ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު މިއަދު ވިދާޅުވީ އުމުރުން ދުވަސްވީ މީހަކު ގެއްލުނީ ޞަފާ އާއި މަރުވާއާ ދޭތެރޭ ހިނގުމުގެ ތެރޭގައި މިިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
ސަރުކާރު ކުންފުނީގެ ހަވާލުގައި 84 މީހަކު އުމްރާއަށް ދިޔަ އެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ހަމީދު ވިދާޅުވި އެވެ.
"ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި 24 ގަޑިއިރު ކުރަމުން އަންނަނީ،" ހަމީދު ވިދާޅުވި އެވެ.
އުމްރާ އާއި ހައްޖުގެ އަޅުކަމަށް ދާ ބައެއް މީހުން މީގެ ކުރިން ވެސް ގެއްލިފައި އެބަހުއްޓެވެ.