ރަސްފަންނު ސަރަހައްދަށް ކުދި ބަޔަކު މޫދަށް އެރެނީ: ނަޖިސް ފެނިގެން އެތަން ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމަށް ވަނީ ނިންމާފައި-- ފޮޓޯ: މިހާރު
16 އެޕްރީލް 2019 - 15:13
ނަޖިސް ފެނިގެން މިދިޔަ މަހު ފަހުކޮޅުން ފެށިގެން ބަންދުކޮށްފައިވާ ރަސްފަންނު މި ހަފުތާގައި ހުޅުވަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް، "މިހާރު" އަށް ވިދާޅުވީ ފަހުން ހެދި ޓެސްޓްތަކަށް ފަހު އެތަނުގެ ލޮނުގަނޑުގެ ހާލަތު ރަނގަޅު ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. އިތުރަށް ޔަގީންކުރުމުގެ ގޮތުން އަދި އެއް ފަހަރު ޓެސްޓް ހެދުމަށް ފަހު މިހަފުތާގައި އެ ސަރަހައްދު ހުޅުވާލަން ނިންމީ ކަމަށް ސަމާއު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ލޮނުގަނޑުގެ ފެން ނަގައިގެން ޓެސްޓް ކުރަމުން ދަނިކޮށް ވެސް ނަޖިސް ލެެއްގި ކަމަށެވެ. ކުރިން ވެސްޓް ޕާކް ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ކުރިން ވެސް ގިނަ އަދަދަކަށް ނަޖިސް ފެނުނެވެ.
ސަމާއު ވިދާޅުވީ މިހާރު ނަޖިސް ލެއްގުން ހުއްޓިއްޖެ ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވަން ކުރި މަސައްކަތެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ފަހުން ހެދި ޓެސްޓްތަކުން ދައްކަނީ އެތަނުގެ ފެންގަނޑު ރަނގަޅު ކަމަށް. މިބަލަނީ މިހަފުތާގައި އެތަން ހުޅުވާލެވޭނެ ކަމަށް،" ސަމާއު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ރަސްފަންނުން ނަޖިސް ފެނި އެތަން ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ލޮނުގަނޑުގެ ޓެސްޓްތައް ހެދުމަށް ފަހު އެއީ މޫދަށް އެރެން ރައްކާތެރި ތަނެއް ކަމަށް އޭރުގެ ހެލްތު މިނިސްޓްރީން ބުނުމުންނެވެ. އެތަން އަލުން ހުޅުވުމުގެ ގޮތުން ފުރަތަމަ މޫދަށް އެރިވަޑައިގަތީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެައަޖާއިބް
17 April 2019
ނަޖިހުގެ އަސަރު ޓެސްޓް ތަކުން ނުދެއްކިއަަސް މޫދުން އެފެންނަނީ ހަމަ ސީ
ހޭބަލިމިތުރު
17 April 2019
ނަޖިހުގެ އަސަރުނެތީކީނޫން ވޯޓުލާނިމުނީނަ ތިކަންވެސްނިމުނީ!. ބޮޑުވާހަކަ ދެއްކުމާ ދެބޯގެރިދުއްވުން ނޫންކަމެއް ކުރެވޭތަ؟.
ކިހިނެތްމިވީ
17 April 2019
ބަންދުކުރީ ނަޖިސް ފެނިގެން ކަމަށް ބުނާއިރު އެ ފެނުނު އެއްޗެއް ތަހުލީލުކޮށްފަ އެއީ ސީދާ ނަޖިސްކަމަށް ބުނިބާ؟ ފެންގަނޑުގައި ކުރިން ނަޖިހުގެ އަސަރު ހުރެދާނެތާ މީހުން އަބަދު އެރިއުޅޭ އިރު އެވަރަށް ފެންގަނޑު ދައުރުނުވާނަމަ. ފަހުގެ ޓެސްޓުން ނަޖިސްނެތް ކަމަށް ދައްކާނެތާ މީހުން އެތަނަށް ނޭރޭނަމަ. އަސްލު މިވީ ގޮތް އެހާ ސާފެއްނުވި..
ވިލަރެސް
17 April 2019
އެޗްޕީއޭއިން ކިތައްމެ ޓެސްޓެއް ހެދިކަމުގައި ވިޔަސް ރަސްފަންނުން ނަޖިހުގެ އަސަރު ހުނަކަމީ ދޮގު ނުކުރެވޭނެ ހަޤީޤަތެއް. ނިކަން އަމިއްލަޔަށް ހެދުނު ފަތިހުގޮސް ރާޅުކުރި ޗެކްކޮށްލަބަ މީ ދޮގެއްތޯ ތެދެއްތޯ ބަލަން ބޭނުން މީހުން. ހެނދުނު ފަތިހު ދާއިރު ރާޅު ކުރީގަ ނަޖިސް ފެންނާނެ. ބޮޑެތި ފޯލި ފޯލި ފެންނަން ނުހުއްޓެއް ކަމަކު ނަޖިސްވާނީ ނަޖިހަށް.
ކަނބިލި
17 April 2019
ރަސްފަންނުވެސް ޓްރެކް އޭރިއާވެސް މެއިންޓެއިންކޮށް ބަލަހައްޓަންޖެހޭ މިއީ ރައްޔިތުންނާ ގުޅިފައިވާ ރައްޔިތުން ކޮންމެ ދުވަހަކު ބޭނުންކުރާ ތަންތަން. މިތަންތަން ހެދިފައިހުރީ ބައިތުލްމާލުން. އެހެން ގޯސްކޮށް ހުރިކަމެއްނަމަ އެކަމުގެ ވާހަކަ ދައްކާލުމުން އެއީ ޒިންދާރުވުމެއްނޫން.
ދިއެޓޯލްޑޮޓްކޮމް
17 April 2019
ރަސްފަންނު މޫދުގެ ލޮނު އިރުއިރުކޮޅާ ޓެސްޓުކުރުމުގެ ބަދަލުގައި ފުރަތަމަ ކުރަންޖެހޭ ކަމަކީ އެތަނަށް ނަޖިސް އަންނަން ދިމާވާ ސަބަބު ހޯދާ އެކަން ހައްލުކުރުން، އޮޔާވައި އަބަދު އެއްގޮތަކަށްނޫން އޮންނާނީ، މިހާރު ނަޖިހުގެ އަސަރު ނެތަސް، ނަޖިސް އަންނަން ދިމާވާ ސަބަބު ހޯދާ އެކަން ރަނގަޅު ނުކުރާނަމަ ތިޔަކަމެއް ހައްލެއްނުވާނެ، އިރުއިރުކޮޅާ ޓެސްޓް ކުރަނީ ކޯއްޗެއްބަލަންތޯ، ބަލިމީހާއަށް ފަރުވާނުދީ މަހަކު އެއްފަހަރު ރަނގަޅުވިތޯ ބަލަން ޓެސްޓްހެދުން ކަހަލަ ކަމެއް!
ޙިމާރުލް ވަތަން
17 April 2019
އެތަން ނަޖިސްވޭ ކޮންމެ އިންތިޚާބަކަށް. ހަމަ ނިމުނީ ސާފު. ބަލަ ވައި ބަދަލުވީކީ ނޫން. ށާފުކުރަން ކަމެއް ކުރީކީނޫން. އެބުނާ ހޮޅިން ސީލާންތިބި މީހުން މަދުވީކީ ނޫން. ހަމަ ކުއްލިއަކަށް ސާފު. މާލެ މޭޔަރަށް މިހުންނަނީ ކިހިނެއް ވެފާތަ
ްްްްްަުުުުުޮޮޮޮޮގަމަ
16 April 2019
ރަސްފަންނު ގުއިފަންނަކަށް ތިޔަވަނީ
ihaaru.
16 April 2019
ހައްދާފަ!
ހަސަނުގެދަރި
16 April 2019
ރަސްފަންނުން ފެންނަ ނަޖިހަކީ ފާހާނާ ހޮޅިން ޕަންޕުން ބޭރުކުރާ ނަޖިހަށް ނުވުންވެސް އެކަށީގެންވޭ . އަޅުގަނޑަށް ބޮޑަށް ބެލެވެނީ މާލެކައިރީ ބަނދަރު ކޮށްފަވާ އުޅަނދުންނާއި ދަތުރުކުރާ އުޅަނދުފަހަރުގެ ފާހާނާއިން ބޭރުވާ ނަޖިސް ލައްގަނީ ކަމަށް. މިކަން ދިރާސާކުރަންފެނޭ.