ކުރީގެ މެމްބަރު ރުގިއްޔާއަށް އެންސްޕާގެ އިސް މަގާމެއް

މަހިބަދޫ ދާއިރާގެ ކުރީގެ މެންބަރު ރުގިއްޔާ މުހައްމަދު، އެންސްޕާގެ ޑެޕިއުޓީ ސީއީއޯއަކަށް އައްޔަން ކުރައްވައިފި އެވެ.


ރުގިއްޔާ އެ މަގާމަށް އައްޔަން ކުރެއްވި ސީދާ ދުވަހެއް ނޭނގެ އެވެ. ނަމަވެސް އޭނާ އަންނަނީ ވަޒީފާއަށް ނުކުންނަވަމުންނެވެ.

ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބަލަހައްޓާ، އެންސްޕާ މިހާރު ހިންގަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ރުގިއްޔާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތިމާގެ ބޭފުޅެކެވެ. އަދި އޭނާ އަކީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އަނބިކަނބަލުން ވެސް މެ އެވެ.

އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ފުރަތަމަ ރައްޔިތުންގެ މަޖިލިހުގައި މަހިބަދޫ ގޮނޑި ކާމިޔާބުކުރެއްވިޔަސް 2014 ގެ އިންތިހާބުގައި އޭނާއަށް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީއާ އެވެ. މި އަހަރު އޮތް އިންތިހާބަށް އޭނާ ނުކުންނަވާފައެއް ނުވެ އެވެ.