ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓު ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
26 މާޗް 2019 - 16:17
ސިޔާސީ އާ މަގާމެއް އުފައްދައި ގިނަވެގެން 31 މީހަކަށް ވަޒީފާ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތެރެއިން އެންމެ ދަށް ވާނީ ޕޮލިސީ ޑިރެކްޓަރުގެ މަގާމު ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ގިނަވެގެން 31 ބޭފުޅަކު އައްޔަން ކުރައްވަން ނިންމާފައިވާއިރު މިހާތަނަށް ބައެއް ބޭފުޅުންނަށް ވަނީ އެ މަގާމު ދެއްވައިފަ އެވެ.
"މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އޮނިގަނޑު އަޅުގަނޑުމެން އެކުލަވައިލިއިރު ވެސް ޕޮލިސީ ޑިރެކްޓަރުގެ މަގާމު ވާނީ ކުރިން ކަނޑައަޅާފައި،" ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ އެންމެ ދަށް މަގާމުގެ ގޮތުގައި ކަނޑައެޅީ އެގްޒެކެޓިވް ކޯޑިނޭޓަރުންނާއި ކޯޑިނޭޓަރުންގެ މަގާމެވެ. ގިނަ ބޭފުޅުންތަކެއް އެ ދެ މަގާމަށް އޭރު އައްޔަން ކުރެއްވިއިރު އެ ބޭފުޅުންގެ މައުލޫމާތުތައް އާންމެއް ނުކުރެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކި މިނިސްޓްރީތަކާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ޕޮލިސީ ޑިރެކްޓަރުކަމަށް ދާދި ފަހުން ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ. އެގޮތުން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރުގެ މަގާމަށް އަހުމަދު އިރާޝް ހަމަޖައްސަވާފައިވާއިރު ފިލްމީ ތަރި އަހުމަދު އަޒްމީލް އައްޔަން ކުރެއްވީ ނެޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އެގްޒެކްޓިވް ޑިރެކްޓަރަކަށެވެ. އަދި އެމްޑީޕީގެ އެކްޓްވިސްޓު މުހައްމަދު މައިމޫނަށް ވަނީ ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރުކަން ދެއްވައިފަ އެވެ.
އެ މަގާމުގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖުމުލަ 18،000ރ. އެވެ. އެއީ މުސާރައިގެ ގޮތުގައި ދޭ 11،000ރ. އާއި 7،000ރ. ގެ އެލަވަންސެކެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތެރެއިން އެންމެ ދަށް ވާނީ ޕޮލިސީ ޑިރެކްޓަރުގެ މަގާމު ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މަގާމަށް 31 ބޭފުޅަކު އައްޔަން ކުރައްވަން ނިންމާފައިވާއިރު މިހާތަނަށް ބައެއް ބޭފުޅުންނަށް ވަނީ އެ މަގާމު ދެއްވައިފަ އެވެ.
ޔާމީންގެ ސަރުކާރުގައި ގިނަ ބޭފުޅުންތަކަކަށް ސިޔާސީ މަގާމު ދެއްވިއިރު، މި ސަރުކާރުގައި އެ އަދަދު މަދުކުރުމަކީ ވައުދެކެވެ. ޔާމީންގެ ސަރުކާރާ އަޅާބަލާއިރު ކޯލިޝަނަކުން ގެނެސްފައިވާ މި ސަރުކާރުގައި 100 އެއްހާ ސިޔާސީ މަގާމު މަދުވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޔާމީންގެ ސަރުކާރާ އަޅާބަލާއިރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މި ސަރުކާރުން ކުރާ ހޭދަ މަހެއްގެ މައްޗަށް 1.5 މިލިއަން ރުފިޔާ ދަށެވެ.
މި ސަރުކާރުގައި މިހާތަނަށް ވަނީ ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަމަށް (އެ ފެންވަރުގެ ބޭފުޅުން ހިމަނައިގެން) 112 ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެއީ 48 ސްޓޭޓް މިނިސްޓަރުންނާއި 64 ޑެޕިއުޓީ މިނިސްޓަރުންނެވެ. އޭގެ ތެރެއިން އެ ފެންވަރުގެ 19 ބޭފުޅަކު ތިއްބަވަނީ ރައީސް އޮފީހުގަ އެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އަކާއި 12،500ރ. ގެ އެލަވަންސެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފްލާ
27 March 2019
100 ދުވަސްތެރޭ ހުރިހާ މަރުތައް ލިސްޓް ކުރިންތޯ ހާދަ މަރއކޭ ހާދަ ފޢރުމަކާއި ވައްކަމެއް ކޮހފިޔޭ އެނގޭތަ ކަހާލޮތަން ހިރުވާވެސް ނުލާ ދޯ
ރައްޔިތުމީހުން
27 March 2019
މިއީތޯ ޙަރަދު ކުޑަކުރާ ގޮތް؟
އަލިފުތާ
27 March 2019
ބަރުވާނީ ތިރި ތޯ ނޫނީ މެދުތޯ ނޫނީ މަތިތޯ؟ ލަވަޔާ ބެރު ދިމާވޭތޯ؟ މޮޑެނީ އެއް ފުއްގަނޑެއް. މޮޑެގޮތް ތަފާތީ
ދޮބާސީ
27 March 2019
މިވެސް ސީދާކޮރަޕްޝަން. ގާނޫނުގެ ނާޖާއިޒް ފައިދާއިން ހިންގާ ކޮރަޕްޝަން. މިމަގާމް ނުއުފެއްދިއަސް ދައުލަތް ހިންގޭނެ . މީކޮންމެހެން އުފައްދަންޖެހޭ މަގާމެއްނޫން. ގާނޫނުން ރައީސަށް ބާރުދެނީ ބޭނުމެއްނެތް ވަޒީފާ އުފައްދާކަށްނޫން. މިމަގާމަކީ ޕާޓީގެ އެކްޓިވިސްޓުންނަށް ސަރުކާރުގެ ފައިސާ ނަހަމަގޮތުގައި ދިނުމަށް އުފައްދާފައިވާ މަގާމެއް.
ވަކަރު
27 March 2019
ބަލަ މިމީހުންޓެކްސްދައްކާކައްނުޖެހޭދޯ
ކަނބިލި
27 March 2019
ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަން ވެގެން ރައްޔިތުން ހައްދަންވެގެން އޭތި މީތި ކިޔާ ގޮވެލި ގޮވާނެ. ޥެރިކަމަށް އާދެވުމުން ރައްޔިތުންގެ މަތިން ހަދާން ނެތޭނެ. ދެން އޮންނާނީ ޚުދުމުޚުތާރު ކަމާ އެކު ކަންކަން ކުރެވޭނެ މަގުތައް ކޮށުން. ރައްޔިތުންގެ މަޖިލިސް ހޯދުން ގާތް މީހުންނަށް ވަޒީފާތައް ދީ ވީހާވެސް ގިނަ ދުވަހު ހިތައް އެރިގޮތަކަށް ވެރިކަން ހިންގާ ވެރިކަމުގައި ދެމިހުރުމުގެ ޕްލޭންތައް ރޭވާ ތަންފީޒުކުރުން
ހަބީބާ
27 March 2019
ކޯޑިނޭޓަރުންނަށް ކިޔާ އާނަން ތޯ ތީ؟ ޕްރަިއމަރީން ބަލިވި ކުދިންކޮޅަށް ވަޒީފާ ދެނީ އުނތަ؟ ތީ ބަލަދު އަރާފައި ތިބި ބައެއްތަ؟
އާދަނުބެ
27 March 2019
އެއްވެސް ގޮތަކަސް ފާހަގަނުވާ ސިޔާސީ މަގާމެއް އެބައޮތް. އެ މަގާމަށް ކިޔަނީ އެގްޒެކްޓިވް. އެމަގާމްގައި އިސްލާމިކް މިނސްޓްރިގައި އެބަހުރި ސިޔާސީ ބެފުޅަކު. އެއީ ހ.ޣާދްނިޔާ އިސްމާއިލް އިނާޒު. މީ އަންނި އާ ދެބެންގެ ދެދަރި ބޭފުޅެއް. މީނާއަކީ އޮޑިޓް އޮފީހުގައި ވަރަސް ގިނަދ ުވަހު އުޅުނު ބޭފުޅެއް. އޮތް ފާހެއް ނޭނގޭ. އިސްލާމް ދީނުގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރި ޔިނވަރސިޓީއެއްވެސް ނެތް.
ކުނޒިރު
27 March 2019
ރައްޔިތުންގެ ފައިސާ ބައިއަޅާ ބަހާލަނީތޯއެ ބަލަދުވެރިންނަށް
ހޭބަ
27 March 2019
ވައްކަމެއް ނުކުރާނެ. ފޭރޭނީ. ރޯމާ ދުވާލު ރައްޔިތުންގެ ހަޒާނާއާއި މުދާ ފޭރެނީ.
ބޭކާރު
27 March 2019
ނޫސްވެރިޔާވެސް މިކަން ޑިފެންޑް ކުރަންއުލޭހެން ހީވަނީ!