އަދާލަތު ޕާޓީއާއި އެމްޑީޕީން ބޭއްވި މަޝްވަރާއަށް ފަހުގައި ނަގާފައިވާ ފޮޓޯ: އެމްޑީޕީ
17 މާޗް 2019 - 19:11
އަންނަ މަހު ހައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަކުރާ ދެ ކެންޑިޑޭޓަކަށް ތާއީދުކުރަން އެމްޑީޕީން ނިންމައިފި އެވެ.
އިންތިޚާބުގައި އެމްޑީޕީން ވާދަކުރަން ކުރިން ނިންމި މަހިބަދޫ ދާއިރާގެ ކެންޑިޑޭޓު އަލީ އަހުމަދުގެ ނަން ނަގާފައިވާއިރު ނިލަންދޫ ދާއިރާއަކަށް އެ ޕާޓީއަކުން ވާދައެއް ނުކުރެ އެވެ. އެމްޑީޕީން ވަނީ އެ ދެ ދާއިރާއިން ވާދަކުރާ އަދާލަތުގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމާފައިވާކަން މިއަދު އިއުލާންކޮށްފަ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ "އެޖެންޑާ 19"އަށް އަދާލަތުން ތާއީދުކޮށް، އިންތިޚާބުގައި އެކުގައި މަސައްކަތް ކުރަން ނިންމާފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
މަހިބަދޫ ދާއިރާ އަށް އަދާލަތުން ވާދަކުރަނީ ގާނޫނީ ވަކީލު އަލީ އާޒިމެވެ. އަދި ނިލަންދޫ ދާއިރާ އަށް މުސްއަބު މުހައްމަދެވެ.
މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން ނެގިއިރު، އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މަޝްވަރާގެ ދަށުން އެމްޑީޕީން ވާދަނުކުރަން ކުރިން ވާހަކަ ދެއްކި ހަ ދާއިރާގެ ތެރޭގައި ހިމެނޭ ދާއިރާ އެކެވެ.
މަހިބަދޫ ދާއިރާގެ އިތުރުން ދެން އަދާލަތަށް ދޫކޮށްލަން އެމްޑީޕީން ވިސްނީ ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، ކާށިދޫ ދާއިރާ އަދި މިލަންދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ އެވެ. އެކަމަކު މަހިބަދޫ ދާއިރާ ފިޔަވައި އެހެން ދާއިރާ އަކުން އެއްބަސްވި ގޮތަށް ނަން އަނބުރާ ނުނަގަ އެވެ.
އިންތިޚާބުގައި 85 ދާއިރާއަކަށް އެމްޑީޕީން ވާދަކުރާއިރު، ނިލަންދޫ ދާއިރާއަކީ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިލިބިވަޑައިގަތް ދާއިރާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަދަންހޫރު
18 March 2019
ޝޭހޫ ލާދީނީ ނަޝީދު ތިހުންނެވީ ކައިރީގަ ޖެހިގެން. ވިސްނާ ވަޑައިގަންނަވާތި.
ހަމައަންތަރީސް
18 March 2019
އެމްޑީޕީގެ ނުގުޑާ ވިސްނުމަކީ ޕާލަމެންޓަކީ ފޮތިކޮށްގެން ބަހަން އޮންނަ ކޭކެއް ނޫންކަން. އެއީ މަކަރުން ދަމައިގެން ކާން އޮންނަ ފަތުފޮޅިއެއް. ދެޕާޓީއޭ ދީނޭ އެއޮއްދެއްކެވި އިޚްލާޞްތެރި ވާހަކަ. ނަޝީދުގެ އަތަށް ގާނޫނީބާރު ލިބިއްޖެއްޔާ އަދި އަޖައިބު ފެންނާނެ. ދެން ޢަދާލަތު، އެންމެ ބާރަށް އިދިކޮޅުން އެއްބައިވާ ވެރިކަމަކަށް ގޮވާފައި ވަކިވެގަތް ޕާޓީއާ އެކަނި މިގުޅުނީ އުންމީދުނެތް ދެގޮނޑިއަކަށް. އެއްވިސްނުމެއް އޮތިއްޔާ ތިޔައީތާ އެވިސަނުމަކީ!
ޙަސަނުބެ
17 March 2019
ޢެމްޑީޕީ ގެނަން ޑިމެކްރެޓިކް ކަޑާލާ ލާންވީ ހުރިހާ ބާރެއް އަތައްލާ ޕާޓީގެ ނަމަށް.
ގޮނޑި
17 March 2019
ތިޔައީ ވާ ކަމެއް...ގޮނޑިތަކަކާ ހުރެ ބަޔަކު މޮޔަވަނީ
ތެދުވެރިޔާ
17 March 2019
އަދާލަތު ޕާޓީގެ އެކަކައްވެސް ވޯޓުނުދޭނަން މިފަހަރު.
އަލިބެއްޔާ
18 March 2019
ބޭފުޅާއަށް ލެވޭނީ އެންމެ ވޯޓެއް
މަންޑޭލާ
17 March 2019
އެމްޑީޕީ ދިރާސާ ކޮއްފަ ނުލިބޭނެހެން ހީވީމަ މިދޫކޮއްލީ. އެހެން މީހުންނަ ލަޓެއްދޭން ކުރިކަމެއްމީ.
ޝޮކްތެރަޕީ
17 March 2019
މިއުޅެނީ އަދާލަތު ހައްދައިގެން މިކަން ކާމިޔާބު ކުރަން. މަކަރު ވެރިކަމަކީ ވިހަގަދަ ހަރުފައެއް.
ތިގެންދާ 19
17 March 2019
ދެންއަތްޖަހާ ހޮވުނީމަ ތާއިދުކުރަން މަޑުކުރޭ. ނިލަންދޫ ދާއިރާއަށް މޑޕ ވާދަނުކުރީ އެދާއިރާގަ މޑޕގެ ތާއިދުނެތިގެން. ހަމައެގޮތަށް މަހިބަދޫވެސް މިވީ މޑޕގެ ހެޔޮފުޅުކުންނެނޫން. މަކުނުދޫ ދާއިރާ ދޫކޮއްލަބަލަ ކުޅުދުއްފުށި ދޫކޮއްބަލަ ނުކެރޭނެ ކިރިޔާ ވޯޓެދޭނެމީހަކު ހުރިހެންހީވިޔަސް. މޑޕއަކީ ދަހިބައެއް. ހިތް ބަޙީލުބައެއް. ދީލަތިންދެކިބަލަ ޕޕމ ޖޕ މިސާލުދެއްކީ ދީލަތިކަމާއެކު. އެތިބެނީ ބުއްދިވެރިން.
ވާލުސޮރު
17 March 2019
ގަލޮޅު ދެކުނާ މައްޗަންގޮޅީ އުތުރު ގެ ކެންޑިޑޭޓުންގެ ނަން ވެސް ނަގަންޖެހޭ. އެއީ ރައީސް މައުމޫން ކޮށްދެއްވި ޚިދުމަތަށްވެސް ޝުކުރު އަދާކުރަން ޖެހޭތީ. އެހެންނޫނީ ރައްޔިތުންގެ ވޯޓުން ނިންމާ ގޮތެއް ގަބޫލުކުރުންނޫން ގޮތެއް ނެތް. ގޮނޑި ބެހުމަކީ ޕާޓީ ތަކުގެ ލީޑަރުން ކުރަންޖެހޭ ކަމެއްނޫން.