 March 2019
ޕާޓީގެ އަސާސީ ގަވާއިދުގެދަށުން ޕްރައިމަރީބޭއްވިނަމަ އެގޭނެ އާއްމު މެމްބަރުންގެ ތާއީދު އޮތް ގޮތެއް، ހަމަ ތިބެލާފަ ޕާޓިގެ އިސްވެރިން ބޭނުންވާ މީހަކު ދައްކާފަ ދެންތިބި އެއްމެން ޕާޓީން ބޭރު ކުރިޔަސް ގޮނޑިއެއް ނުލިބޭނެ. މީ ދާއިރާގެ ހުރިހާ ރައްޔިތުން ވޯޓުލާގެން މީހަކު ހޮވާ އިންތިޚާބެއް. ޕާޓީ ގެ މަތިފަޑިއަށް މީހުން ނަގާހެން ވޯޓެއް ނުލާ "ސަރ" އަށް ފެންނަމީހަކު ދެއްކީމަ ދެންތިބި އެންމެން "ޔެސް ސަރ" އެއް ނުކިޔާނެ.
ޙަބީބު
09 March 2019
އަދުރޭގެ ދަރިޔައްވޯޓު ނުދެއްވާތި ތީމިރާއްޖޭގެ ހަލާކު
މިއަދު
09 March 2019
ޕާޓީގެ އަސާސީ ގަވައިދާ ނުވަތަ ޕާތީގެ އެހެންވެސް އުޞޫަލަކާ ޚިލާފުވުމުން އަޅަންޖެހޭ ހަމައެކަނިފިޔަވަޅަކީ ޕާޓީންވަކިކުރުންކަމަށްވުމަކީ ދެރަކަމެއް މިފުރުސަތުގައި ޕާޓީން އަޒުމީނުމެން ލެވަލްގެ ބޭފުޅަކު ވަކިކުރުމުގެބަދަލުގައި އެޅިދާނެ އެހެންފިޔަވޅުތަކެއް ހުރެދާނެކަމަށްވެސް ގަބޫލުކުރެވެއެވެ
އައްޔޫބު
09 March 2019
އަދުރޭމެން ހީކުރާގޮތަކަށްނޫން ކަންތައްވާނީކީއެެއް. އަދުރޭދަރި މިފަހަރު ދާނީ އެއްމެފުލަށް.
ކޮބާ..ކޮބާ
09 March 2019
ސަރުކާރު ގަ ހުރި އިރު ލިބުނު ލާރި މަދު ވެގެން މަޖިލީހުގަ ނީލަން ކިޔާ ބަޔަށް ވަދެވޭތޯ ބަލަނީ...ދެވަނަ ކަމަކުނޫން މިލިއަނުން ރުފިޔާ ހޯދަން ވެގެން...ރައްޔިތަކަށް ކަމެއް ކޮށްދިނުމުގެ ވިސްނުމެއް ހުރި މީހެއް ނޫން ކަން ޔަގީން...