މިނިސްޓަރު ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޝައިނީ ރޭ ދެއްކި ބައެއް ވާހަކަތައް އަދާލަތުން ސިފަކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ސެޕްޓެމްބަރ 2016 - 14:52
ރައީސް އަބްދުﷲ ޔާމީން ދިފާއު ކުރެއްވުމަށް ލޭ އޮހޮރުވަން ތައްޔާރަށް ހުންނެވި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވުމުން އަދާލަތު ޕާޓީން އެކަން މިއަދު ކުށްވެރިކޮށްފި އެވެ.
ސަންގު ޓީވީން ރޭ ދެއްކި "ހަބަރަށް ފަހު" ޕްރޮގްރާމުގައި މިނިސްޓަރު ޝައިނީ ވިދާޅުވީ "ރައީސް ޔާމީން ދިފާއު ކުރުމަށްޓަކައި [މިނިސްޓަރުން] ލޭ އޮހޮރުވާން ވެސް ތައްޔާރަށް ތިބި" ކަމަށެވެ.
ޝައިނީގެ އެ ވާހަކަތައް އަދާލަތު ޕާޓީން ސިފަކޮށްފައިވަނީ ފިނޑި އަދި ހައްދުފަހަނަ އަޅާފައިވާ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގަ އެވެ. އަދި މިއީ ރައީސް ޔާމީންގެ "ސަރުކާރުގެ ނާތަހުޒީބު ކަމާއި ހައްދުފަހަނަ އަޅާފައިވާ މިންވަރު" ދައްކައިދޭ ކަމެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.
އަދާލަތުން ބުނީ ބޮޑުވަމުން އަންނަ ޖީލުތަކަށް ނަމޫނާ ދައްކަން ތިއްބަވާ ބޭފުޅުން މި ފަދަ ލާއިންސާނީ ކަންކަމަށް ހިތްވަރު ދިނުމުގެ ސަބަބުން މުޖުތަމައުގެ އަމާންކަން ގެއްލި، އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށެވެ.
އެ ޕާޓީން ބުނީ ސިޔާސީ ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް މަޝްވަރާކުރުމުގެ ވިސްނުން ސަރުކާރުގެ ނެތް ކަމަށާއި ބޭނުންވަނީ ލޭ އޮހޮރުވުމަށް ހިތްވަރުދޭން ކަމަށެވެ. އަދި މިއީ ސަރުކާރާ މެދު ދިވެހިންގެ އިތުބާރު ގެއްލި ބައިނަލްއަގްވާމީ ފަރާތްތަކުން ސަރުކާރު އެކަހެރި ކުރާތީ ރައްޔިތުންނަށް ބިރުދެއްކައިގެން ވެރިކަން ދެމެހެއްޓުމަށް ހިންގާ އަމަލެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިންދު
04 September 2016
ސައިނީ ، މިނިސްޓަރުން މިބާވަތުގެ ވާހަކަދެއްކީމާ މިގައުމުގާ މައްސަލާ ބަލަން ތިބޭފަރާތް ތާކުން ނުބަލަންޏާ ދުނިޔޭގަ މިކަން ބެލޭނެ ގޮތެއް އޮތްނަމަ އެބަހޯދަންޖެހޭ،
ކެޕްޓަން
01 September 2016
ތިޔަ ފާޑަށް މިތާކު ނޫޅެވޭނެ
ދޮންބީފާނު
01 September 2016
މިނިސްޓަރުން ހުވާކުރީ ރައީސް ދިފާާޢުކުރަން އުހެޔޮވާނެތާ ބަޑިޖެހިޔަސް
ހުވާ
02 September 2016
ވަޒީރުންގެ މަޖިލީހު މެމްބަރުންގެ ހުވަޔަކު ނޯވޭ ތިޔާ ހެނެއް. ދިވެހި ބަހުން ލިޔެފަ ޤާނޫނު އަސާސީގެ ޖަދުވަލުގަ އޮންނާނެ ހުވާ. އަޅެ ދިވެއްސެއް ވިއްޔާ ކިޔާލަ ބަލަ
އިސްމާޢީލް
01 September 2016
އެބުނާހެން ކީއްވެ އިމުރާނުން މެން ބަންދުކޮށްފަ މި ކަހަލަ މައްސަލަ ނުބަލަނީ..
ޚުއްދާރު
01 September 2016
ނޫސްބަޔާން ޕާޓީ
ު788
01 September 2016
ޝައިނީ ބުނި އެތި އަކުރުން އަކުރަށް ގެނެސްދެއްވާ. އޭރުންނެއްނު މަމެންގެ ސަލާމަތް މަމެންނަށް ހޯދޭނީ. އެބުނާ ލެއެއް އޮހޮރުވަން އަންނައިރު.
ަަެަަކޮސާ
01 September 2016
ބޭފުލާ ޒިންދަގީ ދަނީ
އުމަރު
01 September 2016
ޑރ. ޝައިނީގެ ވާހަކަ ހަރުއިބާރާތުން ކުއްވެރިކުރަން
ޟުހައްމަދު
01 September 2016
ޝައިނީ މިއީ ޔާމީނުގެ އެކަނި ގައުމެއްނޫނޭ. ގަޑިޖެހެންދެން ތިޔަހެން ފޮނުއެރުވިދާނެ
ވީނަސް
01 September 2016
އަދާލަތުގެ ނާތަހުޒީބު ކަމާއި ހައްދުފަހަނަ އެޅުން މާބޮޑޭ ކޮއިފުޅާ. ތިމަންނަމެން ވަރުގެ ދީން ދަންނަ ބަޔަކުނެތް ކަމަށް ހެދިގެން އިލްމުވެރިންގެ ތާޖު އަޅައިގެން ތިބެ ސިޔާސީ މީހުންގެ އުނގަށް ވެއްޓިގެން ތިޔަ އުޅޭ އުޅުން ނޭންގޭ މީހަކު ނެތް.