10 އެޕްރީލް 2019 - 10:55
ރަސްފަންނު މޫދުން ނަޖިސް ފެނިގެން އެތަން ބަންދުކޮށް، ތަހުލީލުތައް ކުރަމުން އަންނައިރު އެތަނަށް އަދިވެސް ނަޖިސް ވަންނަ ކަމަށާއި މޫދުގެ ރައްކާތެރިކަން އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މިދިޔަ މަހު ފަހުކޮޅުން ފެށިގެން ބަންދުކޮށްފައިވާ ރަސްފަންނުން ފެން ނަގައިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންނަނީ ތަހުލީލުތައް ކުރަމުންނެވެ. އެ ތަހުލީލުތަކުގެ ނަތީޖާއެއް އަދިވެސް ހާމައެއް ނުކުރެ އެވެ.
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި، ލޮނުގަނޑުގައި ނަޖިސް ނެތްކަން އަދި އެއްކޮށް ކަށަވަރު ނުވާ ކަމަށް އެޗްޕީއޭ އިން ކައުންސިލަށް ވަނީ މައުލޫމާތު ދީފަ އެވެ. ރަސްފަންނަން އަދިވެސް ނަޖިސް ފަދަ ތަކެތި ލައްގާ ކަމަށާއި އެތަކެތި ލައްގާ ސަބަބު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޝިފާ ވިދާޅުވި އެވެ.
އެހެންވެ، ދެ ވަނަ ފަހަރަށް ލޮނުގަނޑުގެ ތަހުލީލުތައް ހެދުމަށް ފަހު އެތަނުގެ ރައްކާތެރިކަން ޔަގީން ކުރުމަށް އަލުން އެޗްޕީއޭގައި އެދިފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ރައްކާތެރިކަން ޔަގީން ނުކޮށް ހުޅުވާލާކަށް. ރައްޔިތުން އެތަން ބޭނުންކުރުން ރަނގަޅުކަން ނުވަތަ ނޫންކަން ޔަގީން ކުރުން މުހިންމީ،" ގިނަ ބަޔަކު އެރި އުޅުނު މޫދާ ބެހޭ ގޮތުން ޝިފާ ވިދާޅުވި އެވެ.
ޓެސްޓްތަކަށް ފަހު، އެއީ މޫދަށް އެރި އުޅެން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައިފި ނަމަ އެ ހިސާބުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
ރަސްފަންނު 2016 ވަނަ އަހަރު ހުޅުވިތަނާ ވެސް ނަޖިހުގެ މައްސަލަ ކުރިމަތިވި އެވެ. ކުރިން ވެސްޓް ޕާކް ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ވެސް ގިނަ އަދަދަކަށް ނަޖިސް ފެނުނެވެ.
ޝިފާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގެ ދުވަސްވަރު ކަންކުރި ގޮތަކީ ނަޖިސް ފެނުމުން އެތަކެތި ނަގައި ވަޅުލުމެވެ. ނަމަވެސް ސިޓީ ކައުންސިލުން ބޭނުން ވަނީ އޭގެ ބަދަލުގައި ރައްކާތެރިކަން ޔަގީންކުރަން ކަމަށް ޝިފާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ރަސްފަންނުން ނަޖިސް ފެނި އެތަން ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ލޮނުގަނޑުގެ ޓެސްޓްތައް ހެދުމަށް ފަހު އެއީ މޫދަށް އެރެން ރައްކާތެރި ތަނެއް ކަމަށް އޭރުގެ ހެލްތު މިނިސްޓްރީން ބުނުމުންނެވެ. އެތަން އަލުން ހުޅުވުމުގެ ގޮތުން ފުރަތަމަ މޫދަށް އެރިވަޑައިގަތީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންއޮތްގޮތް
10 April 2019
ތިތަނުން އަބަދުވެސް ތިކަންފެންނާނެ. ތިއީ އެއްވެސް ބެލުމެއްނެތި ކޮށްފައިވާކަމެއް. ދެދިމާލުންނުކުމެފައިވާ ޓްރީޓްނުކުރާ ދެނަޖިސްހޮޅީގެމެދުގައި ތިކަހަލަތަނެއް ހިތުލީގޮތަށްެހެދީމައި ވާނެގޮތްތިހިރަވަނީ. އެކިގޮތްގޮތަށް ތިތަނުން ކަޓުނެގިމީހުން މަދެއްނުވާނެ. ބަލަންޏާބަލަންވީ. ނަޖިސްހޮޅިތައް ކިތަންމެދުރަށް ނެރުނުމަވެސް އޮއިވަރަށް ބަދަލުނުގެނެވޭނަމަ، ތިތަނަށް އޭގެ އަސަރުކުރާނެ. ތިކަން ރަނގަޅުކުރަން އަނެއްކާ އަނެއްބޮޑު ޚަރަދުކުރޭ! ކަޓުނެގޭނެ!
ސީފާ
10 April 2019
ތިވާނީ ކައުންސިލް ބޭފުޅުންގެ ލޮލަށް ނަޖިސް އެޅިފައި ހުރީކަމަށް ތޯއްޗެއް..!
ޖިނާޙް
10 April 2019
މުއިއްޒު ޖެހި ހުރިހާ ސަކަރާތެއް ރަނގަޅު ކުރަން މިޖެހުނީ
ދޮންމަނިކެ
10 April 2019
ބޮޑު ތަކުރުފާނު މަގު ތާރު އެޅިބައިގަ ތަންތަންކޮޅުގަ ބޮކްސްްޖަހާފަ ހުންނަތާ ރޔ ވެރިކަން ނިމުނުތާ ވީދުވަހެއްވީ.. އެކަން ރަނގަޅު ކުރަން ނޭގުނު ބަޔަކަށް ތިކަމެއް ހައްލެއްނުވާނެ... ހަމައެކަނި ކުރެވުނުކަމަކީ ހުދުކުލައިން މަގުތަކުގައި ދަމާފަހުރި ރޮނގުތަށް ރީނދޫ ކުރެވުނީ...
ހަނާން
10 April 2019
ގުދުރަތީ ގޮތުން ރަށްރަށުގަ ބީޗް ހުންނަ ފަރާތް ބަލާބަލަ. ގަދަކަމުން ވެލިގަނޑު ހިފަހައްޓަންވީ؟ ބީޗް އޮންނާނެ ހުޅުމާލެއަށްދޭ ނަޖިހެއް ނުވާނެ
ޖަމްޝީދް
10 April 2019
މާލޭގަ އުޅޭ ރާއްޖޭގެ ރަށްރަށު މީހުން ހަމަ މި 500 ފޫޓްގެ ނަޖިސް ފެންގަނޑަށް އެރެމުން ބުނާނެ ދޯ ތިމަންނަ މިއުޅެނީ މާލެ ސިޓީގައޭ އެވަރިހަމަ 3 އިރު ހަމައަށް ނުކައި ކުލި ދައްކަން ތިބެންވެސް
ބޮނބި އޮޑި
10 April 2019
ދޯނި އެފައިބަނީ އެތަން ގިރަމުން ގޮސް މޫދަށް ފައިބާއިރުވެސް އެތަން ގިރާ ނެތި ދާއިރުވެސް ވެލިއަލާލާ ރަނގަޅެއް ނުކޮށްލެވޭ
ހަނާން
10 April 2019
ގިރާނެ ތަނުގަ ބީޗް ގުދުރަތާއި ޚިލާފަށް ހަދީމަ ވާނެ މކހެން
ހަސަ9
10 April 2019
ހުޅުމާލެ މޫދަށް އެރޭ ދިމާލުން ތި ވަރަށް ބައިވަރު ފެނޭ. ހުންނަނީ ހުދުވެފަ. ގިނަ މީހުން ނަކަށް އެއީ ކޯޗެއްކަމެށް ނުއެނގޭ. މިނޫހުން މިކަން މީހުން ގެ ސަމާލުކަމަށް ގެނެސް ދިނުން އެދެން
ސުޒޭންް
10 April 2019
ފެނޭތޯ ނުފެނޭތޯ ބަލާކަށް ނޫން ބޮޑު މުސާރަދީފަ ކައުންސިލަށް ހޮވީ. މައްސަލަ ހައްލުކުރަން. މަހެއްވާން ކައިރިވީ އިރުވެސް ފެނޭ ކިޔާލަ ކިޔާލާ. ޙައްލުނުކުރެވެންޏާ އިސްތިއުފާ ދީފަ ގޭގަ މަޑުކޮށްލަންވީނު؟ އަހަރުންނަށްވެސް ފެންނަކަން އިނގޭ ވިއްޔާ.
ބޯގަޅި
10 April 2019
މާލޭގަ ދިރިއުޅޭ ލައްކަ އެއްހާ މީސްތަކުންގެ ނަޖިސް ބޭރުވާ ހޮޅި 200 ފޫޓް ބޭރަށް ޖައްސާފަ ހެދި ރަސް ފަންނެއް!! ދެން އޮއި ހުންނަ ގޮތުން އެ ނަޖިސް އެއްގަމާ ދިމާލަށް ނައިހެއް ނުހުންނާނެ... އެވާހަކަ އޭރުވެސް މިހާރު ވެސް ދައްކަނީ ދެން މޫދަށް އެރުމާ ނޭރުން އެއީ އެ ބައެއްގެ ވިސްނުމާ، ހިއްސާ ގުޅިފަވާ ކަމެއް.. ހަމަ ޔަގީނުންވެސް އަހަރުމެނެއް ނޭރޭނަން .
ކުޅުދުއްފުށީ މޭން
10 April 2019
ތި ތަން ފަސްއަޅާ ފޮރުވާލާފަ ޕާރކެއް ހަދާ ، ނަމަކަށް ކިޔަންވާނީ އާރާމް ބަގީޗާ ، ތިޔަ ކިޔެއްކުރާނެ ތަނެއް ބުރިޖުންލާފަ ހުޅުމާލެއަށް ދެވެން އޮއްވަ.