ފަޒުލް، ފެލިދޫ ދާއިރާގެ ގޮނޑި އޭނާ ވަނީ ކަށަވަރުކޮށްފައި
08 އެޕްރީލް 2019 - 23:49
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ފެލިދޫ ދާއިރާގެ ގޮނޑި އިދިކޮޅު ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް ފަޒުލް ރަޝީދު ކާމިޔާބު ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީީޕީގެ ކެންޑިޑޭޓް މުހައްމަދު މަބްރޫކް އަޒީޒްގެ މައްޗަށް ވަރަށް ހަނިގޮތަކުން ކުރިން ހޯއްދަވައިގެންނެވެ. އެންމެ ފަހުގެ ވަގުތީ ނަތީޖާ އަށް ބަލާއިރު އެ ދެ ބޭފުޅުންގެ ދެމެދުގައި ވަނީ 50 ވޯޓުގެ ތަފާތެވެ.
ފަޒުލް އަށް 472 ވޯޓު ލިބިވަޑައިގެންނެވި އިރު، މަބްރޫކަށް ހޯއްދެވުނީ 422 ވޯޯޓެވެ.
އެ ދާއިރާ އަށް އެމްޓީޑީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުﷲ އާރިފަށް ލިބިވަޑައިގެންނެވީ އެންމެ ތިން ވޯޓެވެ. މިއީ މި އިންތިޚާބުގައި އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ އަށް ބަލާއިރު ކޮންގްރެސް ޕާޓީ އަށް ކާމިޔާބުވެފައިވަނީ ތިން ދާއިރާ އެކެވެ. އެއީ ފެލިދޫ ދާއިރާގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާދަކުރެއްވި މަޑުއްވަރީ ދާއިރާ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކާމިޔާބު ކުރެއްވި މާވަށު ދާއިރާ އެވެ. އެކަމަކު ފަސް ވޯޓުން ސައީދު ކުރި ހޯއްދެވި އެ ދާއިރާގެ ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
މި ފަހަރުގެ އާންމު އިންތިޚާބުގައި 65 ގޮނޑިއާ އެކު ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދީ އެމްޑީޕީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާވުއަޑުންވަރަށްވެދުން
10 April 2019
ބަލިވި އާއިލާ މީހުންނާއެކު މީހުން ކެމްޕޭނަށް ދިޔައީވެސް މަސްލަހަތަޓަކައޭ. މީ ހަމަ އެމީހުން ދެއްކި ވާހަކަ. ހިތެއް ބަދަލެއް ނުވާނެއޭ. ޥަރަށް ވެދުން ވާވު އަޑުން.
އަންނަ
09 April 2019
ކަމެއްގޯސްކޮށް ގޮސްފައޮތިއްޔާ ބަލަންވީ. އިނގޭކަމަކީ އެމް.ޑީއަކަށްވުމުގެ ކުރިންވެސް މީނާއަކީ ބިޒްނަސްތައް ކުރާމީހެއްކަން... ގެސްޓްހައުސްއަކާއި 01 ލޯންޗަކީ އޮވޭ... ކޮންމެގޮތެއްވިޔަސް އެމް.ޑީއަކަށްވުމުން މީހާއަށް ތަނަވަސްކަންލިބޭނެ... މިއަދު އެމް.ޕީއަކަށްވުމުން އިތުރު ތަނަވަސްކަން އަންނާނެ. މީހާ އިޚްލާސްތެރިވެއްޖެޔާ އެއޮތީ ރަގަޅަށް...
މުހުސިން ހަމީދު
09 April 2019
އަލުން ގުނަން ފެނޭ! ފަހަރެއްގަ ފަޒުލް އަށް ތިއަށްވުރެ ގިނަ ވޯޓުވެސް ލިބިދާނެ ދޯ؟ ނޫނީ ތީތި އަނެއްކޮޅަށްވެސް ބުރަވެދާނެ!
ރަފީގު
09 April 2019
މެޑަމް ގެބޯއީ...މީނާ މިއީ އެއްވެސް ހަރުދަނާ މީހެއް ނޫން.
ރަސްދޫމީހާ
09 April 2019
މީނާގެ މިހާރުގެ އެއްމެބޮޑު ބޭނުމަކީ ކުރީގެ ވެރިކަމުގައި ދަނޑުވެރިކަމުގެ ނަމުގައި ނަގައިގެން ރިސޯރޓަކަށް ތރައްގީ ކުރަމުންދާ ޅ.އަލިގާ ކިޔާ ރަށުގައި ރިސޯރޓްހަދައި ހުޅުވުން. މިކަމަށް މަގުފަހި ކުރުމަށް މިހާރުގެ ވެރިކަމާ މީނާ ވަރައްގާތްވާން އެބައުޅޭ. ހުވާކުރުމާއެކު މީނާ ޕާރޓީއަޢް ސޮއިވެސް ކޮށްފާނެ. މީ ވަރަށް ވިސްނަންޖެހޭ ނުރައްކާތެރި ކޮއްމެ ވެރިކަމަކަށް ހުރި ބިރެއް!
ރަސްދޫމީހާ
09 April 2019
ދެން މީނާ ހިއްހަމަޖައްސަންވެގެން މެޑަމް ގެންގޮސް ފެންކުންފުނީގެ އެމްޑީކަން ދިންއިރު އެއްކަލަ ލޯންޗްގަނޑުވެސް 2 އިންޖީނު ހަލާކުވެގެން ފަޅުގައި އޮންނަތައެތައް ދުވަހެއްވެއްޖެ. އެމްޑީކަން ލިބުނުތާ ކުޑަ ދުވަސްކޮޅެއްގެތެރޭ ރަސްދުގައި ގެސްޓްހައުސް އަކާއި، ފިހާރަ ހުޅުވައި، އެއްކަލަ ލޯންޗްގެ 2 އެިންޖީނު ބަދަލުކޮށް އާ ލޯންޗެއް ގަންނަން އެއްމެ 6 މަސްވެސް ނުނެގި. މިނާ މިހާރު ނުކުރަނީ ކޮން ވިޔަފާރިއެއްތޯ؟
ފޮނިޓައްޕު ހަސަނު
09 April 2019
ޕީޕީއެމް ޖަލްސާއެއްގައި މި ފަޒުލު އުޅުނު ކުރުސި ސޫރަތް ކިޔަން ނޭގިގެން. މަޖްލިހަށް ވަންނަން ވާއިރަށް އެސޫރަތް ދަސްކުރަންވީނުން.
ފެން މޭން
09 April 2019
ހަހަހަ....ކަލޭގެ ހާލު މާގޯސްވާނެކަމައް ފެނޭ....ކުރުސި އެއީ ސޫރަތެއް ނޫނޭ އެއީ ބަގަރާ ސޫރަތުގެ އާޔަތެއް.
ހަހަހަ
09 April 2019
ކުރުސި ސޫރަތް. ސާބަސް މަލާމާތް ކޮށްފަ ބަހައްޓާ. ދިވެހިން މީ ތިމާއަށް އެއްޗެއް ނޭގުނަސް އަނެކާއަށް މަލާމަތް ކުރުމުގަ އަރާ ތިބި ބައެއް.
ހަސަނުގެ އަނގަ
09 April 2019
ކުރުސި އަކީ ސޫރަތެއްނޫން، އެއީ ބަޤަރާ ސޫރަތުގެ 255ވަނަ އާޔަތް
ހާސަރު
09 April 2019
މަޖްލިހުގައި މިހާރުއޮތް ވައްކަމާ ޚިޔާނާތުގެ ކޮމިޓީގެ މަސައްކަތް ފެށުމާއި އެކު ތިޔަ ގޮނޑި ހުސްވެދާނެ!
ދާދު
09 April 2019
މަޖިލިސްގެ އޮރިއެންޓޭޝަންގައި ވާނެ ކުރުސި ކިޔަން ދަސްކޮށްދޭން
ޝަލަފު
09 April 2019
ކުރުސިއެއް، ބިސްމިއެއް، ކިނބިއްސެއް، ބޭބީ ނާސަރީއެއް، ފޮތެއް، ފަންސުރެއް ނޭންގުނަސް. މިޖިލިހައް ޝަރުތު ހަމަވާނެ. މިއޮތީ ހެކި