ޚަބަރު / ބިން ހިއްކުން

މަޝްރޫއުތައް ކުރިއަށްދާނީ ގާހުދުވުމުގެ މައްސަލަ އަށް ވިސްނައިގެން: އެމްޓީސީސީ

ހޯރަފުށީގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތްކުރަނީ.---

އެމްޓީސީސީން ބިން ހިއްކައި ފަޅުފުންކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ ގާ ހުދުވުމުގެ މައްސަލަ ވިސްނައިގެން ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

ގާހުދުވުމުގެ ނުރައްކަލާ އެކު ތަރައްގީގެ މަޝްރޫއުތައް ވަގުތީގޮތުން މަޑުޖައްސާލަން މެރިން ރިސާޗް ސެންޓަރުން އިލްތިމާސްކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ފަޅުފުންކުރުމާއި ބިންހިއްކުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

އެ މަޝްރޫއުތައް އެންމެ ގިނައިން ކުރިއަށްގެންދާ ކުންފުނީގެ ސީއީއޯ ވިދާޅުވީ، ގާހުދުވުމުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ މަސައްކަތްތައް އަދި މަޑުޖައްސާލައިފައި ނުވާ ކަމަށެވެ. ނަމަވެސް ޓައިމްލައިނެއް ހަދައިގެން މަސައްކަތް ކުރަނީ، އެންވަޔަރްމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގައި ބަޔާންކުރާ ގޮތަށްކަން ފާހަގަަކުރެއްވި އެވެ.

އެ ކުންފުނިން މިހާރު ވެސް އަންނަނީ ހއ. ހޯރަފުށީގެ އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ގދ. މާވަރުލު އެއާޕޯޓުގެ މަސައްކަތާއި ހދ. ކުޅުދުއްފުށީ ހާބަރު ބޮޑުކުރުމާއި އއ. ރަސްދޫގައި ވެސް ބޮޑުހިލަ ޖެހުން ހިމެނެ އެވެ.

އޭނާ ވިދާޅުވީ މަހާޖައްރާފު ބޭނުންކޮށްގެން ވެލި ނަގަނީ ގާތްގަނޑަކަށް 25 މީޓަރު އަޑިން ކަމަށެވެ. ހޮޅި ލައިނުން ވެލިނަގައިގެން، ހިއްކަން ބޭނުންވާ ތަނަކަށް ވެލި އަޅަނީ ބަންޑުވޮލް ޖަހައިގެންނެވެ. އޭގެ ސަބަބުން، އެ މަސައްކަތުން އެހެން ސަރަހައްދުތަކަށް ކުރާ އަސަރު ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފަރެއް ހުދުވެފައި.-- ފޮޓޯ: އެކްސެލް ކެޓްލިން ސީވިއު ސާވޭ

ވެލި ނަގައިގެން ރަށާ ކައިރިން ވެލި ޖަހަނީ 700-800 މީޓަރުގެ ހޮޅިލައިނަކުންނެވެ.

"އެގޮތަށް މަސައްކަތް ކުރިކަމުގައި ވިއަސް ގެއްލުން ލިބޭނެ. އެކަމަކު ގެއްލުން ލިބޭ ވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" ޝާހު ވިދާޅުވި އެވެ.

މެރިން ރިސާޗް ސެންޓަރުން މިިދިޔަ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ)އާ ހަވާލާދީ ބުނީ ނޮއާއިން ހިންގާ ނޭޝަނަލް އެންވަޔަރަންމެންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮމޭޝަން ސާވިސް ޕްރޮގްރާމުން ބަލާ މިންގަނޑުން ގާ ހުދުވުމުގައި ރާއްޖެ މިހާރު އޮތީ ވޮޗް ލެވެލްގައި ކަމަށެވެ.

އެއީ ގާ ހުދުވުމުގެ ދެވަނަ ގިންތި އެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާތަކުގައި ރާއްޖެ "ވޯނިން ލެވެލް" އަށް އަރާނެ ކަމަށް ލަފާ ކުރާ އިރު ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދު ތައް އެލާޓް ލެވެލް 1 އަށް އަރާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.

8 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 56%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒިޔާޕު

15 May 2019

ވެރިކަން ލިބުނުފަހުން ތަރައްޤީއަށް އެއްވެސް ކަމެއްނުކޮށް ތިބެ. މިހަރު ތިޖެއްސި ސްޓަންޓަކީ ގާހުދުވުން އުޒުރެއްކަމަށް ރައްޔިތުންނަށް ދެއްކުން. ދެން ކަމެއް ނުކޮށް ތިބެވެނެ އެއްނު.

The name is already taken The name is available. Register?

އަލީ!

15 May 2019

އެމްޓީސީސީން ވެލިނަގަނީ ސާވެނުކޮށް. ކޮނެފަހުންނަވެއްޔާއެކު ކަނޑުގައިވާ ބައެއް ދިރޭތަކެތި ހިމެނޭ. ދިރޭ މުރަކަ އާއި ވެން ފަދަ ތަކެތި ފެނޭ.

The name is already taken The name is available. Register?

ކޮލެޖު ބޯއި

15 May 2019

ގާ ހުދުވާކަން ވިސްނައިގެން ތިބެވެސް މަސައްކަތްކުރެވިދާނެ އެވެ. އެހެންނާ ފަހެ ވިސްނައިގެން ހުރެ ކަމެއް ވަނީހޭ؟

The name is already taken The name is available. Register?

ލިން

15 May 2019

މި ރާއްޖޭގަ މަޝްރޫއެއް ކުރިޔަށް ދަންޏާ ގަލާ ބޮލާ ފަރާ ހުދުވެ ތިމާވެށި ޖާޑިއާއިންތައް ހަޅޭ ފަޅޭ ޖަހާނެ.. އީޕީއޭއިން ތިތަ ނައީމެއް ބޭރު ނުކޮށް ދިވެހިންނަކަށް ހަމަޖެހުމެއް ނުލިބޭނޭ.. ހުދުވާއެއްޗެއް ހުދުވާން ދޫކޮށްފަވެސް ތަރައްޤީ ކުރިޔަށް ނެރޭ. ބަހަނާ ޤަބޫލެއ ނުކުރާނެ ރައްޔިތުން

The name is already taken The name is available. Register?

ލުތުފަރު

15 May 2019

ފިނިހަކަދުވެލީގަ ތިމާނެންގެ ސުޕީޑުހުރީމާ ދެންކޮންމެހެން ގާހުދުވަނީއޭ މުރަކައޭ ކިޔާނެކަމެއްނެތް

The name is already taken The name is available. Register?

މާސްޓަރ

15 May 2019

ރާއްޖެތެރޭގެ ރަށެއްގަ ކަމެއް ކުރަންވީމަ ތިޔަ ހުރިހާ ހާސަރުތަކެއް ދަމައިގެން ނުކޮށްވޭތޯ ބަލާނެ. ރިސޯޓް ހަދަން ބޮޑެތި ފަރުތައް މައްޗައް އެއްކޮށް ވެލިއަޅާ ހިއްކާލާއިރު ތިޔަކިޔާ ތިމާވެއްޓެއް ނޯވޭ.

The name is already taken The name is available. Register?

ހަސަން ނުވަވަނަ

15 May 2019

ޖަޒީރާގަ އޯކޭވާނެ. އެޖެންޑާ19 ސަޅިވާނެ

The name is already taken The name is available. Register?

ހަސަން ނުވަވަނަ

15 May 2019

ދުވެ ފުމެ ސެލްފީ ނަގާ ވަޅު ދިޔަ ހިއްކާ މީހާ ކައިރި ބުނެބަލަ ތިކަން ކުރަން ދިރާސާއެއް ހަދަން އިންޑިއާ ސިފައިންގެ ފައުޖެއް ގެންނާށޭ އަޅެފަހެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454