ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން. --- ފޮޓޯ: މިހާރު
17 އެޕްރީލް 2019 - 22:20
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ބައެއްގެ ނަންތައް ނެގީ ވަކި ބަޔަކު ހައްޔަރު ކުރަން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިރޭ ތުހުމަތު ކުރައްވައިފި އެވެ.
މަނީ ލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެން ރެޑް ނޯޓިސް ނެރުނު އެޗްޑީސީގެ ކުރީގެ ޗެއާމަން މުހައްމަދު އަސީލާއި މުހައްމަދު އައްލާމް ލަތީފާއި (މޮހޮ) އަހުމަދު އިޝްފާހު އަލީ އާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ގެ ނަން އިންޓަޕޯލްގެ ވެބްސައިޓުން ވަނީ ނަގައިފަ އެވެ.
ފުލުހުން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އިންޓަޕޯލް ރެޑް ނޯޓިސް ބާތިލް ކުރީ ދައުލަތުން އެގޮތަށް ނިންމައިގެން ކަމަށެވެ. އެ މީހުންގެ ރެޑް ނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށްވާ އިރު، މިހާރު އެ މީހުންނާ ފުލުހުންނާ މުއާމަލާތް ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާތީ އިތުރަށް އެ މީހުންގެ ރެޑް ނޯޓިސް ދަމަހައްޓަން ޖެހޭ ތަނެއް ނެތުމުން ރެޑް ނޯޓިސް ނެގީ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި މިދިޔަ މަހު ފުލުހުންގެ ޓީމަކުން އެ މީހުން ދިރިއުޅޭ އިނގިރޭސިވިލާތަށް ގޮސް އެ މީހުންނާ ބައްދަލުކުރި އެވެ.
Sarukaaru Beynun Vaa Gothah Bayaku Hayyaru Kurumah Hekibas Dhinumaa Gulhey!! https://t.co/7L8cZzvA4K
— Ahmed Nihan (@ahmed_nihan) April 17, 2019
ނިހާން މިރޭ ކުރެއްވި ޓުވީޓު.
ފުލުހުންގެ މި ނިންމުމާ ގުޅިގެން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ނިންމުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް ބަޔަކު ހައްޔަރު ކުރުމަށް ހެކިބަސް ދިނުމާ ގުޅޭ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެކަމަކު، ހައްޔަރު ކުރަން އުޅޭ ބައެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ބައެއް 155 މީހެއްގެ އެކައުންޓަށް އެސްއޯއެފުން އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައިވާ ކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ތަހުގީގީ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެކަމަކު، އެ ނަގުދު ފައިސާ ލިބުނު މީހުންގެ ނަމެއް އެ ރިޕޯޓަކު ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
18 April 2019
މީނަ އަމިއްލަޔަށްހުރެ ދޮންބޮޑުވެގެން މިއުޅެނީ އަޅެފަހެ ކިހިނެއްވީބާ.
އަލީބޭބެ
18 April 2019
ބަލަ އެ ނެގަދު ފައިސާ ލިބުން މީހުންގެ ނަން ރިޕޯޓްގަ ނެތަސް ބުއްދު ހުރިއްޔާ އެގޭނެ ލިސްޓްގަ ނަންއޮތް މީހުން. އަހަރެން އެބަކިޔަންތަ ތިޔައުޅެނީ ވަކިބަޔަކު ހަށްޔަރު ކުރަންވެގެނޭ.
ސިކުނޑި
18 April 2019
ނިހާނު ހާދަ ވަރެއް މިވަނީ!! އަހަރުންވެސް އެބައުޅެމޭ ހެޔޮ މީހަކު ހައްޔަރު ކުރިޔަސް ނުކުރިޔަސް! އަހަރުން ހައްޔަރެއް ނުވެސް ކުރާނެ!!
ހުއްބުލް ގަލަން
18 April 2019
ކޮންމެހެންވެސް ޔާމީން ހައްޔަރު ކުރަންޖެހޭ. ވައްކަން ކުރުމަކީ ދީނާއި ހިލާފު ކަމެއް.
5555
18 April 2019
މީސްމީހުނަށް ވަގަށް ގޮވުމަކީ، އޭގެ ފާފަ އެމީހަކަށް ލިބުމުގެ އިތުރަށް، އެމީހާ ކުރި ހެޔޮކަމުން ބައެއް ނުހައްޤުން އަބުރު ކަތިލެވުނު މީހާއަށް ލިބޭކަމެއް.
ހުސެން
18 April 2019
ނިހާނުއަށް ބުނަމެވެ. އަންހެނެއްގެ މޫނަށް ކުޅުޖެހި މައްސަލައިގައި އެކަން ރައްދުވާ ފަރާތުންނާ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދޭށެވެ މިކަން މިގޮތަށް ކުރުމުގެ ހިތްވަރު ނެތްނަމަ ނިހާނުއަކީ ތީ ތަންތަނަށް އަރާ ވާހަކަދެއްކުމުގެ ކުފޫ ހަމަވާމީހެއްނޫންކަން ހަނދާން ކުރާތި، ތިޔަ ކިޔާއެއްޗެއް އަހަރެމެން ބަލައެއް ނުގަންނާނަން، ދިވެހިރައްޔިތުންގެ ލޯމަތީ މިފަދަ މުޑުދާރުކަމެއްކޮށް އެކަމަށް މައާފަށް ނޭދި އެކަން ދިފާޢުކޮށްގެން ހުރެ ކޮން އަނގައެއްތަޅާކަށް
މޯޑުސް
18 April 2019
ރެޑް ނޯޓިސް ނެރެގެން ހައްޔަރު ކުރަން ޖެހެނީ ޔާމީން އާއި ފާތުމާ. މިދެމީހުން މިހާރުން މިހާރަށް ބަންދުކުރޭ
ބިރުވެތިވެ
18 April 2019
މަހިތަށް އަރަނީ، މިގައުމުގެ މީހުންގެ ވިސްނުމާ ތައުލީމީ ފެންވަރަކީ، ލޮލުގެ ކުރިމަތިން ފެންނަ ހަގީގަތްތަށްވެސް އެއީ ދޮގުކަމުގައި ގަބޫލުކުރުންބާއޭ؟ މި 3 މީހުންނަކީ، މމޕރސ ގެ ހުރިހާ ފައިސާއެއް ޖަމާވި ކުންފުނީގެ ވެރިން. މިމީހުންނަކީ ކުއްވެރިކަން ކަމުގައި ނުވާނަމަ ދެން ކުއްވެރިވާނީ ކާކު؟ ﷲ އަކްބަރު. ދިވެހިން ގެއްލި ހަލާކުވެއްޖެ. ގައުމު ނެތި ދިއުމާއި އަނިޔާވެރި ބައެއްގެ އަތްދަށުވެ ނެތިދިއުން ގާތްވުމުގެ ޢަލާމާތްތައް މިފެންނަނީ.
ގެމަނަފުށި
18 April 2019
ރާއްޖޭގައި މިދިޔަ ފަސްއަހަރު ކުރި ހުރިހާ ވައްކަމެއް ކުރީ ޔާމީންގެ އެންގުމަށް. ފުރަތަމަ ޖެހެނީ ޔާމީން ހައްޔަރު ކުރަން. ޔާމީން ދައްކާފަ ހުރި ވާހަކަ އަޑު އަހާލަ ބަލަ، އެއިރުން އިގޭނެ
ސުވާލު
18 April 2019
މިތިން މީހުންތަ ކޮރަޕްޝަން އެބަ ހިންގައޭ ބުނީމަ އޮޑިޓާ ޖެނެރަލް ވަކިކުރީވެސް؟ ނަސަންދުރާ ދިނީވެސް؟ މިހެން ގޮސް މިކަހަލަ އެތައް ކަމެއް ކުރީ؟ ގައުމުގެ ވެރިޔަކަށް ހުރީ އެހާވެސް ބާރެއް ނެތް ތަނެއް ދޮރެއް ނޭނގި ހުރި މީހެއް؟ މިބުނަނީ އެއްގޮތަކަށްވެސް މިތިން މީހުން ނޫނީ ނަޝީދުވެސް ރަނގަޅެކޭ ނޫން.
ބަލާދު
18 April 2019
ބުނަން ވާހަކައެއް، ނޭންގޭ ވާހަހަ ނުދައްކާ. ތިޔަފައިސާއިން ނިހާނުއާ ޔާމީނާ އަދުރޭއަކަށް އެއްވެސް މަންފާއެއްނުކުރެ، އެމީހުން އެލާރި ޚަރަދުކުރީ ކެމްޕެއިނަށް، ދެން ވަރަށް ކުޑައެއްޗެއް ގެޔަށް ނުގެންދެއެކޭނޫން.
އިއްސޭ
18 April 2019
ވައްކަންކުރި ބަޔަކު އެކަމާ ބިރުން ތެޅިފޮޅޭނީ
ކޮލަމާފުށި
18 April 2019
ނިމިދިޔަ ސަރުކާރުން ހިންގި ޖަރީމާތައް އަވަހަށް ބަލާ ފިޔަވަޅު އަޅަން އެބަޖެހޭ..
77777
18 April 2019
އޭގެ ކުރީގެ ޖަރީމާތަކޯ؟ އެފްޕީއައިޑީ ގަ ހުރި ބޯޓުތަކާއި، ރައްޔިތުންގެ މުދަލާ ތެލާ ހުރިހާ އެއްޗެއްގެ އަގު 1000 މިލިއަން ޑޮލަރަށްވުރެވެސް އިތުރުވާނެ. ސާކްސަމިޓަށް ސާކް ގައުމުތަކުން ދިން ފައިސާތައް ނުހޯދާނަންތަ؟ ޖީއެމްއާރްއިން ދިން ފައިސާތައް ވަތްތަނެއް ނުހޯދާނަންތަ؟ އެއީ ފައިސާއަށް ނުވަތަނީތަ؟ ނޫނީ ވަކި މީހެއް ނެގީމަތަ ރައްޔިތުންގެ ފައިސާއަށް ވަނީ؟ ރައީސް ޔާމީނާ ހެދި ހާދަވަރެކޭ ދޯ ތިހުރި؟ ލޯބީގެ ފެށުމަކީ ނަފްރަތު.
ފފފފ
18 April 2019
ރައީސް ޔާމީނާ ހަމަ ގޮތަކީ ދޯ؟ އެމަނިކުފާނުގެ ހުރިހާ ފާފައެއް ރައްޔިތުންގެ ތެރެއިން ބަޔަކު ނަގާނަމޭ ހިތާ ތިއުޅެނީ ހަމަވާ ލޯބިން އުތަ؟
އީދުކަޅުބެ
18 April 2019
ފުޅަށްބުޑުން ދަންޏާ ޙަސަނަށް ހީވާނެ އެދަނީ ކެޔޮގަނޑު ކަޑައިގެންނޭ. ނިހާނޫ މީ ވަރަށް ގިނަވާހަކަ ކުރުކޮށް މިބުނެލީ.