އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ވޯޓު ގުނަނީ: ވޯޓުތައް އަލުން ގުނުމުން ބައެއް ކެންޑިޑޭޓުންނަށް ވަނީ ވޯޓު އިތުރުވެފައި. --ފޮޓޯ/މިހާރު
11 އެޕްރީލް 2019 - 11:51
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ވޯޓު އަލުން ގުނާއިރު ނަތީޖާގައި ފަރަގު ބޮޑުވެ، ބާތިލް ވޯޓު ކަނޑައެޅި ގޮތާ މެދު ސުވާލު އުފެދިއްޖެ އެވެ.
މި ތަފާތު އެންމެ ބޮޑަށް ފާހަގަވީ މާމިގިލީ ދާއިރާ އިން ހޮވިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަށް އައި ބަދަލުންނެވެ. ދެ ފަހަރަށް ގުނުމުން އެމަނިކުފާނަށް ވަނީ 51 ވޯޓު އިތުރުވެފަ އެވެ.
ގާސިމްގެ ކެމްޕޭން އެޖެންޓުގެ ފަރާތުން ހުށަހެޅި ޝަކުވާއާ ގުޅިގެން ފުރަތަމަ ގުނީ އެ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލް ވޯޓުތަކެވެ. އެ ފޮށިތައް ގުނިއިރު، އެނގުނީ ސައްހަ 33 ވޯޓު ބާތިލްކޮށްފައިވާ ކަމެވެ. ގާސިމާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުގެ ސައްހަ 45 ވޯޓު އޮތީ ބާތިލް ވޯޓުގެ ގޮތުގައި ގުނައިފަ އެވެ.
އެންމެ ވޯޓަކުން ވެސް އިންތިހާބެއްގެ ނަތީޖާ ބަދަލުވުމުގެ ފުރުސަތު އޮންނަ އިރު، އެއީ ކުޑަ އަދަދެއް ނޫނެވެ. އެހެންކަމުން ވޯޓު ބާތިލް ކަމަށް އޮފިޝަލުން ކަނޑައެޅި ގޮތާ މެދު ސުވާލުތަކެއް އުފެދެ އެވެ.
ގާސިމްގެ ފަރާތްޕުޅުން ދެ ވަނަ ފަހަރަށް ޝަކުވާ ހުށަހަޅައިގެން މާމިގިލީ ދާއިރާގެ ވޯޓު ފޮއްޓެއް ރޭ ވަނީ ގުނައިފަ އެވެ. އެ ފޮށިން ވެސް ގާސިމަށް ވަނީ 18 ވޯޓު އިތުރުވެފަ އެވެ. އެއީ، ސައްހަ ވޯޓުތަކެއް ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާތީ އެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ފުރަތަމަ އިއުލާން ކުރިއިރު، ގާސިމް އާއި އަމީޒާ ދެމެދު ފަރަގަކީ 99 ވޯޓެވެ. އެކަމަކު ގާސިމަށް އިތުރުވި ވޯޓުތަކާ އެކު އެ ދެ ބޭފުޅުންގެ މެދުގައި މިހާރު 150 ވޯޓުގެ ތަފާތު ބޮޑެވެ.
މާމިގިލީ ދާއިރާގެ އިތުރުން މަޑުއްވަރީި ދާއިރާ އާއި މާވަށު ދާއިރާގެ ވޯޓުތައް ގުނިއިރު ވެސް ނަތީޖާ އަށް ވަނީ ބަދަލު އައިސްފަ އެވެ.
މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓުތައް ގުނިއިރު، އެ ދާއިރާ އިން ހޮވިވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ވަނީ ނުވަ ވޯޓު އިތުރުވެފަ އެވެ.
މާވަށު ދާއިރާ އިން ފުރަތަމަ ތިން ފޮއްޓެއް ގުނިއިރު، އެ ދާއިރާ އިން ހޮވިވަޑައިގެންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އެއް ވޯޓު މަދުވި އެވެ. އެކަމަކު ފަހުން، އެ ދާއިރާގެ 69 ފޮއްޓެއް ގުނިއިރު ސައީދަށް ވޯޓެއް އިތުރުވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އީސީން ބުނިގޮތުގައި މި އިންތިޚާބުގައި މައްސަލަ ދިމާވީ ބާތިލް ވޯޓުތަކުގަ އެވެ. އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން ބާތިލް ވޯޓު ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ވޯޓު ފޮށީގެ ވެރިޔާ އަށެވެ.
ސައްހަ ވޯޓެއް، ބާތިލް ވޯޓެއްގެ ގޮތުގައި ގުނުމަކީ ގާނޫނީ ކުށެކެވެ. ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައަޅައި، ސޮއިކުރި އޮފިޝަލުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އީސީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
11 April 2019
ނަޝީދު ނިސްބަތްވާ ފޮށި ގުނުން ވަރަށްމުހިއްމު ހިޔެއްނުވޭ ސަލާމަތްވާނެހެނެއް
މައިސަމް
11 April 2019
އެޅުން ފިޔަވަޅު އެކަންޏެއް ނޫން މީހުން ރަނގަޅު ލިބޭނީ އުޖޫރަ ވެގްން ރަނަގޅު
ަވަޖުދީ
11 April 2019
ބާތިލްވޯޓު ދުވާލަކު ގޮތަކަށް ކަނޑައަޅާނަމަ އޮފިޝަލުންނަށްވެސް އޮޅޭނެ. ބާތިލްކަމަށް ނިންމާފަހުރި ގިނަ ވޯޓާކީ ކޮންމެސް އެއްޗެއް ކުރަހާފަހުރި ވޯޓު. ޔައުނީ އެއީ ވިއްކާފަހުރި ވޯޓޭ. އެކަހަލަ ވޯޓު ގާސިމަށް ގިނަވުމުން އެނގޭކަމެއް އޮންނާނެ.
ޖަގުދީ
11 April 2019
ގާސިމަށް އެކަންޏެއްނޫން ބާތިލް ވޯޓް އަނބުރާ ލިބުނީ.
މުގުނީ
11 April 2019
ހުރިހާ ފޮއްޓެއް އަލުން ގުނަން ފެނޭ. ހާއްސަކޮށް ބަރުލަމާނީ ކަލޭގެ ފޮށި އާދޭސްކޮއްފަ މިބުނީ އެ ކަލޭގެ ފޮށި ގުނާބަލަ.
ދާލު
11 April 2019
"އެންމެ ވޯޓަކުން ވެސް އިންތިހާބެއްގެ ނަތީޖާ ބަދަލުވުމުގެ ފުރުސަތު އޮންނަ އިރު، އެއީ ކުޑަ އަދަދެއް ނޫނެވެ". އެންމެވޯޓަކުން ނަތީޖާބަދަލުވާނީ އެއްވޯޓުގެ ތަފާތު އުޅެންޏާ. މިހާރުން މީތި ގޯސްނުކުރައްވާ
ތިމަންނަ
11 April 2019
ދިވެހިން (އަހުރަމެން) ކޮންމެ ކަމެއް ކުރިއަސް އެކަމެއް ދެވަނަ ފަހަރަށް ނުކޮށްވާނެ ގޮތަކަށް ކުރަން ނޭގެނީ ކީއްވެ ބާ
މަރޭމިތުރު
11 April 2019
އެމީހެއްގެ ސޮއިމަތީ އެމީހަކު ކުރެހުންކަހަލަ ކަމެއްއެއީ ވޯޓުފާހަގަ މަތީގައި އިތުރައް ކުލަގަދަކުރަން ފެވުން. އޮފިޝަލުންގެ ނިންމުމަށް އަހަރެން އިހްތިރާމްކުރަން. އެއިންވެސް އެނގިގެންދިޔައީ ވޯޓް ކަރުދާހަށް ފުރިހަމަ އިހްތިރާމް ނުކުރަނީ ކޮންބައެއްކަން.
ތުލް
11 April 2019
އަސްލުވެސް..ހަމަ ގާސިމްގެ ވޯޓް ތިހެން ވަނީ ކީއްވެ
މަރޭމިތުރު
11 April 2019
ވޯޓު ބާތިލުކުރުވަން ބަޔަކު ޖެހި ސަކަރާތަކަށްވެސް އެކަން ވެދާނެ!އިންތިހާބު ބާތިލުކުރުވަން. ކިހިނެތް އެނގޭނީ!
މަރޭމިތުރު
11 April 2019
ފާހަގަ ފަވާ ކުލަގަދަކުރީމާ ވޯޓު ބާތިލްކުރީ! ފާހަގަ ޖަހާ ދެފަހަރު ލިޔުނުކަން އެނގިފައިހުރީ!................ އިތުރައް ނުކުރަހަން އިލެކްޝަނުން އިލްތިމާސްކުރި. އެކަމަކުވެސް ބައެއްމީހުން ދިޔައީ ފާހަގަޖަހާ ކުލަގަދަކުރަން އޭގެ މަތިން އެފާހަގަ ފަވާފަ! ހަގީގަތައް ބަލަންޏާ އޭގައި ނެތް އޮފިޝަލުންގެ އެއްވެސް މައްސަލައެއް!
މިއީ ކަންވީގޮތް
11 April 2019
މައްސަލަ ދިމާވެގެން އުޅެނީ ރަގަޅު ފާހަގަ ޖަހަން އޮންނަ ގޮޅިން ބޭރަށް ފާހަގަ ގޮސްގެން ބާތިލް ކޮށްފައި ހުރި ވޯޓުތަކުގައި. ގާނޫނުގައި އޮތް ގޮތުން އެއީ ބާތިލު ވޯޓެއް ނޫން. ނަމަވެސް ބައެއް އޮފިޝަލުން ގޮޅިން ބޭރަށް ގޮސްފިއްޔާ ކޮންމެ ވޯޓެއް ބާތިލު ކުރީ. އީސީއިން އެބުނަނީ ނަމާ ދިމާގައި ފާހަގަ އޮތިއްޔާ ގޮޅިން ބޭރުގައި އޮތަސް ވޯޓު ސައްހަވާނެ ކަމަށް.
އަސްލު ކަންވީ ގޮތް
11 April 2019
ވޯޓު ބާތިލްކޮށްފަހުރީ ގޮޅިން ބޭރުގަ ފާހަގަ ޖަހައިގެންއެއްނޫން. ވޯޓު ބަތިލް ކޮށްފަހުރީ ޓްރެއިނިންގަ އޮފިށަލުންނަށް އިރުޝާދު ދީފައިވާ ގޮތަށް. އެއީ އިލެކްޝަން ގަވާއިދުގެ 56 ވަ މާއްދާގެ (ހ) ގެ 5 ގައި ވާގޮތުހުގެ މަތިން "ކެނޑިޑޭޓެއްގެ ނަމާދިމާގައި ރަނގަޅުފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖާހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު".
އަސްލު ކަންވީ ގޮތް
11 April 2019
ޓްރެއިނިންގަ އިރުޝާދު ދީފައިވަނީ ރަނަގަޅުފާހަގައިގެ އިތުރުން ތިއްކެއް ނުވަތަ ރޮނގުކޮޅެއް އިންކަމުގައި ވިޔަސް ވޯޓު ބާތިލް ކުރުމަށް ކަމަށް ވަނީ.
އަލީރާޖާ
11 April 2019
ހުރިހާ ބާތިލު ވޯޓެއް ދެވަނައަށް ދިޔަ ކެންޑިޑޭޓަށް އެއްކުރީމާ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނާނެ ހުރިހާ ދާއިރާއެއްގެ ބާތިލުް ވޯޓު މިހާރު އެވަނީ އަލުން ގުނާ ނިމިފައި. މިއީ ޕީޕީއެމް އިސްވެ އޮވެ ޖޭޕީއާއި ބައިވެރިވެގެން އެންމެ ފަހުވަގުތު އިންތިޚާބާ ބެހޭ ގާނޫނަށް ގެނައި ބަދަލެއް. އީސީއިން އެކަން އެހާ ވަގުތު ކުޑަތަންވެފައި އޮއްވާ ނުކުރާންވެސް ބުނި. އެއީ މީހުންނަށް އޮޅުން އަރާނެތީ.