މީހަކު، އިސްލާމިކް މިނިސްޓްރީގައި ޒަކާތް ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 މެއި 2019 - 23:10
ފިތުރު ޒަކާތުގެ ގޮތުގައި މާލެ އިން އެކަނި މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި ޓްވީޓުގައި ބުނީ މިއަދާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން 2.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ. މިހާތަނަށް 50،783 މީހުން ޒަކާތް ދައްކާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާ އަގެވެ.
Fithr Zakathuge gothugai 21 Ramazan 1440 (26 May 2019) ge niyalah Male' City in libifai vanee 2,397,880.00 (Dhemilian thin lakka nuvadhiha haiy haas ah satheyka addiha Rufiyaa#MVIaffairs #Ramadan #Roadha40 #Zakaiy
— Ministry of Islamic Affairs (@MVIaffairs) May 26, 2019
- އާދައިގެ ހަނޑުލުން 15ރ.
- ތައިލެންޑް ހުދު ހަނޑުލުން 45ރ.
- ބާސްމަތީ ހަނޑުލުން 95ރ.
- ރަތް ހަނޑުލުން 75ރ.
- އާދައިގެ ފުށުން 15ރ.
- އާޓާ ފުށުން 60ރ.
އެހެން ހިސާބުތަކުން ޒަކާތުގެ ގޮތުގައި ނަގާނެ މިންވަރު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންނެވެ. އެއީ އެ ރަށެއްގައި އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގު މާލޭގައި ވިއްކާ އަގާ ތަފާތުވުން އެކަށީގެންވާތީ އެވެ.
ޒަކާތް ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 1:00 އާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަހުމަދު
27 May 2019
ޒަކާތް ދައްކަން ޖެހޭނެ. ދީނީގޮތުން ޓެކްސް އަކީ މުސްލިމުން އަތުން ނެގިގެން ވާނެ އެއްޗެއް ނޫން. އެއީ މުސްލިމް ގައުމުތަކުގައި އުޅޭ ކާފަރުން އަތުން ޖިޒްޔައިގެ ގޮތުގައި ނަގަން ޖެހޭ އެއްޗެއް. ޓެކްސް ހުއްދަ ނުވާނެ، އެއީ އެއްވެސް މަސައްކަތަކާ ނުލާ ގަދަކަމުން ފައިސާދޭން މަޖުބޫރު ކުރުން. މުސްލިމުންގެ މުދަލަކީ ކަރާމާތްތެރި އެއްޗެއް. ވިޔަފާރީގެ ފައިދާގެ ވަކި ބައެއް ދޭކަށް ޝަރުތެއް ނުކުރެވޭނެ. އެއީ އަނިޔާވެރިކަމެއް، އޭގެ ބަދަލް އާޚިރުގައި އެމީހަކަށް ލިބޭނެ
އިބުނިހަޖަރު
27 May 2019
ޖީއެސްޓީ އާއި ޓެކްސް ދައްކާފަ މިޒަމާނުގައި ޒަކާތް ދެއްކުން ހަމަޖެހޭކަމެއްތަ. ރަސޫލު ޒަމާނުގައި އެއްވެސް ޓެކްސް އެއް ނުނަގާ ވީމާ ޒަކާތްނެގީ . ޥީމާ މިހާރު ރައްޔިތުންދޭ ޓެކްސް ފައިސާއިން ޒަކާތް ދެއްކުން މާހަމަޖެހޭ.
ސަންދޯ
27 May 2019
އޭ މިހިރަ ބުރާންޗާ!!!! ދީނުގެ ރުކުނަކާ ތި ދެކޮޅު ހެދެނީ! މަތި މައްޗަށް ޓެކްސް ނެގިޔަސް ޒަކާތް ދައްކަން ޖެހޭނެ.
އަލީ އަހުމަދު
27 May 2019
ޒަކާތް ދައްކަން ޖެހޭނެ. ދީނީގޮތުން ޓެކްސް އަކީ މުސްލިމުން އަތުން ނެގިގެން ވާނެ އެއްޗެއް ނޫން. އެއީ މުސްލިމް ގައުމުތަކުގައި އުޅޭ ކާފަރުން އަތުން ޖިޒްޔައިގެ ގޮތުގައި ނަގަން ޖެހޭ އެއްޗެއް. ޓެކްސް ހުއްދަ ނުވާނެ، އެއީ އެއްވެސް މަސައްކަތަކާ ނުލާ ގަދަކަމުން ފައިސާދޭން މަޖުބޫރު ކުރުން. މުސްލިމުންގެ މުދަލަކީ ކަރާމާތްތެރި އެއްޗެއް. ވިޔަފާރީގެ ފައިދާގެ ވަކި ބައެއް ދޭކަށް ޝަރުތެއް ނުކުރެވޭނެ. އެއީ އަނިޔާވެރިކަމެއް، އޭގެ ބަދަލް އާޚިރުގައި އެމީހަކަށް ލިބޭނެ
އާއްމު މަސްލަހަތު
27 May 2019
ކޮއްކޯ އިބުނިހަޖަރު، ނޭނގެންޏާ ދީނުގެ ވާހަކަ ނުދައްކާނީ. ނޭނގޭ ކަމެއްގަ ހަނުުހުރުމަކީ ރީތިއާދައެއް. ތިދައްކަނީ ދީނުގެ 5 ރުކުނުން ރުކުނެއްގެ ވާހަކަ. ކިތައްމެ ވަރަކަށް ޖިޒުޔަ/ޓެކްސް ދެއްކިޔަސް ޒަކާތް ދައްކަންޖެހޭނެ ޝަރުތު ފުރިހަމަވާ މީހުން. ޖެހޭނީ ޓެކްސް އުވާލާފަ ޒަކާތް ނަގަން. އޭރުން ދައުލަތަށްވެސް އާންމު ރައްޔިތުންނަށްވެސް ދުނިޔެއާ އާޚިރަތުގަ ފައިދާ ލިބޭނީ. އަވަސްވެ ތައުބާވަމާ. މާތްﷲ އަހަރުމެން އެންމެންނަށް ހިދާޔަތް ދެއްވާށި. އާމީން.
ތުއްތުނާ
27 May 2019
އޮންލައިން ނުވަތަ ވަޔަރލަސް ކޮށް ޒަކާތުގެ ގޮތުގައި ޖަމާކުރެވޭ ހުރިހާ ފައިސާއެއް ބަލަނީ އެއީ މާލެއާއި މާލެ ސަރަހައްދުން ލިބޭ ފައިސާ ކަމަށް...... މިހުރިހާ ފައިސާއެއް ބަހަނީ ވެސް މާލެ ސަރަހައްދަށް........ މިކަމާއި ސުވާލު ކުރުމުން ބުނަނީ އެގޮތަށް ޖަމާކުރެވޭ ފައިސާ އެއީ ކޮން ރަށެއްގެ މީހަކު ޖަމާކުރާ ފައިސާ ކަމެއް ބެލެން ނުހުރޭ ކަމަށް....... ފައިސާ ދެއްކުމަށް އެންމެ ރަނގަޅުވާނީ އެރަށެއްގެ ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނަކަށް........
ނެޑް
27 May 2019
ޒަކާތް ގިނަވާވަރަކަށް ފަގީރުންވެސް ވަނީ ގިނަ. ޒަކާތަކުން މިކަންތަޢް ވާކަށް ނެތެންނު؟
ކަރަންފޫ
27 May 2019
އަނެއްކާ ތިއެތިކޮޅު ދަަމައިގަންނަން މީރާއިން ނުވިސްނައްޗޭ.
ޓޫލޭޓް
27 May 2019
މި ފަައިސާއިންވެސް ޓެކްސް ނަގާފާނެ އަނެއްކާ
ލަކި ލަކި
27 May 2019
ޖީ އެމް އާރް އަށް ދޭންވީނު. އެއީނު ނުވެފައި ހުރި ކަމަކީ.