ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި (ކ) ވައިކަރަދޫ ދާއިރާ އަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ސަގީފް. ---
31 މާޗް 2019 - 17:04
އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓްގައި ވައިކަރަދޫ ދާއިރާ އަށް ކުރިމަތިލެއްވި ހުސެއިން ސަގީފާ ބެހޭ ގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ކެމްޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކަ އަށް އަދާލަތު ޕާޓީން ރޭ ރައްދު ދީފި އެވެ.
ވައިކަރަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހުސެއިން ޒިޔާދު (ފިއްޓޭ) ގެ ކެމްޕޭނު ޖަލްސާގައި މަހްލޫފް ވިދާޅުވީ، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޖަލުގައި އޮންނެވި އިރު، އިމްރާން ސަލާމަތްކޮށް ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އޭނާ ކަމަށެވެ.
އެކަމަކު، ސަގީފް ކުއްލިއަކަށް ނުކުންނަވައި، އެއީ އަދާލަތު ޕާޓީގެ ކެންޑިޑޭޓު ކަމަށް ބުނީމާ ބަޔަކު ހިތްހަމަޖެހުނަސް، ނުޖެހުނަސް އެކަމަށް ތާއީދު ކުރެވެން ނެތް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. އަދި ސަގީފަކީ ސަރުކާރުގެ ކެންޑިޑޭޓެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަގީފަކީ ކުރިން ހދ. އަތޮޅު ކައުންސިލް މެމްބަރެކެވެ. ސަގީފްގެ ބޭބެ އަދި މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި އަލީ އަހްސަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު ކެމްޕެއިންގައި އުޅުއްވި ބޭފުޅެކެވެ.
RYameen ge RM Shaheem ge emme gaiy ekuveriyaa @alahusan ge ehbandu ebbafaa kokko, PPM ge atholhu councilor Shaqeef kulliyakah AP ge ticket ga nikutheema MDP candidate huttaa eynaa ah thaaeedhu kureveykah neiy.
— Ahmed Mahloof (@AhmedMahloof) March 30, 2019
Emeehunge aslu sifa miadhu anekkaaves dhakkaalaifi.
AP ikthiraamkuran pic.twitter.com/sWhp13ceAq
މަހްލޫފް ކުރެއްވި ޓްވީޓު.
"އަހުސަނަކީ ކާކު ކަން އަޅުގަނޑުމެން އެންމެންނަށް އެނގޭ. އިމްރާން ޖަލުގައި އަނިޔާ ތަހަންމަލް ކުރަމުން ދިޔަ އިރު، ޝަހީމްގެ އަތުގައި ހިފައިގެން މި ރަށްރަށުގައި ހިނގީ އަހްސަން ނޫންތޯ؟،" ހދ. ނެއްލައިދޫގައި ބޭއްވި ޖަލްސާގައި އަހުސަނާއި ސަގީފަށް ވަރަށް ބޮޑަށް ފާޑު ކިޔައި މަހްލޫފް ވިދާޅުވި އެވެ.
ދެ ބޭފުޅުންނަށް އަމާޒުކުރައްވައި، ބޮޑެތި ތުހުމަތުތަކެއް މަހްލޫފް ކުރެއްވި އިރު، މަހްލޫފް ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ޔާމީނާއެކު އަހްސަނާއި ސަގީފް ހުންނެވިކަން ފޮޓޯތަކުން ހާމަކޮށް ދިނުމުގެ ގޮތުން މީހަކު ކުރި ޓްވީޓެއް ވެސް ރީޓްވީޓް ކުރައްވައިފަ އެވެ.
މީގެއިތުރުން، ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ކެމްޕެއިން ތެރޭގައި ސަގީފާއި އަހުސަން އުޅުއްވި ފޮޓޯތަކާއެކު މަހްލޫފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަގީފް ކުއްލިއަކަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ނުކުންނެވިޔަސް، އެމްޑީޕީގެ ކެންޑިޑޭޓެއް ހުއްޓައި ސަގީފަށް ތާއީދު ނުކުރެއްވޭނެ ކަމަށެވެ. އެކަމަކު، އަދާލަތު ޕާޓީ އަށް އިހްތިރާމް ކުރައްވާ ކަމަށް ވެސް ލިޔެފައިވެ އެވެ.
AP in ticket dheefaivaa Vaikaradhoo dhaairaage candidate akee @Sageef_. Eynayakee nimidhiya inthikaab gai HEP @ibusolih ge campaign ga burakoh masahkayi kurevvi zuvaan leader eh. Farudhehge aailaameehunge siyasi fikurah binaakoh thafaathukurumuge bodhaavisnumakee APge sifaehnoon. pic.twitter.com/gkqpzSBrUM
— Adhaalath Party (@AdhaalathOffice) March 30, 2019
އަދާލަތު ޕާޓީން ކުރި ޓްވީޓު.
މަހްލޫފްގެ ވާހަކަތަކަށް ރައްދު ދީ އަދާލަތު ޕާޓީން ބުނީ ސަގީފަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި ބުރަކޮށް މަސައްކަތް ކުރެއްވި ޒުވާން ލީޑަރެއް ކަމަށެވެ.
"ފަރުދެއްގެ އާއިލާ މީހުންގެ ސިޔާސީ ފިކުރަށް ބިނާކޮށް ތަފާތު ކުރުމުގެ ބޯދާވިސްނުމަކީ އަދާލަތު ޕާޓީގެ ސިފައެއް ނޫން،" ސަގީފް ދިފާއު ކުރައްވައި އަދާލަތު ޕާޓީން ކުރި ޓްވީޓްގައިވެ އެވެ.
މަހްލޫފްގެ ވާހަކަ އަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވައި ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ވައިކަރަދު އަށް އުފަން އަހުމަދު ފާއިޒް ހުސެއިން ފޭސްބުކްގައި ވިދާޅުވީ ވައިކަރަދޫގެ މަސްލަހަތު ގެއްލޭތަން ފެންނަމުންދާ ކަމަށެވެ. ސަގީފާއި ފިއްޓެ އަށް އިޝާރާތް ކުރައްވައި ފާއިޒް ވިދާޅުވީ ދެ ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން އައީ ވަރަށް ރަނގަޅަށް ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ.
ފިއްޓެ އާއި ސަގީފްގެ އިތުރުން ވައިކަރަދޫ ދާއިރާ އަށް ދެން ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އަބްދުﷲ ޝަރީފެވެ.
"ކެމްޕޭނަކީ ދެ ފަރާތުގެ ވެސް ހައްގެކެވެ. އެންޓި ކެމްޕޭނަކީ ގާނޫނުގައި މަނާ ކަމެކެވެ. ކެމްޕޭނަކީ ވަގުތީ ކަމެކެވެ. އަޚުވަންތަކަމާއި އާއިލީ ގުޅުމަކީ ދާއިމަށް ދެމިގެންދާނެ ގުޅުމެކެވެ. ރަށްފުށުގެ ސިޔާސަތާއި އާއިލީ ސިޔާސަތަކީ ބޭރުން ރަށަށް އަރާ މީހަކު ދަންނާނެ އެއްޗެއް ނޫނެވެ. އިންތިޚާބީ މޫސުން ނިމުމާއެކު އެކަތިގަނޑަކަށްވެ، އެއްބަޔަކަށް ވެދެ އެވެ،" ފާއިޒް ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވި ގޮތުގައި މަޖިލިހުގައި ވައިކަރަދޫ ދާއިރާގެ ގޮނޑީގައި އިންނަވާނެ ބޭފުޅެއް ނިންމަވާނީ ދާއިރާގެ ރައްޔިތުންނެވެ. އެހެންވެ، މަސްރަހު ހޫނު ކުރަން ނޫޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހޭ
09 April 2019
ކޮބާ ގޮނޑިީ ގަ ދެންހުންނަވާނީ ފިޓު މީހާ އިނގޭތޯ. ތިބޭފުޅުން ދެން ގެއިން ގޮނޑި އެއް ގަ އިއްތާލައިގެން ތިއްބަވާ.
ކޮބާ..ކޮބާ
02 April 2019
މަހޭ އާއި ފައިސާ... ބުޅަލާއި ފިހިގަނޑު....
ބޯގޯސް
01 April 2019
އޭރުވެސް އެހެން މިހާރު މިހެން ގޮސް އެހެން. މިދެވެނީ ހަމަ އެއްދިމާލަކައް. އޭރުވެސް ތިބީ ވަގުން މިހާރު ވެސް ވަގުން. ހަމަ ވަނީ ރައްޔިތުންނައް ޤައްދާރު.
ޝެލަރީ
01 April 2019
މަހުލޫފް އަކީ މުޅީންހަމަ ވާހަކަ ދައްކަވާ ބޭފުޅެއްނޫން އެކަމަކުވެސް މަޖްލީސް ގޮނޑިއަށް ހޮވާންވާނީ އެމްޑީޕީ ކެނޑިޑޭޓް ދެއްތޯ؟ވޯޓް ފޯ އެޖެންޑާ 19 ޕްލީޒް
ޖެން
01 April 2019
މަހުލޫފުގެ ބުއްދި އަދިވެސް ފުރާފުރިހަމަ ނުވޭ!
ނެގުނުކަތީބު
01 April 2019
އެވާނީ އެޔަށް! އެޔަކު އެ ނެތް އެއްވެސް މީހެއް ނުވޭ.
ދޮންބެއްޔާ
01 April 2019
ފާއިޒުގެ ވާހަކައަށް ސަތޭކައިން ސައްތަ ތާއީދު. މަހްލޫފަކީ ކުރިން ޑީއާރްޕީ ގައި ރައީސް މައުމޫނަށް ވަރަށް ތާއީދު ކުރެއްވި ބޭފުޅެއް. އޭގެ ފަހުން ޕީޕީއެމް އުފެދި، އެޕާޓީއަށް ބަދަލުވެ ވެސް މައުމޫނަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި. ޔާމީން ރައީސްކަމަށް ހޮވުމަށް ބުރަކޮށް މަސައްކަތް ކުރެއްވައި ޔާމީނަށް ތާީދުވެސް ކުރެއްވި ބޭފުޅެއް. މިހާރު އެމްޑީޕީ. ދެން ބުނަންވީތޯ މަހްލޫފް އެމްޑީޕީއަށް ތާއީދު ކުރައްވާކަމަށް ޤަބޫލު ނުކުރެއްވޭނެއޭ. ހަމަ އެކައްޗެއް މިކިޔަނީ
އަޅޭ ދޯ ދެން
01 April 2019
އަޅޭ މަޙުލޫފާ ދެން ކޮންބެހޭ ކަމެއްތަ؟ ހުރިހާކަމަކާ ބެހެންޖެހޭތަ އަޅެ؟
ބޮޑުރިޔާ
01 April 2019
ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި އުޅޭ ކޮންމެމީހަކަށްވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެވެންވާނެ ރައްޔިތުންގެ މަޖިލީހަކީ ގާނޫނުހަދާތަނެއް އެތަނުން ގާނޫނުހަދާނީ ދާއިރާތަށް ވަކިވަކިންނެއްނޫން އެތަނަށް ހޮވަންވީ އެންމެގާބިލްމީހާ ބޯދާ ހިޔާލާއި ވިސްނުން ދޫކޮށް ތަހުޒީބުވާން އަހަރެމެން އެބަޖެހޭ މަހޭ އެއްކަމަކު އެކަކުކުރާކަމެއް އަނެކާގެ ބޮލުގައި އަޅުވަން އުޅުން މަށައްވަރަށް ހުތުރު
ސިސްޓަމް
01 April 2019
މަހުލޫފު މިއީ ކޮރޮޕްރަޝަނުގެ ލާރި ލިބުނު މީހެއް ނޫންތަ