13 މާޗް 2019 - 17:47
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް މިހާރު އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން މިއަދު އައްޔަންކުރައްވައިފި އެވެ.
ހަބީބްގެ މެމްބަރުކަމުގެ މުއްދަތު ހަމަވެފައި ވަނީ މިއަދެވެ. އޭނާ އެ ކޮމިޝަނަށް އަލުން އައްޔަންކުރައްވާފައި ވަނީ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލިއިރު، އެ މަގާމަށް ކުރިމަތިލި 16 މީހުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބިގެންނެވެ. އީސީގެ މެމްބަރުކަމަށް އޭނާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހެވެ.
މެމްބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަބީބަަށް ދެއްވާފައިވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ކުރިފުޅުމަތީގައި، ހަބީބު ވަނީ މެންބަރުކަމުގެ ހުވައި ކުރައްވައި އިގުރާރުގައި ސޮއި ކުރައްވައިފަ އެވެ.
އިސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ހަބީބްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
14 March 2019
މުތެއްވިއްޔާ އެނގޭނެ ކޮންމެތަނަކު އޮތަސް! މުތުން އެފެންނަ ދަޅައިނގޭނެ މުތެއްކަންވެސް!.................... ޖަވާހިރެއް އެނގޭނެ އޭގައި އެހުންނަ ޖެނުއިންގޮތުން. ހަބީބަށް މަރުހަބާ!! އިންސާފުގެ މަގުން ކަންކަން ގެންދަވާނެކަމަށް އުއްނީދުކުރެވޭ!!
ވިލްސް
13 March 2019
ސިޔާސީ ގޮތުން ވަކި ކޮޅަކަށް ބުރަނުވެ ހަބީބު އިޙްލާސްތެރިކަމާއެކް މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރަން.
ރަދީފުގެ ދަރި ކުމާރު
13 March 2019
އޯލްޑް އިޒް ގޯލްޑް.